ޔަހޫދީން ދިން ހަމަލާއެއްގައި ޒަހަމްވި މަންމައަކު އޭނާގެ ދަރިންނާއި އެކު-- ފޮޓޯ: ޔާހޫ
ދުނިޔެ
19 May 2024 | 13:08
ޣައްޒާއަށް ސިއްހީ ސާމާނު ނުލިބޭތާ 10 ދުވަސް!

ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ޣައްޒާ އަށް އެހީވެއްދުމަށްޓަކައި އެކޮ ގޮތްގޮތުން ދަތިކުރަމުންދާތީ، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ސިއްހީ ސާމާނު ނުލިބޭތާ 10 ދުވަސްވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯގެ ތަރުޖަމާނު ތާރިކް ޖަސާރެވިޗް ވިދާޅުވީ، ޔަހޫދީ ފައުޖުން ރަފާހް އަށް އަރައިގަނެ، އެ ސަރަހައްދުގައި ހުރި ޣައްޒާ އަށް އެހީވެއްދުމަށް ބޭނުންކުރާ ބޯޑަރެއްގެ ކޮންޓްރޯލް ނެގުމާއި ގުޅިގެން ދިމާވެފައިވަނީ ވަރަށް ދަތި ހާލަތެއް ކަމަށާއި، ޣައްޒާގައި މިހާރު ހުރީ މޭ މަހުގެ 6 ވަނަ ދުވަހުގެ ކުރިން ލިބުނު ސިއްހީ ސާމާނު ކަމަށެވެ.

ޖަސާރެވިޗް ވިދާޅުވީ، އެންމެ ބޮޑު ގޮންޖެހުމަކީ ޣައްޒާގެ ހޮސްޕިޓަލްތަކާއި ކްލިނިކްތައް ހިންގާނެ ވަރަށް ތެޔޮ ނުލިބުން ކަމަށާއި، ޣައްޒާގެ ސިއްހީ މަރުކަޒުތައް ހިންގަމުން ގެންދިއުމަށް މަހަކު 1.8 މިލިއަން ލީޓަރާއި ހަމައަށް ތެޔޮ ބޭނުންވާ ކަމަށެވެ.

އެހެންނަމަވެސް، ބޯޑަރު ބަންދުކުރުމާއި ގުޅިގެން މިހާތަނަށް ލިބިފައިވަނީ 159,000 ލިޓަރުގެ ތެޔޮ ކަމަށާއި، މީގެ ސަބަބުން ޣައްޒާގައި ހުރި 36 ހޮސްޕިޓަލުގެ ތެރެއިން 13 ހޮސްޕިޓަލެއްގައި އެކަށީގެންވާ ވަރަށް ސިއްހީ ހިދުމަތްތައް ފޯރުނުކޮށްދެވޭކަން ޖަސާރެވިޗް ފާހަގަކުރެއްވިއެވެ.

ޔަހޫދީ ފައުޖުން މޭމަހުގެ 7 ވަނަ ދުވަހު ރަފާހް އަށް އަރައިގަނެ ލާއިންސާނީ އެތައް ޖަރީމާތަކެއް ހިންގަމުންދާއިރު، ޣައްޒާގެ ސިއްހީ ވުޒާރާއިން ވެސް ވަނީ ބޭނުންވާވަރަށް ތެޔޮ ނުލިބޭނަމަ ޣައްޒާގެ ސިއްހީ ނިޒާމް ހުއްޓޭނެ ކަމުގެ އިންޒާރު ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.