އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ-- ފޮޓޯ: ސީއެންއެން
ދުނިޔެ
08 May 2024 | 09:20
އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން މެދުކަނޑާލަނީ

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ޣައްޒާގެ ރަފާހް އަށް އަރައިގަނެ ހަމަލާދޭން ފެށުމާއި އެކު އެމެރިކާއިން އެގައުމަށް ހަތިޔާރު ފޯރުކޮށްދިނުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

އެގޮތުން އެމެރިކާގެ އޮފިޝަލަކު ބުނީ، މިދިޔަ އޭޕްރިލް މަހު ޔަހޫދީ ފައުޖުން ރަފާހަށް ވަދެގަތުމަށް ނިންމިކަމަށް ލިބުނު ހަބަރާއި ގުޅިގެން އޭރުން ފެށިގެން ވެސް އިސްރާއީލުން ރަފާހް އަށް ހަމަލާ ދިނުމަށް ބޭނުންކޮށްފާނެ ހަތިޔާރު ތަކާއި ގުޅޭ ގޮތުން ފަރުވާތެރި ކަމާއި އެކު މުރާޖައާ ކުރަން ފެށިކަމަށެވެ.

އެއާއި ގުޅިގެން އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން މިދިޔަ ހަފްތާގެ ތެރޭގައި މެދުކަނޑާލާފައިވާއިރު، އޭގެ ތެރޭގައި 1,800 2,000 ޕައުންޑް ގެ ބޮން އަދި 500 1،700 ޕައުންޑް ގެ ބޮން ހިމެނެއެވެ.

އެމެރިކާގެ އޮފިޝަލް ބުނީ 2،000 ޕައުންޑްގެ ބޮންތައް ފޮނުވުމާއި އިސްރާއީލުން އެ ބޮން ތައް ބޭނުންކުރުވުން ހުއްޓުވުމަށް އަމާޒު ހިފާފައިވާ ކަމަށާއި، ބޭނުމަކީ އެ ބޮމުގެ ސަބަބުން ޣައްޒާގެ އެހެން ހިސާބުތަކަށް ކުރި އަސަރުތައް ހުއްޓުވުން ކަމަށްވީ ނަމަވެސް، މިކަމާއި ގުޅިގެން އަދި ވަކި ގޮތަކަށް ނިންމާފައިނުވާ ކަމަށެވެ.

މަސްދަރުތަކުން މައުލޫމާތުދޭ ގޮތުގައި އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން 2 ހަފްތާއަށް އެމެރިކާއިން މަޑުޖައްސާލި އިރު، އޭގެ ތެރޭގައި އަމާޒަށް ބޮން ފޮނުވާ އަދި ކުދި ބޮންތައް އެކުލެވޭގޮތަށް ބޮއިންގް އިން އުފައްދާފައިވާ ޖޮއިންޓް ޑައިރެކްޓް އެޓޭކް މުނިޝަންސް ވެސް ހިމެނެއެވެ.

ޔަހޫދީ ފައުޖުން ރަފާހް އަށް އެރުމާއި ދެކޮޅަށް މުޅި ދުނިޔެއިން ވެސް އިންޒާރު ދެމުންދަނިކޮށް، ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ފައުޖުގެ ޓޭންކަރުތައް ވަނީ އިއްޔެ ރަފާހް އަށް ވަދެގަނެ، ރަފާހްގެ ބޯޑަރުގެ ކޮންޓްރޯލް ނަގާފައެވެ.

ޔަހޫދީ ފައުޖުން ޣައްޒާ އާއި މިޞްރާއި ދެމެދު އޮންނަ މި ބޯޑަރުގެ ކޮންޓްރޯލް ނަގާފައިވާއިރު، މިއީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިސްރާއި ޣައްޒާއާ ދެމެދު އޮންނަ ހަމައެކަނި ދޮރުކަން ފާހަގަކޮށްލަން ޖެހެއެވެ.

ޔަހޫދީން ރަފާހް އަށް އަރައިގައިންފައިމިވަނީ ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމު ހުއްޓާލުމާއި ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވި، ހަމާސް އިން މިހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށް ނިންމާފައިވަނިކޮށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.