ޣައްޒާގެ އުތުރަށް ޔަހޫދީ ފައުޖުން އަމާޒު ކުރި ހަމަލާއެއް--
ދުނިޔެ
14 May 2024 | 14:34
އިސްރާއީލުން އަނެއްކާވެސް ޣައްޒާގެ އުތުރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި

ޣައްޒާގެ އުތުރުގައި ހަރަކާތްތެރި ވަމުންދިޔަ ހަމާސް ޖަމާއަތުގެ ހުރިހާ މުޖާހިދުން ޝަހީދުކޮށްލެވިއްޖެ ކަމަށް ބުނެ އެ ސަރަހައްދުގައި ދެމުންދިޔަ ހަމަލާތައް ހުއްޓާލުމަށް ފަހު ޔަހޫދީ ފައުޖުން އަނެއްކާ ވެސް ޣައްޒާގެ އުތުރަށް ހަމަލާތައް އަމާޒުކުރަން ފަށައިފިއެވެ.

ޣައްޒާގެ ސިވިލް ޑިފެންސް ސާވިސްގެ ތަރުޖަމާނު މަހުމޫދު ބާސެލް ވިދާޅުވީ، ގެތަކުގެ އެތެރޭގައި އާއްމުން ތިއްބާ ޔަހޫދީ ފައުޖުން ހަމަލާތައް އަމާޒުކޮށްފައިވާ ކަމަށާއި، އާއްމުންގެ ގެތަކުގެ އިތުރުން އެހެން ތަންތަނަށް ވެސް ގެއްލުންތައް ދީފައިވާކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.

ދާދި ފަހުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިޔާ ސަރަހައްދުގައި ތިބި ހަމާސް ޖަމާއަތުގެ މުޖާހިދުންނަށް އަމާޒުކޮށްގެން ރޭގަނޑު އޮޕަރޭޝަނެއް ހިންގާނެ ކަމުގެ އިންޒާރުދީ އެ ސަރަހައްދުގައި ދިރިއުޅެމުންދާ އަދި ބޯހިޔާވަހިކަން ހޯދަމުންދާ އާއްމުން އެ ސަރަހައްދު ދޫކޮށް، ޣައްޒާގެ ހުޅަނގަށް ދިޔުމަށް އަންގާފައެވެ.

މި އިންޒާރަށްފަހު ޔަހޫދީ ފައުޖުން ޖަބަލިޔާ އަށް ހަމަލާތައް ދޭން ފެށިިއިރު، މި ސަރަހައްދަކީ ޣައްޒާގެ ތާރީހީ 8 ރެފިއުޖީ ކޭމްޕް ހިމެނޭ ސަރަހައްދެއްކަން ފާހަގަކޮށްލަން ޖެހެއެވެ. މި ސަރަހައްދުގައި 100,000 އަށް ވުރެ ގިނަ މީހުން ބޯހިޔާވަހިކަން ހޯދަމުން އަންނައިރު،އިސްރާއީލުގެ ސިފައިން ޖަބަލިއާ ކޭމްޕަށް އަށް ވަދެ، ފުރަތަމަ ފަހަރަށް އުތުރަށް ޣައްޒާއަށް އަރައިގަތް ވަރަށް ވުރެ އަނިޔާވެރިކަމާއި އެކު އެ ސަރަހައްދުގެ ލޯކަލް މާރުކޭޓުތައް ކައިރީގައި އެމީހުންގެ ޓޭންކަރުތައް ބަހައްޓާފައިވާ ކަމަށް އެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކުން ވަނީ ރޮއިޓާސް އަށް މައުލޫމާތުދީފައެވެ.

ޖަބަލިޔާ ގެ އިތުރުން ޔަހޫދީ ފައުޖުން ޣައްޒާގެ ޒައިތޫން އާއި އަލް ސަބްރާ އަށް ވެސް ވަދެގަނެ ފައިވާއިރު، އެމީހުން ވަނީ ރަފާހަށް ވެސް އަރައިގަނެ، އެ ސަރަހައްދުގައިވާ ބޯޑަރުގެ ކޮންޓްރޯލް ވެސް ނަގާފައެވެ.

މިދިޔަ އަހަރުގެ އޮކްޓުބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ކެނޑިނޭޅި ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 35,000 މީހުންނަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ޣައްޒާގެ ސިއްހަތާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.