ކުރުދީގެ ޢާއިލާ ރާއްޖޭގައި: ފޮޓޯ/ ވޮއިސް
ހަބަރު
23 May 2024 | 10:25
ޣައްޒާގައި ތާށިވެފައިތިބި ޕްރޮފެސަރ ކުރުދީގެ ޢާއިލާ ، އައިއޭސީން ރާއްޖެ ގެނެސްފި

ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގައި މަސައްކަތް ކުރައްވާ ފަލަސްތީނުގެ ޕްރޮފެސަރ ޑރ. ހަސަން ކުރްދީގެ އާއިލާ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ އެހީގައި ރާއްޖެ ގެނެސްފިއެވެ.

ޑރ.ކުރްދީގެ އާއިލާ ޣައްޒާގައި ދިރިއުޅެމުން އައި ގެޔަށް ޔަހޫދީން ބޮން އަޅައި ސުންނާފަތި ކޮށްލުމުގެ ސަބަބުން، އެއާއިލާ ދިރިއުޅެމުން އައީ ރަފަހްގައި ހުރި ކޭމްޕެއްގައެވެ.

ނަމަވެސް އެތަންވެސް ރައްކާތެރި ތަނަކަށް ނުވުމުން، އެމީހުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑރ. ކުރްދީ ވިދާޅުވީ ނިމިދިޔަ ރޯދަމަހުގެ ތެރޭގައެވެ.

ކުރުދީގެ ޢާއިލާ ރާއްޖެ އައުން: ފޮޓޯ/ ވޮއިސް

ކުރުދީގެ ދަރިފުޅު ގޯފަންޑުގައި ބުނެފައިވާ ގޮތުން، މިސްރުގެ ޓްރެވަލް އެޖެންސީއެއް މެދުވެރިކޮށް، ރަފަހްއިން މިސްރަށް މީހުން އެތެރެކުރަނީ 10،000 ޑޮލަރު މީހަކަށް ދައްކައިގެން ކަމަށާއި، އެ އާއިލާގައި ހިމެނޭ އޭނާގެ މަންމަ އާއި ކޮއްކޮމެންނާ އެކު މިސްރަށް އެތެރެވުމަށް 54،000 ޑޮލަރު ބޭނުންވާއިރު އެމީހުނަށް އެއްކުރެވިފައިވަނީ 517 ޑޮލަރެވެ.

ކުރުދީގެ ޢާއިލާ ރާއްޖޭގައި: ފޮޓޯ/ ވޮއިސް

އެއާއިލާގެ ޚަބަރު އައިއޭސީއަށް ލިބުމާއެކު، އެ ޖަމިއްޔާއިން ވަނީ ކުރުދީއާއި ބައްދަލުކޮށް އޭނާގެ އާއިލާ ޣައްޒާއިން ނެރެ، ތުރުކިޔޭއިން ރާއްޖެ އައުމަށް ދާނެ ހުރިހާ ޚަރަދެއްވެސް ހަމަޖައްސާނެ ކަމަށް ބުނެފައެވެ. 

އެގޮތުން އެ ފައިސާ ކުރުދީއާއި ހަވާލުކޮށްފައިވާއިރު، އޭނާގެ އާއިލާ ޣައްޒާއިން ތުރުކިޔޭއަށް ގެންގޮސް، މިއަދުގެ ވަގުތެއްގައި މިހާރު ވަނީ އެ އާއިލާ ރާއްޖެވެސް އައިސްފައެވެ.  

ޑރ.ކުރްދީގެ އާއިލާގެ އިތުރުން، ޖެނުއަރީ މަހުގެ ތެރޭގައި އައިއޭސީގެ ހަރަދުގައި ދިވެއްސަކަށް ނިސްބަތްވާ އާއިލާއެއްގެ ހަތް މެމްބަރުންވެސް ވަނީ މިސްރަށް ގެންގޮސްދީފައެވެ.

އައިއޭސީން ވަނީ ޣައްޒާއަށް އެހީވުމުގައި ދިވެހިން ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. 

ކޮމެންޓް
ޢ
ރަގަޅު އާމްދަނީއެއް މިސުރައްލިބޭ ރަގަޅު ވިޔަފާރިއެއްދޯ
23 May 2024
ގުޅޭ ލިޔުންތައް
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.