އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ-- ފޮޓޯ: ބީބީސީ
ދުނިޔެ
10 May 2024 | 16:27
އެމެރިކާއިން ދިން އިންޒާރާއިއެކު ވެސް ނަތަންޔާހޫ ގޮތް ދޫ ނުކުރި!

ޔަހޫދީ ފައުޖުން ރަފާހަށް ހަމަލާ ދޭން ފަށައިފިނަމަ އެމެރިކާއިން އިސްރާއީލަށް ހަތިޔާރުތައް ފޯރުކޮށްދިނުން ހުއްޓާލާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޖޯ ބައިޑެން ދިން އިންޒާރާއި އެކު ވެސް އިސްރާއީލުގެ އަނިޔާވެރި ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ގަތުލުއާއްމު ހުއްޓާލުމަށް ދެކޮޅު ހަދައިފިއެވެ.

އެގޮތުން ނަތަންޔާހޫ ބުނީ، އިސްރާއީލުން އެކަނިވެސް ހަމާސް ބަލި ކުރެވޭނެ ކަމަށާއި، ގަތުލުއާއްމު ހުއްޓާލާނީ ހަމާސް ޖަމާއަތް އެއްކޮށް ބަލި ކުރުމަށްފަހުކަމަށެވެ.

ނަތަންޔާހޫ މިފަދައިން ބުނި ނަމަވެސް އޭނާގެ ސަރުކާރަށް ވަނީ އެމެރިކާއިން ހަތިޔާރު ފޯރުކޮށްދިނުން މެދުކަނޑާލުމާއި ގުޅިގެން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ. މިގޮތުން އެމެރިކާއިން ވަނީ 1,800 2,000 ޕައުންޑާއި، 1,700 500 ޕައުންޑް ގެ ބޮން އިސްރާއީލަށް ފޯރުކޮށްދިނުން ހުއްޓާލާފައެވެ.

ހަމައެއާއިއެކު، އިސްރާއީލަށް އެމެރިކާއިން ފޮނުވުމަށް ހަމަޖެހިފައިވާ  އަމާޒަށް ބޮން ފޮނުވާ އަދި ކުދި ބޮންތައް އެކުލެވޭގޮތަށް ބޮއިންގް އިން އުފައްދާފައިވާ ޖޮއިންޓް ޑައިރެކްޓް އެޓޭކް މުނިޝަންސް ވެސް އޭގެ ތެރޭގައި ހިމެނޭއިރު، މިކަމާއި ގުޅިގެން އެމެރިކާގެ އޮފިޝަލަކު ބުނީ 2،000 ޕައުންޑްގެ ބޮންތައް ފޮނުވުމާއި އިސްރާއީލުން އެ ބޮން ތައް ބޭނުންކުރުވުން ހުއްޓުވުމަށް އަމާޒު ހިފާފައިވާ ކަމަށާއި، ބޭނުމަކީ އެ ބޮމުގެ ސަބަބުން ޣައްޒާގެ އެހެން ހިސާބުތަކަށް ކުރި އަސަރުތައް ހުއްޓުވުން ކަމަށްވީ ނަމަވެސް، މިކަމާއި ގުޅިގެން އަދި ވަކި ގޮތަކަށް ނިންމާފައިނުވާ ކަމަށެވެ.

ރަފާހަށް ޔަހޫދީ ފައުޖުން އަރައިގަނެ ރަފާހް ގެ ބޯޑަރުގެ ކޮންޓްރޯލް ވެސް ނަގާފައެވެ. މިއީ ޣައްޒާ އަށް އެހީ ވެއްދުމަށް ބޭނުންކުރާ މައި ސަރަހައްދަކަށް ވާއިރު، އެހީ ވެއްދުމަށް މި ސަރަހައްދު ހުޅުވާލި ކަމަށް ޔަހޫދީ ފައުޖުން ބުނި ނަމަވެސް އދ އިން ވަނީ މިވާހަކަތައް ދޮގު ކޮށްފައެވެ.

ޔަހޫދީން ގެ މި އަނިޔާވެރި އަމަލާއި ގުޅިގެން ޣައްޒާގައި ދިރިއުޅެމުންދާ 2.3 މިލިއަން އާއްމުން ވަނީ ބޯފެނާއި ކާނާ އާއި ސިއްހީ ތަކެތި ފަދަ އެހީތައް ލިބުމުން މަހުރޫމް ވެފައެވެ. 

ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމަށް މުޅި ދުނިޔެއިން ގޮވާލަމުން ދާއިރު، ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ވަނީ ތިން ދުވަހުގެ ތެރޭގައި ޣައްޒާގެ ހޮސްޕިޓަލް ތަކުގައި ބޭނުންކުރާ ތެޔޮ ހުސްވާނެ ކަމަށް އިންޒާރު ވެސް ދީފައެވެ. އެތައް ގައުމަކުން އިންޒާރު ދެމުންދަނިކޮށް ޔަހޫދީން ރަފާހް އަށް އަރައިގަތުމަކީ ޣައްޒާ ގައި ކުރިއަށްދާ އެހީގެ އޮޕަރޭޝަން ތަކާއި މިހާރު ފޯރުކޮށްދެމުން އަންނަ އިންސާނީ އެހީ އެއްކޮށް ހުއްޓޭނެ ކަމެއް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

އިސްރާއީލުން ރަފާހަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓާ ނުލައި ކުރިއަށް ގެންދާއިރު، ހަމަލާ ތަކާއި ގުޅިގެން މިހާތަނަށް ރަފާހް ގައި ބޯހިޔާވަހިކަން ހޯދަމުން އަންނަ 8،000 ފަރާތެއް ވަނީ އެ ހިސާބު ދޫކޮށް ގޮސްފައެވެ.

ކޮމެންޓް
ާއެދުރު
އޭނަ ދޫނުކުރާނެ އަބަދުވެސް ފަލަސްތީނުގެ ރައްޔަތުންގެ ލޭބޯން ބޭނުންވެފައިހުހި ގަދަފަދަ ޖައްބާރު ފިރުޢައުނެއް ތީ
10 May 2024
ތުއްރަވާސް
ޢެމެރިކާއިން ދުއްވާ ދެބޯގެރި އެއް އެއީ ހަނގުރާމަ ހުއްޓުވާކަށް ނޫޅޭ
10 May 2024
ތުއްރަވާސް
ޢެމެރިކާއިން ދުއްވާ ދެބޯގެރި އެއް އެއީ ހަނގުރާމަ ހުއްޓުވާކަށް ނޫޅޭ
10 May 2024
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.