ޖިންސީ ގޯނާއި އާއި ދެކޮޅަށް ރާއްޖޭގައި ކުރިއަށް ދިޔަ ހަރަކާތެއްގެ ތެރެއިން-- ފޮޓޯ: ސަން
ހަބަރު
13 May 2024 | 14:45
ފާއިތުވި ހަ އަހަރުގެ ތެރޭގައި ޖިންސީ ކުށުގެ 2000 އަށް ވުރެ ގިނަ މައްސަލަ ހުށައެޅިފައިވޭ: ކޮމިޓީ

ފާއިތުވި ހަ އަހަރުގެ ތެރޭގައި ޖިންސީ ކުށުގެ 2000 އަށް ވުރެ ގިނަ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތަށް ހުށައެޅިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ތައްޔާރުކުރި ރިޕޯޓެއްގައި ބުނެފިއެވެ.

ޖިންސީ ގޯނާކުރުމާއި ރޭޕްކުރުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާތީ 2021 ވަނަ އަހަރު މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް މިނިސްޓަރު އާދަމް ޝަރީފު އުމަރު މަޖިލީހަށް ހުށަހެޅި ޤަރާރަކާއި ގުޅިގެން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ތައްޔާރު ކުރި މި ރިޕޯޓް މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެ ކޮމިޓީގެ ޗެއާޕާސަން އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވަނީ ހުށައަޅުއްވާފައެވެ.

މި ރިޕޯޓްގައި ވާގޮތުން ޖިންސީ ގޯނާކޮށްގެން ފުލުހުންގެ ހިދުމަތަށް ހުށަހެޅޭ ގިނަ މައްސަލަތަކަކީ ޖިންސީ ގޯނާއާ ގުޅިގެން ވަކިކަމެއް ކުރާނެ ކަމަށް ޑިމާންޑްކޮށް ބްލެކްމެއިލް ކުރާ މައްސަލަތަކެވެ.

މިފަދަ މައްސަލަތަކާއި ގުޅިގެން އަނިޔާ ލިބޭ ފަރާތުގެ ހަށިގަނޑުން ތަހުގީގަށް ބޭނުންވާ ހެއްކާއި ޤަރީނާ ނެގުމަށާއި ޑޮކްޓަރުން ބަލަންޖެހޭ ކަންކަން ބެލުމަށް ހަދަންޖެހޭ ޓެސްޓުތައް ހެދޭނެ ވަސީލަތްތައް ގިނަ ރަށްރަށުގައި ޤާއިމުކޮށްފައި ނުވާއިރު، މިފަދަ މައްސަލަތަކުގައި ސައިކޮލޮޖިސްޓަކަށް ދައްކައިގެން ހަދަންޖެހޭ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓެއް ހެދޭނެފަދަ ހިދުމަތްދޭ ތަންތަން ރާއްޖޭގައި މަދުވުމުގެ ސަބަބުން އެކަށީގެންވާ އަވަސްމިނެއްގައި އެފަދަ ހިދުމަތްތައް ހޯދުމުގައިދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށް ފުލުހުން ފާހަގަކޮށްފައިވާ ކަމަށް އެ ރިޕޯޓުން ވަނީ ހާމަކޮށްފައެވެ.

ހަމައެއާއިއެކު މި ރިޕޯޓްގައިވާ ގޮތުން ޖިންސީ ގޯނާގެ ކުށުގެ އެންމެ ގިނަ މައްސަލަތައް ހުށައެޅިފައިވަނީ ކޮވިޑް 19 ގެ ބަލިމަޑުކަމުގެ އަހަރުގައި ކަމަށްވާއިރު، ވޭތުވެދިޔަ އަހަރުގައި މިފަދަ މައްސަލަތައް ހުށައެޅިފައިވާ މިންވަރު ވަނީ މަދުވެފައެވެ.

2018 އިން 2023 ގެ ނިޔަލަށް ފުލުހުންނަށް ހުށަހެޅުނު ޖިންސީ މައްސަލަތަކުގެ އަދަދު:

1) 2018 ވަނަ އަހަރު - 362 މައްސަލަ

2) 2019 ވަނަ އަހަރު - 410 މައްސަލަ

3) 2020 ވަނަ އަހަރު - 487 މައްސަލަ

4) 2021 ވަނަ އަހަރު - 342 މައްސަލަ

5) 2022 ވަނަ އަހަރު - 334 މައްސަލަ

6) 2023 ވަނަ އަހަރު - 234 މައްސަލަ  

ފާއިތުވެ ދިޔަ ހަ އަހަރުގެ ތެރޭގައި ހުށައެޅުނު މައްސަލަތަކުގެ ތެރެއިން 2023 ގެ އޮކްޓޫބަރުގެ ނިޔަލަށް ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓުތަކަށް ޖުމުލަ 47 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި  އެ މުއްދަތުގެ ތެރޭގައި 10 މައްސަލައެއް ސާބިތުވެފައިވާއިރު، 8 މައްސަލައެއް ސާބިތުނުވާ ކަމަށް ކަނޑައަޅާފައިވާކަމަށްވެސް ކޮމިޓީގެ ރިޕޯޓުން ވަނީ ހާމަކޮށްފައެވެ.

ހަމައެއާއިއެކު،  މި ރިޕޯޓުގައި ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ރޭޕް އެވިޑެންސް ކިޓް ދައުލަތުގެ ހުރިހާ ސިއްހީ އިދާރާތަކަށް ފޯރުކޮށްދީފައިނުވާ ކަން ފާހަގަކޮށް، ސަރުކާރުގެ ހުރިހާ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް ރޭޕް އެވިޑެންސް ކިޓް 2024 ވަނަ އަހަރު ނިމުމުގެ ކުރިން ފޯރުކޮށްދިނުމަށްވެސް ވަނީ ހުށަހަޅާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.