އިކޮނަމިކް މިނިސްޓަރ މުހައްމަދު ސަޢީދު
ހަބަރު
22 May 2024 | 11:42
މަޖިލީހުން ދިޔައީ ބޭރު ފައިސާ ހޯދަން މި ސަރުކާރަށް ދަތިތައް ކުރުވަމުން: ސަޢީދު

ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން، ބޭރު ފައިސާ ހޯދުމަށް މި ސަރުކާރަށް ދަތިތައް ކުރިމަތި ކުރުވަމުން ދިޔަ ކަމަށް އިކޮނަމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސަޢީދު ވިދާޅުވީ، 2024 ވަނަ އަހަރުގެ ބަޖެޓް 50 ބިލިއަނަށްވުރެ މަތި ނުކުރެއްވުމަށް އޭރުގެ އިންތިޚާބީ ރައީސް އަދި އަދުގެ ރައީސް ޑރ މުހައްމަދު މުޢިއްޒު އެދިލެއްވި ކަމަށެވެ. އަދި އެކަމަށް އޭރުގެ އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހުގެ މާލިއްޔަތު ކޮމިޓީންވެސް އެއްބަސްވި ކަމަށް ސައީދު ވިދާޅުވިއެވެ. 

އެމްޑީޕީ އާއްމު އުސޫލުންވެސް ކަންކަން ކުރާ ގޮތް. އެ ދެއްކި ވާހަކައަށް އެވަގުތު އާދޭހޭ ވިދާޅުވެފައި، ދެން ފަހުން އަމަލު ކުރެއްވީ މުޅިން ތަފާތުކޮށް. ވިދާޅުވި އެއްވެސް ކަމެއް އަޑެއް ނޭއްސެވި. އަދި އުނދަގޫ ކުރުމަށް، ބަޖެޓްގެ ތެރެއިންވެސް ދަތި ކުރުމުގެ ކަންކަން ކޮށްފައި ހުރީ. 

އިކޮނަމިކް މިނިސްޓަރ މުހައްމަދު ސަޢީދު

އަދި މަޖިލީހުން ފިއްތުންތައް ކުރިމަތި ކުރުވައި ކެބިނެޓަށް ރުހުން ނުދީ، ބޭރުގެ ފައިސާ ހޯދުމަށް ދަތިތައް ކުރިމަތި ކުރުވަމުންދިޔައިރުވެސް ރައީސް މުޢިއްޒު އިސްކުރެއްވީ ކެތްތެރިކަމާއި ހިކުމަތްތެރިކަން ކަމަށް ސަޢީދު ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ ކެބިނެޓްގެ މެންބަރުންނަށްވެސް އެމްޑީޕީން ރުހުން ނުދީ، އަދި ބޭރު ދުނިޔޭގައި އަޅުގަނޑުމެންނަށް ފައިސާ ހޯދޭނެ އެތައް ތަނަކަށްވެސް ހަމަ އުނދަގޫވާ ފަދަ މަސައްކަތްތަކެއް އޭރުގެ މަޖިލިސް ތެރެއިންވެސް ކުރަމުން، ދަތި ކުރަމުން ދިޔައީ.  

އިކޮނަމިކް މިނިސްޓަރ މުހައްމަދު ސަޢީދު

ކަންމިހެން ހުރި ނަމަވެސް، ރައީސް މުޢިއްޒުގެ ވެރިކަމުގެ 6 މަސް ދުވަސް ނިންމަވާލައްވައި ކުރިއަށް ވަޑައިގަންނަވަނީ، އެއްވެސް ފައިސާއެއް ޗާޕު ނުކުރައްވާ ކަމަށް ސަޢީދު ވިދާޅުވިއެވެ. 

އޭގެ ނަތީޖާއެއްގެ ގޮތުން، ފައިސާގެ އަގު އުފުލި، ކާބޯތަކެތީގެ އަގު ކަންބޮޑުވާ ވަރަށް އުފުލިގެން ނުގޮސް ހަމަސް ދުވަސް ނިންމާލެވިފައިވާ ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ. އަދި ދިވެހިން ބަނޑަށް ނުޖެހި، އެމްޑީޕީން ރޭވި ފަދައިން ރާއްޖެ ބަނގުރޫޓްވެގެން ވެސް ނުދާ ކަމަށް ސަޢީދު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ކ.ހުރާއިން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އިއުލާންގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ދޫކުރުމަށް ނިންމާފައިވާއިރު، ފޯމް ހުށަހެޅޭނީ 11 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ.
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.