އެމެރިކާއިން ހެދި ބަނދަރު މެދުވެރިކޮށް ޣައްޒާ އަށް އެހީ އެތެރެކުރަނީ-- ފޮޓޯ: އޭޕީ
ދުނިޔެ
18 May 2024 | 10:18
އެމެރިކާއިން ޣައްޒާގައި ހެދި ވަގުތީ ބަނދަރު މެދުވެރިކޮށް އެހީގެ ތަކެތި ފޯރުކޮށްދޭން ފަށައިފި

ކަނޑުމަގުން ފަލަސްތީނުގެ ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި އެމެރިކާއިން ޣައްޒާގައި ހެދި ވަގުތީ ބަނދަރު މެދުވެރިކޮށް ޣައްޒާ އަށް އެހީގެ ތަކެތި އެތެރެކުރަން ފަށައިފިއެވެ.

ފެނުމަތީގައި އޮންނަ ގޮތަށް ހެދި މި ބަނދަރު އިސްރާއީލުގެ އަޝްދޮދު ގައި ރޭވުމަށްފަހު ޣައްޒާ އަށް ގެނެސްފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.

މިކަމާއި ގުޅިގެން އެމެރިކާގެ އަސްކަރިއްޔާއިން ބުނީ ބަނދަރު ބޭނުންކުރަން ފެށިނަމަވެސް ބަނދަރުގެ އިންފްރާސްޓްރަކްޗަރ އަދިވެސް ފުރިހަމަނުވާ ކަމަށާއި، މި ބަނދަރުގެ ސަބަބުން ގައުމު ތަކުންނާއި އިންސާނީ އެހީތެރިކަމުގެ ޖަމިއްޔާތަކުން ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

މި ބަނދަރު މެދުވެރިކޮށް ޣައްޒާ އަށް ފޯރުކޮށްދޭ އެހީ އަންނަނީ ސައިޕްރަސް އިން ކަނޑުގެ މަގުން ކަމަށްވާއިރު، އެ ބަނދަރު މެދުވެރިކޮށް އެތެރެކުރި ފުރަތަމަ އެހީގެ ތަކެތި އިއްޔެ ލިބިފައިވާކަމަށް ވެސް އެމެރިކާގެ އަސްކަރިއްޔާ އިން މައުލޫމާތުދެއެވެ.

އެމެރިކާއިން ހެދި މި ބަނދަރު މެދުވެރިކޮށް ޣައްޒާ އަށް އެހީ އެތެރެކުރަމުން ދިޔަ ނަމަވެސް އެއްގަމު މަގުން އެހީ އެތެރެކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެއްގަމާއި ޚިލާފަށް ކަނޑުމަގުން އެހީ ވެއްދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުންނާނެ ކަމަށް އެމެރިކާގެ އެއިޑް ޗީފް ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހުއްޓުމެއްނެތި ޔަހޫދީން ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކާއި އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅު ތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ވަނީ ފެނާއި ކާބޯތަކެއްޗާއި ރަނގަޅު ސިއްހީ ފަރުވާ ފަދަ އެތައް އިންސާނީ ބޭނުންތަކުން މަހުރޫމް ވެފައެވެ.

ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ދުވާލަކު 500 ޓްރަކް ޣައްޒާ އަށް ވަންނަން ޖެހޭ ކަމަށް އދ އިން ބުނެފައިވާއިރު، ގަތުލުއާއްމު ފެށުނީއްސުރެ ވެސް އެންމެ ދުވަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ޣައްޒާ އަށް ވަދެފައިވަނީ 189 ޓްރަކެވެ.

ޣައްޒާގެ އާއްމުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ފަދައިން ބޯޑަރުތައް ހުޅުވާލުމަށް މުޅި ދުނިޔެއިން ގޮވާލަމުން ދަނިކޮށް ޔަހޫދީ ފައުޖުން ވަނީ ރަފާހަށް އަރައިގަނެ އެ ސަރަހައްދުގައިވާ، ޣައްޒާ އަށް އެހީ ވެއްދުމަށް ބޭނުންކުރާ މައި ބޯޑަރެއްގެ ކޮންޓްރޯލް ވެސް ނަގާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.