ވަޒީރު އިހުސާން-- ފޮޓޯ: މިނިސްޓްރީ
ހަބަރު
12 May 2024 | 15:55
ފުލުހުން ރައްޔިތުންނާ މައުލޫމާތުތައް ހިއްސާކުރަނީ ކޯޓާއި ޗެލެންޖްކުރާކަށް ނޫން: ވަޒީރު އިހުސާން

ދިވެހި ފުލުހުން ހިދުމަތުން ރައްޔިތުންނާއި  މައުލޫމާތުތައް ހިއްސާކުރަނީ ކޯޓުގެ ހުރުމަތްކަނޑާލައި، ކޯޓުތަކާއި ޗެލެންޖްކުރާކަށް ނޫންކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، ރާއްޖޭގެ ކޯޓުތަކާއި މިނިސްޓްރީއާ އޮންނަ ގުޅުން ރަނގަޅު ކަމަށާއި މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ ކޯޓުތަކާ ގުޅިގެން ކަމަށްވާއިރު، ކޯޓުތަކާ ޗެލެންޖު ކުރުމަށް އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.

ވަޒީރު އިހުސާން ވިދާޅުވީ، ފުލުހުންގެ މުއައްސަސާ ހިމެނޭހެން ދައުލަތުގެ އެއްވެސް އިދާރާއަކުން ދުވަހަކު ވެސް ކޯޓަކާއި ޗެލެންޖެއް ނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް ހާލެއްގައި، ފުލުހުން މައުލޫމާތުތައް ރައްޔިތުންނާ ހިއްސާކުރަނީ ކޯޓާ ޗެލެންޖްކުރާކަށް ނޫން، ފުލުހުންގެ މުއައްސަސާ ދުވަހަކު ވެސް ކޯޓަކާ ޗެލެންޖެއް ނުކުރާނެ. އަދި ދައުލަތުގެ އެހެން އެއްވެސް އިދާރާއަކުން ވެސް ނުކުރާނެ،" 

ވަޒީރު އިހުސާން ވިދާޅުވިއެވެ.

ވަޒީރު އިހުސާން ވިދާޅުވީ، ރައްޔިތުންގެ ތެރެއިން ގިނަ މީހުންގެ ކަންބޮޑުވުން އޮތް ބޮޑެތި މައްސަލަ ތަކުގައި، އެ މައްސަލައިގައި ހިމެނޭ މައުލޫމާތުތައް ހިއްސާ ކުރުމަކީ ޕްރޮސީޖަރަލީ ކުރަން ނިންމި ކަމެއްކަމަށާއި، ފުލުހުންނަކީ ވަކި މުއައްސަސާއަކަށްވެފައި ރައްޔިތުންނަށް ޖަވާބުދާރީވާން ކަނޑައަޅާފައި ހުންނަ އުސޫލުތަކެއް ހުންނާތީ ފުލުހުން އެ މައުލޫމާތުތައް ރައްޔިތުންނަށް އާންމު ކުރަމުން ދާނެ ކަމަށެވެ.

ހުކުމްކޮށް ނިންމާފައިވާ މައްސަލައެއްގެ މައުލޫމާތުތައް ރައްޔިތުންނާއި ހިއްސާ ކުރުމަކީ އެ މައްސަލައިގައި ކޮށްފައިވާ ހުކުމަށް އަސަރުކުރާނެ ކަމެއް ކަމުގައި ދެކިވަޑައިގަނުގަންނަވާ ކަމަށާއި، ކޯޓުން ހުކުމް ކުރުމަށްފަހު އެ ކޭސް އަށް އާ ހެކިތައް ވެސް ހުށައެޅުމަކީ އޮންނަ ކަމެއް ނޫންކަން ވަޒީރު އިހުސާން ފާހަގަކުރެއްވިއެވެ.

މިފަދައިން ވަޒީރު ވިދާޅުވެފައިވާއިރު، 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާކުރި މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ނިންމުމުން، އެ ތަހުގީގުގެ މައުލޫމާތު ފުލުހުން އާންމު ކުރުމާއި ގުޅިގެން މިދިޔަ މަހު ކްރިމިނަލް ކޯޓުން ވަނީ އެ ކޯޓުގެ ހުރުމަތް ކަނޑާލާ ނޫސްވެރިންނަށް މައުލޫމާތު ދިން ކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.