ރައީސް ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
13 May 2024 | 16:25
ޔަހޫދީންގެ ހަމަލާތައް ހުއްޓުވަން ބައިނަލްއަޤުވާމީ ކޯޓުން މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭ: ރައީސް ޑރ.މުޢިއްޒު

ފަލަސްތީނަށް ހާއްސަކޮށް ރަފާހް އަށް ޔަހޫދީން ދެމުންގެންދާ ހަމަލާތައް ހުއްޓުވުމަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) ނުވަތަ ބައިނަލްއަޤުވާމީ ކޯޓުން މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުޢިއްޒު މިފަދައިން ވިދާޅުވީ، ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އައިސީޖޭއަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ދިވެހިރާއްޖެއިން ތާއީދުކުރާކަން ހާމަކުރެއްވުމުގެ ގޮތުން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

މިގޮތުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، މިހާރު ރަފާހުން ފެނިގެންދާ ގެދޮރު ދޫކޮށް ދާން ޖެހުމާއި މީހުން ޝަހީދުކުރުމަކީ މާޔޫސްވާ މަންޒަރެއް ކަމަށާއި، ޔަހޫދީންގެ އަތުން ޣައްޒާ ހަލާކުވެގެން ދާއިރު ބައިނަލްއަޤުވާމީ މުޖުތަމައުތަކުން ހިމޭނުން ތިބެގެން ނުވާނެ ކަމަށާއި، ހިމޭނުން ނުތިބޭނެ ކަމަށެވެ.

ހަމައެއާއިއެކު، ރައީސް ޑރ.މުޢިއްޒު ވިދާޅުވީ،  ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީން ހިންގާ ޖަރީމާތައް ހުއްޓާލާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބާވާންޖެހޭކަމަށާއި އަދި އެކަމާއި ދެކޮޅަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއިން މިހާރުން މިހާރަށް ފިޔަވަޅު އަޅަންޖެހޭކަމަށެވެ.

އެއާއިއެކު ޔަހޫދީންނާއި ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމަށް ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އައިސީޖޭއަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން ރައީސް ޑރ.މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.

ރައީސް ޑރ.މުޢިއްޒު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާއެކު ކަމަށާއި 1967 ގައި ބޯޑަރުތައް އޮތް ފަދައިން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި އެޤައުމުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ދިވެހިން އަބަދުވެސް ސާބިތުވެ ތިބޭނެކަމަށެވެ. އަދި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅި، އެ ޤައުމުގެ މުސްލިމް އަޚުންނާއި އުޚްތުން އަމާންކަމާއި މިނިވަންކަމާއެކު ދިރިއުޅޭ ދުވަހެއް އަންނަންދެން ވަރުބަލި ކަމެއް ނެތި އެމީހުންގެ ހައްގުގައި އަޑު އުފުލާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރަފާހް އަށް ޔަހޫދީން އަރައިގަނެފައިވާއިރު، އެ ހިސާބުގައި ބޯހިޔާވަހިކަން ހޯދަމުންދާ 1.4 މިލިއަން މީހުން އެބަތިއްބެވެ.

މިދިޔަ އަހަރުގެ އޮކްޓޫވަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ޣައްޒާ އަށް ދެމުންއަންނަ ހަމަލާގެ ސަބަބުން މިހާތަނަށް ޝަހީދުކޮށްލި މީހުންގެ އަދަދު 35,091 އަށް އަރާފައިވާއިރު، 78,827 މީހުން ވަނީ ޒަހަމް ކޮށްލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.