ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ-- ފޮޓޯ: ފީފާ
ދުނިޔެ
18 May 2024 | 11:34
ފުޓްބޯޅައިން އިސްރާއީލު ސަސްޕެންޑް ކުރުމާއި މެދު ފީފާއިން ގާނޫނީ ލަފާ ހޯދަނީ

ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންގެންދާ ހަމަލާތަކާއި ގުޅިގެން ފުޓުބޯޅައިގެ އެންމެހާ ޙަރަކާތްތަކުން އިޒްރޭލް ސަސްޕެންޑު ކުރުމާ މެދު، ޤާނޫނީ ލަފާ ހޯދުމަށް ފީފާއިން ނިންމައިފިއެވެ.

އިޒްރޭލް ސަސްޕެންޑު ކުރުމަށް އެދި ފަލަސްތީނުން ފީފާއަށް ހުށައަޅާފައިވާއިރު، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިފަދައިން ނިންމީ ބެންކޮކްގައި ބޭއްވި ކޮންގްރެސްއެއްގައެވެ.

ފަލަސްތީނުން ހުށައެޅި ޕްރޮޕޯސަލް ގައި އަނިޔާވެރި އިސްރާއީލު ސަރުކާރުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވުމުގައި އިސްރާއީލު ފުޓްބޯޅަ އެސޯސިއޭޝަން (އައިއެފްއޭ) ގެ ބައިވެރިވުން އޮތް ކަމަށާއި އަރަބި ކުޅުންތެރިންނާ މެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ވަނީ ބުނެފައެވެ.

ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަން (ޕީއެފްއޭ) ގެ ރައީސް ޖިބްރީލް ރަޖޫބު ވިދާޅުވީ، ފަލަސްތީނުގައި ހިނގަމުންދާ ނަސްލު ނައްތާލުމާ މެދު ފީފާ އިން ފަރުވާ ކުޑަ ކުރެވިގެން ނުވާނެ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުން ތަހަންމަލު ކުރަމުންދާ އަނިޔާގައި، އެ ޤައުމުގެ ފުޓުބޯޅަ ކުޅުންތެރިން ވެސް ހިމެނޭ ކަމަށާއި އެ މަންޒަރު ދުނިޔެ އަށް ފެންނަމުންދާއިރު، ފީފާ އަށް ވެސް އެ މަންޒަރު ފެންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ، ކަމުގެ ޤާނޫނީ ލަފާ ހޯދުމަށްފަހު އެ މައްސަލައާއި ގުޅޭގޮތުން ފީފާއިން ގޮތެއް ނިންމާނެ ކަމަށެވެ.

އައިއެފްއޭ އާއި ދެކޮޅަށް މި ފިޔަވަޅުތައް އެޅުމަށް ހުށައެޅިއިރު، މީގެ ދެ އަހަރު ކުރިން ފީފާ އިން ވަނީ ރަޝިއާ އާއި ޔޫކްރެއިން ގެ ހަނގުރާމަ އާއި ގުޅިގެން ބައިނަލްއަގްވާމީ މުބާރާތްތަކުން ރަޝިއާ ސަސްޕެންޑް ކުރުމަށް ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.