ެއިންޑިޔާއިން ފަންޑުކުރާ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާ މުވައްޒަފުން ތަކެއް: ފޮޓޯ/ އަވަސް
ހަބަރު
21 May 2024 | 11:57
އިންޑިއާއިން ދިން ލޯނުތަކުން 15.7 ބިލިއަން ރުފިޔާ އަދި ނުލިބޭ: ފިނޭންސް

ދިވެހިރާއްޖޭގައި އެކި މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ނަގާފައިވާ ލޯންތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރީ އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) އިން ނަގާފައި ހުރި ފައިސާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސްއިން އާއްމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓަރލީ ޑެޓް ބުލެޓިންގައި ބުނެފައިވާގޮތުން ދިވެހި ރާއްޖެއިން ލޯނުގެ ގޮތުގައި ނަގާފައިވާ ފައިސާގެ ގޮތުގައި ލިބެން ޖެހޭ ބޮޑު އަދަދެއް ހުރީ ނުލިބިއެވެ.

އެގޮތުން، ރާއްޖެއިން ނަގާފައިވާ ލޯނު ތަކުގެ ތެރެއިން މިހާތަނަށް 24 ބިލިއަން ރުފިޔާ ނުލިބި ހުރި އިރު އޭގެ 65 ޕަސެންޓު ލިބެން ޖެހެނީ އިންޑިއާގެއެގްޒިމް ބޭންކުން ކަމަށް ރިޕޯޓުން އެނގެއެވެ. 

އެގޮތުން، އިންޑިއާގެ އެގްޒިމް ބެންކްއިން ނުލިބި ހުރި ފައިސާގެ ގޮތުގައި 15.71 ބިލިއަން ރުފިޔާ މި އަހަރުގެ އެއްވަނަ ކުއާޓާ ނިމުނުއިރު ހުރިކަމަށް ރިޕޯޓްގައިވެއެވެ. 

މިިދިޔަ ފަސް އަހަރު އިންޑިއާގެ އެގްޒިމް ބޭންކުން ނެގި ލޯނުގެ އަދަދު 1.4 ބިލިއަން ޑޮލަރު (22 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ނަގާފައިވަނީ ވިލިމާލެ އާއި ގުޅިފަޅާ ދެމެދު ބްރިޖަކުން ގުޅައިލުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ. އެ މަޝްރޫއަށް 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ލޯނެއް ނެގި އެވެ.

އިންޑިޔާގެ އިތުރުން ސައުދީ ޑިވެލޮޕްމެންޓު ފަންޑުންވެސް ދޫނުކޮށް 1.6 ބިލިއަން ހުރިކަމަށް ފިނޭންސްގެ ރިޕޯޓް ތަކުން ދައްކާއިރު، އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓު އެސޯސިއޭޝަނުން ނެގި ލޯނުގެ 1.2 ބިލިއަން އަދި ނުލިބޭ ކަމަށް އާއްމުކުރި ރިޕޯޓުން އެނގެއެވެ. އަދި އޭޝިއަން ޑިވެލޮޕްމެންޓު ބެންކުގެ ފަރާތުން 908.5 މިލިއަން ރުފިޔާ ނުލިބިހުރިކަން އާއްމުކޮށްފައިވެއެވެ.

މީގެ އިތުރުން، ގްރޭޓާރ މާލެ ވޭސްޓް ޓު އެނާރޖީ ޕްރޮޖެކްޓު ފަދަ މަޝްރޫއުތަކަށް ފަންޑުކޮށްފައިވާ އޭޝިއަން އިންފްރާސްޓްރަކްޗާ ބެންކުގެ ފަރާތުންވެސް ލިބެން ޖެހޭ 853.9 މިލިއަން ހުރިކަމަށާއި ރާއްޖޭގެ ރަށްތައް ހިމާޔަތްކުރުމުގެ މަސައްކަތްތަކާއި އެކި ސަރަހައްދުތަކުގައި ހޮސްޕިޓަލްތައް ގާއިމުކުރުމަށް ކުވައިތު ފަންޑު ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމެންޓުން ދޭން ބުނެފައިވާ ލޯނުގެ 723.2 މިލިއަން ރުފިޔާވެސް ނުލިބޭކަމަށް ހާމަކޮށްފައިވެއެވެ.

ހަމަ އެހެންމެ، އޭބީއެން އެމްރޯގެ ފަރާތުންވެސް 721.6 މިލިއަން ނުލިބި ހުރިއިރު، އަބޫދާބީ ފަންޑުގެ ފަރާތުން 683.2 އަދި އެހެނިހެން ފަރާތްތަކުން ލިބެން ޖެހޭ 1.82 ބިލިއަންވެސް ނުލިބިހުރިކަމަށް ތަފާސްހިސާބުތަކުން އެނގެއެވެ.

ފުރަތަމަ ތިން މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ދައުލަތުގެ ޖުމްލަ ދަރަނި ވަނީ 126 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ކ.ހުރާއިން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އިއުލާންގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ދޫކުރުމަށް ނިންމާފައިވާއިރު، ފޯމް ހުށަހެޅޭނީ 11 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ.
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.