ގަތަރުގެ ބޮޑުވަޒީރު ޝެއިހް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީ-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
15 May 2024 | 15:21
ހަނގުރާމަ ހުއްޓާލުމާއި ގުޅޭ މަޝްވަރާތައް ހުއްޓިއްޖެ: ގަތަރުގެ ބޮޑުވަޒީރު

އިސްރާއީލުން ރަފާހަށް ވަދެގަނެ، ރަފާހް ގެ ބޯޑަރު ނެގުމާއިއެކު ހަނގުރާމަ ހުއްޓާލުމަށް ހަމާސް ޖަމާއަތާއި ހައްދުފަހަނަ އަޅާފައިވާ އިސްރާއީލާއި އެކު ކުރިއަށް ދިޔަ މަޝްވަރާތައް ހުއްޓިފައިވާކަމަށް ގަތަރުގެ ބޮޑުވަޒީރު ޝެއިހް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީ ވިދާޅުވެއްޖެއެވެ.

އިސްރާއީލުން ރަފާހަށް ހަމަލާދޭން ފަށާފައިވަނީ ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމު ހުއްޓާލުމާއި ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވި، ހަމާސް އިން މިހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށް ނިންމާފައިވަނިކޮށްކަން ފާހަގަކޮށްލަން ޖެހެއެވެ.

ދޯހާގައި ބޭއްވި އިގްތިސާދީ ފޯރަމެއްގައި މިކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ގަތަރު ބޮޑުވަޒީރު ވިދާޅުވީ، ވޭތުވެދިޔަ ހަފްތާތަކުގައި އެ މަޝްވަރާތަކަށް އަލިކަމެއް ފެނިގެންދިޔަ ނަމަވެސް ކަންކަން މިސްރާބުޖެހީ ރަނގަޅު ދިމާލަކަށްނޫން ކަމަށާއި، ނަތީޖާއެއްގެ ގޮތުން އެ މަޝްވަރާތައް ހުއްޓާލަން ޖެހިފައިވާ ކަމަށެވެ.

އެހެންނަމަވެސް، އަދިވެސް ގަތަރުގެ އަމާޒަކީ ހަނގުރާމަ ހުއްޓުވުމާއި ގުޅޭ މަޝްވަރާތަކުގެ މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކޮށް، ގަތުލުއާއްމު ނިމުމަކަށް ގެނައުން ކަމަށް ޝައިޚް މުހައްމަދު ވިދާޅުވިއެވެ.

ޔަހޫދީ ފައުޖުން ރަފާހަށް އަރައިގެންފައިވާއިރު، އެއީ ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމާއި ގުޅިގެން މިލިއަނަކަށް ވުރެ ގިނަ މީހުން ބޯހިޔާވަހިކަން ހޯދަމުން އަންނަ ސަރަހައްދެކެވެ.

ރަފާހަށް އަރައިގަނެ އެ ސަރަހައްދުގެ ބޯޑަރގެ ކޮންޓްރޯލް ވެސް ޔަހޫދީން ނަގާފައިވާއިރު، އެއީ ޣައްޒާ އަށް އެހީވެއްދުމަށްޓަކައި ބޭނުންކުރާ މައި ދޮރޯއްޓެކެވެ. އެއާއިއެކު، ޣައްޒާ އަށް އެހީގެ އިތުރުން ތެޔޮ ވެސް ނުވެއްދޭތީ ޣައްޒާގެ ސިއްހީ ނިޒާމް ވެސް މަދު ވަގުތުކޮޅެއް ތެރޭ ހުއްޓުމަކަށް އަންނާނެ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ވަނީބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ސްޓޭޓް ފާމާގެ ބޭހުގެ މަޢުލޫމާތު ބެލޭ ޕޯޓަލެއް ސެޕްޓެމްބަރުގައި ލޯންޗުކުރަނީ
ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުރި ބޭހާއި އަގުގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނާނެ ޕޯޓަލެއް އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
24 Jul 2026
މިއީ ކުދިން ސްކްރީނާ ދުރުކޮށް، ޢާއިލީ ގުޅުން ބަދަހިކުރަންވީ ވަގުތު
24 Jul 2026
ހީވެސް ނުކުރާ ކަހަލަ ކަންކަމުން ވައިފައި ސިގްނަލަށް ހުރަސްއެޅޭ
ގޭތެރޭގައި ހުންނަ މައިކްރޯވޭވް އަވަނާއި މަސް ޓޭންކާއި ލޯގަނޑު ފަދަ އާންމު ތަކެތިން ވައިފައި ސިގުނަލަށް ބޮޑެތި ހުރަސްތައް އެޅޭކަން ވައިފައި ދާއިރާގެ ތަޖުރިބާކާރު އެލެކްސް ހިލްސް ހާމަކުރައްވައިފިއެވެ.
24 Jul 2026
ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަން ނިންމާލައިފި
ޖުލައި މަހު ރާއްޖެއިން ޢުމްރާއަށް ދިޔަ 5,565 އަށްވުރެ ގިނަ މީހުން ފުރުވާލުމަށް އެމްއޭސީއެލްގެ ތިން ޑިޕާޓްމެންޓް ގުޅިގެން ވީއައިއޭގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައި، ދަތިކަމެއް ނެތި ޚިދުމަތް ފޯރުކޮށްދީފި.
24 Jul 2026
"ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް" ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން
މި މުބާރާތަކީ، ކުރިއަށް އޮތްސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމެއްހޮވުމަށް ބާއްވާ މުބާރާތެކެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ "ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް" (ޕީ.އެމް.ޖީ.ސީ) އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ.
24 Jul 2026
ދަރުމަވަންތައާއި އައިޖީއެމްއެޗަށް މިއަހަރު ދިވެހި 16 ޑޮކްޓަރުން
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚިދުމަތް ދެއްވުމަށް މި އަހަރުގެ މިހާތަނަށް ތަމްރީނު ފުރިހަމަކުރެއްވި ދިވެހި 16 ޑޮކްޓަރުން ގުޅިވަޑައިގެންފައިވާ ކަމަށް އެ ހޮސްޕިޓަލްތަކުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
24 Jul 2026
ސައުދީ ނިއުކްލިއާ އެއްބަސްވުން ކުރިއަށް ގެންދެވޭނީ އިސްރާއީލް ބަލައިގަތީމާ
ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، ސައުދީއަށް ޔުރޭނިއަމް މުއްސަނދިކުރުމާއި ނިއުކްލިއާ ރިއެކްޓަރުތައް ބިނާކުރުމަށް އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހުއްދަ ދޭ އެއްބަސްވުން ތަންފީޒުވާނެ ހަމައެކަނި ގޮތަކީ އިސްރާއީލާއެކު ގުޅުން ގާއިމުކުރުމުން ކަމަށެވެ.
24 Jul 2026
ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި
އިންޑިއާގެ ތަޢުލީމީ ވަޒީރު ދަރްމެންދްރަ ޕްރަދާން ވަކިކުރުމަށް ގޮވައިލައި 26 ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ސޯނަމް ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ޤައުމުގައި ހަމަނުޖެހުން ހިނގައިފާނެ ކަމުގެ ބިރާ ގުޅިގެން ނިންމައިލައިފިއެވެ.