މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް: ފޮޓޯ/ މަޖިލިސް
ހަބަރު
13 May 2024 | 10:51
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޕްރީ އެޕްރޫވްޑް ވިސާ ދޫކުރުމަށް ގޮވާލާ ގަރާރެއް

ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޕްރީ އެޕްރޫވްޑް ވިސާ އޮންއަރައިވަލް / އިލެކްޓްރޯނިކް ޓްރެވެލް އޮތޮރައިޒޭޝަންގެ ޚިދުމަތް ތަޢާރަފް ކުރުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް ހުށަހަޅައިފިއެވެ. 

މިހާރު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި މި ގަރާރު މަޖިލީހަށް ހުށްހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމެވެ. 

މި ގަރާރު ހުށަހަޅުއްވާފައިވަނީ ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަސޭހަކަމާއި ރާއްޖެ އެތެރެވުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކަމަށް ހައިތަމް ވިދާޅުވިއެވެ. 

ގަރާރު ހުށަހަޅުއްވަމުން ހައިތަމް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރުގައި ރާއްޖެއަށް 9.5 މިލިއަނަށްވުރެ ގިނަ މީހުން ރާއްޖެ ޒިޔާރަތް ކޮށްފައިވާ ކަމަށާ، އަދި މި އަހަރުތެރޭގައިވެސް 2 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ސަރުކާރުން ލަފާ ކޮށްފައިވާ ކަމަށެވެ. އެހެން ކަމުން ރާއްޖެ ޒިޔާރަތްކިރާ ފަރާތްތަކަށް ފަސޭހަކަމާއެކު ވިސާ ލިބޭނެ މަގުފަހިކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. 

މިވަގުތު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވިސާ ލިބެން އޮތް ހަމައެކަނި ގޮތަކީ އޮން އަރައިވަލް ވިސާ ކަން ފާހަގަ ކުރައްވައި ހައިތަމް ވަނީ އެ ގޮތަށް ވިސާ ހޯދުމުގައި މިހާރުވެސް ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމަށް ވިދާޅުވެފައެވެ. 

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ ފަސް އަހަރު 9940 މީހުން ވަނީ އެކި ސަބަބުތަކާއިހުރެ އިމިގްރޭޝަނުން ރާއްޖެ އެތެރެވުމަށްދޭ ހުއްދަ، ވިސާ ނުލިބިގެން އަނބުރާ ފޮނުވާލެވިފައި. 

އެފަދައިން ކަން ދިމާވުމުން އެ ފަރާތްތަކަށް ބޮޑެތި ގެއްލުންތައްވާ ކަމަށާ، އެހެންކަމުން އެ މައްސަލަ ހައްލުކުރުމަށް ޕްރީ އެޕްރޫވްޑް ވިސާ އޮންއަރައިވަލް / އިލެކްޓްރޯނިކް ޓްރެވެލް އޮތޮރައިޒޭޝަންގެ ޚިދުމަތް ތަޢާރަފް ކުރުމަކީ މުހިންމު ކަމެއް ކަމަށް ހައިތަމް ވިދާޅުވިއެވެ. 

ކޮމެންޓް
އަހުމަދު
ކުރިން ވިސާނެގުން ވާނީ އިތުރު ތަކުލީފަކަށް. ވެލިޑް ޕާސްޕޯޓަކާ، އެނބުރި އަމިއްލަ ގައުމަށް ދެވޭނޭ ރިޓާން ޓިކެޓަކާއި ޚަރަދު ކުރާނޭ ފައިސާ ހުރީމަ މިހާރު ފުދޭ. މިއަށްވުރެ ފަސޭހަގޮތެއް ނޯންނާނެ.
13 May 2024
ސާލިހުމޫސާ
ލަދު ހަޔާތުގެ ކަންފުޅެއްވެސް ތިބޭބަޔެއްނަމަ ނުކެރޭނެ އަނގަގަގަޅަން
13 May 2024
ގުޅޭ ލިޔުންތައް
07 Oct 2026
ކ.ހުރާއިން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އިއުލާންގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ދޫކުރުމަށް ނިންމާފައިވާއިރު، ފޯމް ހުށަހެޅޭނީ 11 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ.
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.