ނަގޫރޯޅިއެއް އަރާ ދިއްދޫގައި ހުރި ރޯހައުސްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި؛ ކައުންސިލުން ބުނީ އަވަސް ހައްލެއް ގެނައުމަށް މަސައްކަތް ކުރާކަމަށް -- ފޮޓޯ: ދިއްދޫ ކައުންސިލް
ހަބަރު
14 May 2024 | 13:37
ނަގޫރޯޅިއެއްގައި ދިއްދޫ ބައެއް ފްލެޓުތަކުގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއް

ނަގޫ ރޯޅިއެއް އަރައި ހއ. ދިއްދޫ ބައެއް ފުލެޓް ތަކުގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. 

ރޭގެ ވިއްސާރައިގެ ތެރެއިން ފަތިހުގެ ވަގުތެއްގައި ދިއްދޫއަށް ނަގޫ ރޯޅިއެއް އަރާފައިވާއިރު، އެ ނަގޫ ރޯޅީގައި ދިއްދޫގައި 2017 ވަނަ އަހަރު ތެރޭގައި އަޅާފައި ހުރި ބައެއް ފުލެޓް ތަކުގެ ފުރާޅުތައް އެއްލާލައި ގިނަ ފަރާތްތަކަށް ގެއްލުން ވެފައިވާ ކަމަށއ އެ ރަށު ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ. 

އެގޮތުން ލިބުނު ގެއްލުން ތަކާއި ގުޅޭ ތަފްސީލް، ހިއްސާކުރަމުން ދިއްދޫ ކައުންސިލުން އާއްމުކުރި ވީޑިއޯއެއްގައި އެ ކައުންސިލްގެ ރައީސް އަބްދުالله  ރަޝީދު ވިދާޅުވީ، ނަގޫ ރޯޅިގެ ސަބަބުން ގެއްލުން ލިބުނު ފުލެޓް ތަކުގައި ދިރިއުޅެމުންދާ މީހުންނާއި ފުލެޓް ތަކަށް އެހީވުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާ ކަމަށެވެ. 

ނަގޫރޯޅިއެއް އަރާ ދިއްދޫގައި ހުރި ރޯހައުސްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި؛ ކައުންސިލުން ބުނީ އަވަސް ހައްލެއް ގެނައުމަށް މަސައްކަތް ކުރާކަމަށް -- ފޮޓޯ: ދިއްދޫ ކައުންސިލް

އެހެން ނަމަވެސް ފުދޭ ވަރަކަށް ގިނަ ފުލެޓް ތަކަށް ގެއްލުން ލިބިފައި ހުރި ކަމަށް މިހާރު އަޅުގަނޑުމެންނަށް މައުލޫމާތު ލިބެމުން މިހާރު ދަނީ. އެހެންކަމުން، އެ ގެ ތަކުގައި ދިރިއުޅޭ ރައްޔިތުން، އަދި ދިރިނޫޅޭ ރައްޔިތުންވެސް އަޅުގަނޑުމެންނަށް މައުލޫމާތުދީ އެހީތެރިކަން ބޭނުންވޭ އެބަ. އަޅުގަނޑުމެންގެ އެހީތެރިކަން ހުރިހާ ފަރާތްތަކަށްވެސް ލިބިގެންދާނެ އިނގޭތޯ

ދިއްދޫ ކައުންސިލްގެ ރައީސް އަބްދުالله ރަޝީދު 

މީގެ އިތުރުން ރަޝީދު ވިދާޅުވީ، ރޭ ލިބުނު ގެއްލުންތަކާއި ގުޅޭ މައުލޫމާތު ނެޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓާއި ހިއްސާ ކުރެވުފައިވާ ކަމަށާ، އެ ގެއްލުންތަކުގެ ބަދަލު ހޯދައި ގެއްލުން ލިބުނު ފަރާތްތަކަށް ހަވާލުކުރުމަށް އެ އިދާރާ އާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އަދި ހަމަ އެހެންމެ، މިހާރުވެސް ފުރާޅު އެއްލާލި ބައެެއް ގެތަކުގެ ފުރާޅު މަރާމާތުކޮށް ދެންވެސް އެހެނިހެން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.