އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
20 May 2024 | 17:50
ނަތަންޔާހޫ އާއި އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ހައްޔަރުކުރުމުގެ އަމުރަކަށް އެދެފި

އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ގައި އެދެފިއެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޗީފް ޕްރޮސެކިއުޓާ ކަރީމް ހާން ވިދާޅުވީ ފަލަސްތީނާއި ގުޅޭގޮތުން އައިއޭސީ އަށް ހުށައެޅިފައިވާ މައްސަލައިގެ ފުރަތަމަ ޕްރި ޓްރައިއަލް ޗެމްބާ ފެށުމުގެ ކުރިން އެމީހުން ހައްޔަރު ކުރުމުގެ އަމުރަކަށް އެދި އައިސީސީގެ ފަނޑިޔާރުންގެ ޕެނަލް އަށް ހުށަހަޅާފައިވާނެ ކަމަށެވެ.

އެގޮތުން ހާން ވިދާޅުވީ، އޭނާގެ އޮފީހުން އެއްކުރުމަށްފަހު ބެލި ހެކިތަކުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގައި މިހާރު ހިންގަމުންދާ ގަތުލު އާއްމަށް ނަތަންޔާހޫ އާއި ޔޯވް ގަލަންޓް ޒިންމާވާން ޖެހޭ ކަމަށް ނިންމޭނެ ސަބަބުތައް ހުރި ކަމަށެވެ.

އެގޮތުން ހާން ވަނީ ނަތަންޔާހޫ އާއި ޔޯވް ގަލަންޓް ގެ މައްޗަށް 7 ދައުވާއެއް އުފުލާފައެވެ. އެއީ:

1) ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ އާއްމުން ބަނޑުހައިހޫނުކަމުގައި ތިބުމަށް މަޖުބޫރު ކުރުން

2) ގަސްތުގައި މީހުންގެ ހަށިގަނޑަށް ބޮޑު ތަކުލީފެއް، ނުވަތަ ސިއްހަތަށް ގެއްލުންވާނެ ފަދަ ބޮޑެތި އަނިޔާތަކެއް ދިނުން

3) ގަސްތުގައި މީހުން މެރުން

4) ގަސްތުގައި އާއްމުންގެ އާބާދީތަކަށް އަމާޒުކޮށް ހަމަލާދިނުން

5) އެކި ގޮތްގޮތުން (ބަނޑުހައިހޫނުކަން، ހަމަލާ ދިނުން) މީހުންގެ ފުރާނަ ނައްތާލުން/ މީހުން މެރުން 

6) ފިތުނަ އުފެއްދުން

7) އެނޫން ވެސް އިންސާނިއްޔަތާއި ދެކޮޅަށް ހިންގާފައިވާ ޖަރީމާތައް

ހާން ވިދާޅުވީ، އެމީހުންނަށް ކޮށްފައިވާ ދައުވާ ތަކުގެ ތެރޭގައި، ޣައްޒާ އަށް އެހީ ވެއްދުމަށް ހުރަސް އެޅުން ވެސް ހިމެނޭ ކަމަށެވެ.

ނަތަންޔާހޫ އާއި  ޔޯވް ގަލަންޓްގެ އިތުރުން ހަމާސް ޖަމާއަތުގެ ތިން ލީޑަރުން ހައްޔަރު ކުރުމުގެ އަމުރަކަށް ވެސް ހާން ވަނީ އައިސީސީ ގައި އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.