ޔަހޫދީންގެ ހަމަލާއެއްގައި އަނިޔާވި ކުޑަ ކުއްޖަކަށް ފަރުވާ ދެނީ-- ފޮޓޯ: ގެޓީ އިމޭޖަސް
ދުނިޔެ
14 May 2024 | 15:49
ތެލުގެ ދަތިކަން ބޮޑުވެ، ޣައްޒާގެ ސިއްހީ ނިޒާމު މަދު ގަޑިއިރުތަކެއްގެ ތެރޭގައި ހުއްޓިދާނެ ކަމުގެ އިންޒާރު ދީފި!

ޔަހޫދީން ޣައްޒާއަށް އެހީ ވެއްދުމާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޣައްޒާގައި ތެލުގެ ދަތިކަން ބޮޑުވެ، ސިއްހީ ނިޒާމު މަދު ގަޑިއިރުތަކެއްގެ ތެރޭގައި ހުއްޓިދާނެ ކަމުގެ އިންޒާރު ޣައްޒާގެ ހެލްތު މިނިސްޓްރީން ދީފިއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޣައްޒާގެ ހޮސްޕިޓަލްތަކުގެ ޖަނަރޭޓަރުތަކާއި، އެމްބިއުލާންސްތަކާއި، ސިއްހީ މުއައްޒަފުން ހަރަކާތްތެރިވާ ތަންތަނަށް ކަރަންޓް ދިނުމަށް ބޭނުންވާ ތެޔޮ ނުލިބޭތީ، މަދު ގަޑިއިރުތަކެއްގެ ތެރޭގައި ސިއްހީ ނިޒާމު އެއްކޮށް ހުއްޓޭނެ ކަމަށެވެ.

މީގެ ހަތް މަސް ކުރިން ޔަހޫދީ ފައުޖުން ޣައްޒާ އަށް ދޭން ފެށި ހަމަލާތަކާއި އެކު، ޒަހަމްވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ވެސް ބޮޑެތި ދަތިތަކެއް ހުރިކަން ފާހަގަކޮށް ހެލްތު މިނިސްޓްރީން އިތުރަށް ބުނީ، އެހާ ގިނަ އަދަދެއްގެ މީހުންނަށް ފަރުވާދޭން ޖެހޭ އިރު، އެކަމަށްޓަކައި ސިއްހީ މުއައްޒަފުން ޣައްޒާގައި ރެޔާއި ދުވާލު އަރާމެއް ނެތި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ޣައްޒާގެ ހޮސްޕިޓަލް ތަކަށް ވެސް ޔަހޫދީ ފައުޖުން ހަމަލާ ދެމުން އަންނައިރު، މި މަހުގެ 5 ވަނަ ދުވަހު އެމީހުން ވަނީ ޣައްޒާ އަށް އެހީ ވެއްދުމަށް ބޭނުންކުރަމުން އައި މައި ބޯޑަރެއް ކަމަށްވާ ކެރެމް ޝަލޮމް ގެ ކޮންޓްރޯލް ނަގައި ޣައްޒާއަށް އެހީ ވެއްދުމަށް އިތުރަށް ދަތިތައް ކުރިމަތި ކުރުވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ސްޓޭޓް ފާމާގެ ބޭހުގެ މަޢުލޫމާތު ބެލޭ ޕޯޓަލެއް ސެޕްޓެމްބަރުގައި ލޯންޗުކުރަނީ
ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުރި ބޭހާއި އަގުގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނާނެ ޕޯޓަލެއް އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
24 Jul 2026
މިއީ ކުދިން ސްކްރީނާ ދުރުކޮށް، ޢާއިލީ ގުޅުން ބަދަހިކުރަންވީ ވަގުތު
24 Jul 2026
ހީވެސް ނުކުރާ ކަހަލަ ކަންކަމުން ވައިފައި ސިގްނަލަށް ހުރަސްއެޅޭ
ގޭތެރޭގައި ހުންނަ މައިކްރޯވޭވް އަވަނާއި މަސް ޓޭންކާއި ލޯގަނޑު ފަދަ އާންމު ތަކެތިން ވައިފައި ސިގުނަލަށް ބޮޑެތި ހުރަސްތައް އެޅޭކަން ވައިފައި ދާއިރާގެ ތަޖުރިބާކާރު އެލެކްސް ހިލްސް ހާމަކުރައްވައިފިއެވެ.
24 Jul 2026
ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަން ނިންމާލައިފި
ޖުލައި މަހު ރާއްޖެއިން ޢުމްރާއަށް ދިޔަ 5,565 އަށްވުރެ ގިނަ މީހުން ފުރުވާލުމަށް އެމްއޭސީއެލްގެ ތިން ޑިޕާޓްމެންޓް ގުޅިގެން ވީއައިއޭގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައި، ދަތިކަމެއް ނެތި ޚިދުމަތް ފޯރުކޮށްދީފި.
24 Jul 2026
"ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް" ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން
މި މުބާރާތަކީ، ކުރިއަށް އޮތްސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމެއްހޮވުމަށް ބާއްވާ މުބާރާތެކެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ "ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް" (ޕީ.އެމް.ޖީ.ސީ) އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ.
24 Jul 2026
ދަރުމަވަންތައާއި އައިޖީއެމްއެޗަށް މިއަހަރު ދިވެހި 16 ޑޮކްޓަރުން
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚިދުމަތް ދެއްވުމަށް މި އަހަރުގެ މިހާތަނަށް ތަމްރީނު ފުރިހަމަކުރެއްވި ދިވެހި 16 ޑޮކްޓަރުން ގުޅިވަޑައިގެންފައިވާ ކަމަށް އެ ހޮސްޕިޓަލްތަކުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
24 Jul 2026
ސައުދީ ނިއުކްލިއާ އެއްބަސްވުން ކުރިއަށް ގެންދެވޭނީ އިސްރާއީލް ބަލައިގަތީމާ
ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، ސައުދީއަށް ޔުރޭނިއަމް މުއްސަނދިކުރުމާއި ނިއުކްލިއާ ރިއެކްޓަރުތައް ބިނާކުރުމަށް އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހުއްދަ ދޭ އެއްބަސްވުން ތަންފީޒުވާނެ ހަމައެކަނި ގޮތަކީ އިސްރާއީލާއެކު ގުޅުން ގާއިމުކުރުމުން ކަމަށެވެ.
24 Jul 2026
ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި
އިންޑިއާގެ ތަޢުލީމީ ވަޒީރު ދަރްމެންދްރަ ޕްރަދާން ވަކިކުރުމަށް ގޮވައިލައި 26 ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ސޯނަމް ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ޤައުމުގައި ހަމަނުޖެހުން ހިނގައިފާނެ ކަމުގެ ބިރާ ގުޅިގެން ނިންމައިލައިފިއެވެ.