ކާރުން ދަތުރުނެގި ފަރާތް އާއްމު ކުރި ފޮޓޯ--
ހަބަރު
18 May 2024 | 13:37
ޓެކްސީ ޑްރައިވަރަކު ރުޅި އައިސްގެން ކާރުން ދަތުރުވެރިން ބޭލި މައްސަލައެއް ތަހުގީގުކުރަނީ

ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށްފަހު ރުޅި އައިސްގެން ދަތުރުވެރިން އެމީހުން އެރިތަނަށް ބާލާފައި ދިޔަ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

އެ ކާރުން ދަތުރުނެގި ފަރާތް އެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާއިރު، އެ ފަރާތުން ބުނި ގޮތުގައި ހުޅުމާލޭގައި އޮތް އޭނާގެ ދަރިފުޅުގެ ފެތުމުގެ މުބާރާތެއް ނިންމުމަށްފަހު، މާލެ އައުމަށް ޓެކްސީ ދަތުރެއް ނަގައި، ޓެކްސީއަށް އެރުވުމަށްފަހު ޑްރައިވަރު ބޭކާރު އެތައް ވާހަކައެއް ދެއްކިއެވެ.

ވާހަކަ ދައްކަމުން ގޮސް، އަޚުލާގީ މިންގަނޑަށް ނުފެތޭ ވާހަކަތައް ވެސް ދައްކައި، ޓެކްސީއަށް އިތުރު މީހަކު އެރުވިޔަސް ހެޔޮތޯ އެހި ކަމަށް ކާރުން ދަތުރުނެގި ފަރާތް ބުނެފައިވެއެވެ. އެއާއިއެކު، ޖަވާބުގައި، އެހެން މީހަކު އެރުވިޔަސް މައްސަލަ އެއް ނެތް ކަމަށް ބުނި ކަމަށެވެ.

"އެރުވިޔަސް މައްސަލައެއްނެތެވެ. އެކަމަކު އެމީހާ އަތުން އަގު ނަގަންވާނީ އަހަރެން ފައިބާ ހިސާބުން އެމީހާ އެކަނި ކުރާ ދަތުރަށް އެކަންޏެވެ. އެގޮތަށް އެއްބަސްވެ އެރުވިޔަސް އެންމެ ރަނގަޅު ކަމަށް ބުނީމެވެ." 

ކާރުން ދަތުރުނެގި ފަރާތް ބުންޏެވެ.

އެއާއިއެކު، އެކަމާ އެއްބަސްނުވެ، އެއީ ޑްރައިވަރާއި ދަތުރުވެރިޔާ އާއި ދެމެދު އޮތް ކަމެއް ކަމަށް ބުނެ ޑްރައިވަރު ދެކޮޅު ހަދާ ރުޅިގަދަ ކުރަން ފެށިކަމަށް އެމީހާ ބުންޏެވެ.

އެއާއިއެކު، ކާރުގައި ތިބި ދަތުރުވެރިންނާއި އެކު މުޅި ހުޅުމާލެ ވަށާ ބުރު ޖެހިއިރު ވެސް ކާރަށް އަރާނެ އިތުރު ފަރާތެއް ނުވުމުން  އެ މީހުން އަނބުރާ އެ ކާރަށް އެރި ތަނަށް ބާލާފައި ދިޔަ ކަމަށް އެ މީހާ ވަނީ ބުނެފައެވެ.

 "ތިމަންނަ ކިތަންމެ ނުބައޭ ބުންޏަސް އަދި ބޮޑު ވަރަކަށް މަރާލިޔަސް ތި މީހުން ނެގިތަނަށް ތިމީހުން ބޭލުން ނޫން ގޮތެއްނެތްކަމަށް ބުނެ ހުޅުމާލެއިން އެ ޓެކްސީއަށް އެރިތަނަށް ބާލާފަ ގޮއްސިއެވެ."

ކާރުން ދަތުރުނެގި ފަރާތް ބުންޏެވެ.

މި މައްސަލަ އާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްގެ ސްޕޯކްސްޕާސަން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ހުޅުމާލެ ޕޮލިސް ސްޓޭޝަނުން މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި، އެކަމާ ގުޅިގެން އަމަލުކުރަންޖެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަޅަންވާ ފިޔަވަޅުތައް ފުލުހުންގެ އިދާރާއިން އަޅާނެ ކަމަށެވެ.

ބައެއް ޓެކްސީ ޑްރައިވަރުންގެ ފަރާތުން މިފަދަ އަމަލުތައް ފެންނާތީ، ރާއްޖެ އަންނަ ފަތުރުވެރިންނަށާއި ދިވެހިންނަށް އެއާޕޯޓް ޓެކްސީ ކިއު އިން ކުރިމަތިވާ މައްސަލަތަކާ ގުޅިގެން އާންމު ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް އިތުރުވުމާއި ގުޅިގެން ދާދި ފަހުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ވެސް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާ ޓެކްސީތަކާއިމެދު ފިޔަވަޅު އެޅުމަށް ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.