އެންވަޔަމަންޓް މިނިސްޓަރ ޠާރިގު އިބްރާހިމް
ހަބަރު
23 May 2024 | 12:03
ބިންހިއްކުން ހުއްޓާލަން އެންގުމުން އެކަން ކުރިއަށް ގެންދާ ނަމަ، ފިޔަވަޅު އަޅާނަން: ޠާރިގު

ގާ ހުދުވުމުގެ މައްސަލަާގައި ބިން ހިއްކުމުގެ މަޝްރޫއުތައް ހުއްޓާލަން އަންގާފައިވީ ނަމަވެސް، އެކަން ބައެއް ފަރާތްތަކުން ކުރިއަށް ގެންދާ ކަމަށާ، އެފަރާތްތަކަށް ނަސޭހަތް ދިނުމުން އެކަން ނުހުއްޓާ ނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށް އެންވަޔަމަންޓް މިނިސްޓަރ ޠާރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ. 

ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން މެއި މަހުގެ މަހުގެ 9 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާ އެކަން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ން ވަނީ އިއުލާނުކޮށްފައެވެ.

އެގޮތުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވުމުންދާ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކާއި، ބީޗް ނަރިޝްމަންޓް މަސައްކަތްތަކަކީ، މި މަސައްކަތްތަކުގެ ސަބަބުން ފަރުތަކުގެ މާހައުލަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަންކަންކަމަށްވާތީ އެކަންކަން ހުއްޓާލަން އޮތީ އަންގާފައެވެ.

އެހެންނަމަވެސް، ބައެއް ފަރާތްތަކުން އެކަން އަދިވެސް ކުރިއަށް ގެންދާތީ، އެފަރާތްތަކަށް ފިޔަވަޅު އެޅުމަށް ސަރުކާރުގެ ވިސްނުމެއް ހުރިތޯ މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޠާރިގު ވިދާޅުވީ، ބިން ހިއްކުމުގެ މަޝްރޫއު ތެރޭގައި ވަރަށް ގިނަ ކަންކަން ހިމެނޭ ކަމަށެވެ. އެގޮތުން ބިން ހިއްކައި ނިމިގެން ރިވެޓް ޖެހުމުގެ މަސައްކަތް ކުރާ ތަންތަނުގައި، އޭގެ ސަބަބުން އިތުރު ގެއްލުމެއް ނުވާ ނަމަ، ރިވެޓް ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދަން ފުރުސަތު ދެމުންދާ ކަމަށް ޠާރިގު ވިދާޅުވުއެވެ. 

ބިން ހިއްކުމުގެ މަސައްކަތް ހުއްޓަލުމަށް އެންގުމުން ބައެއް ފަރާތްތަކުން އެކަން ކުރިއަށްވެސް ގެންދިޔަ، ބައެއް ފަރާތްތަކުން އެކަން ހުއްޓާވެސްލި. އަޅުގަނޑުމެން މިހާރުވެސް މިދަނީ ހުއްދައެއް ނެތި އެކަންކަން ނުކުރުމަށް ނަސޭހަތްތެރިވަމުން. އަޅުގަނޑުމެން މިދަނީ އެޑްވައިސް ކުރަމުން އެހެން އެކަން ނުކުރަން، އަދި ފިއުޗަރ ގައި އަޅުގަނޑުމެން އެޑްވައިސް ކޮށްފައި އެހެން އެކަން ކުރާ ނަމަ، ފިޔަވަޅު އެޅުމުގެ ފުރުސަތު އެބައޮތް. އެހެން ނަމަވެސް މިވަގުތު އަޅުގަނޑުމެން މިދަނީ އެޑްވައިސް ކުރަމުން

ޠާރިގު އިބްރާހިމް

ތާރިގު ވިދާޅުވީ، ގާ ހުދުވުމަކީ ގުދުރަތީ ގޮތުން ހިނގާ ކަމަކަށް ވުމުން ސަރުކާރުން އެކަމަށް ބާރު ނުފޯރުވޭނެ ކަމަށެވެ. އަދި މަޝްރޫއުތައް މަޑު ޖައްސާލީ ގާ ހުދުވުމުގެ މައްސަލަ އިތުރަށް ބޮޑު ވިޔަ ނުދިނުމަށް ކަމަށާ، ނަމަވެސް މިހާރު ގާ ހުދުވުމުގެ މަރުހަލާ ނިމުމާއި ގާތަށް އަންނަ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
އިންފަންޓީނޯގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށް ފީފާއިން ބުނެފި
"ފީފާގެ ރައީސަކީ އެ އިދާރާގެ މެންބަރު ގައުމުތަކުގެ މެދުގައި ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިފައިވާ ބޭފުޅެއް. އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެ މެންޑޭޓުގެ ދަށުން" ފީފާގެ ބަޔާނުގައިވެއެވެ
09 Aug 2026
ނޫރު ބިލްޑިންގެ ތަފްސީލީ އަންނަ މަހުގައި ނިމޭނެ
މި ބިލްޑިންގަކީ ގުރްއާނަށް ހާއްސަ ވަގްފެއް ގޮތުގައި 15 ބުރިއަށް މާލެގައި ބިނާކުރެވޭ ބިލްޑިންގެކެވެ. މިތާނގެ 3 ފްލޯ ހާއްސަ ކުރެވިފައި ހުންނާނީ އިސްލާމީ މިނިސްޓްރީގެ އިދާރާއަށެވެ.
09 Aug 2026
ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ "ވިޔަނަ ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފި
ކޭމްޕްގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ދީނީ ޢިލްމީވޯކްޝޮޕާއި، ދީނީ ދަރުސްތައް، ތަރުބަވީ ސެޝަންތައް، ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ސްޓަޑީ ކޭމްޕް ތަކާއި ސްކިލް ޑިވެލޮމްޕެންޓް ޕްރޮގްރާމްތައް، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެޝަންތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން ކުޅިވަރު ޙަރަކާތްތައް ހިމެނެއެވެ
09 Aug 2026
ބޭނުންވަނީ މުޒާހަރާ މާލެތެރޭގައި ރައްޔިތުންނަށް އަޑު އިވޭގޮތަށް ކުރިއަށްްގެންދަން: އެމްޑީޕީ
މުޒާހަރާ ކުރިއަށްގެންދަން މަޖީދީމަގު ނޫން އެހެންމަގެއް ހިޔާރުކުރެވެން ނެތްކަމަށް އެޕާޓީން ވަނީ ބުނެފައެވެ
09 Aug 2026
ހަމަސްނުވާ ތުއްތު ކުދިން ކަރުހިއްކުން ފިލުވުމަށް ފެން ނުދީ: އެޗްޕީއޭ
އެޗްޕީއޭއިން ބުނީ މައިމީހާގެ ގާތުން ދޭ ކިރުގެ 88 އިންސައްތައަކީ ފެންކަމުގައިވާތީ، ދަރިފުޅުގެ ކަރުހިއްކުން ފިލުވުމަށް ގާތުންދޭ ކިރު ފުދޭނޭކަމަށް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ
ހާރިޖިއްޔާގެ އޮފީހުން ބުނީ، މީހުން ހޯދުމުގެ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ
09 Aug 2026
އެފްޑީސީގެ އަމާން ޓަވަރުތައް ކައިރިން 670 ޓަނުގެ ކުނި ނަގައިފި
ކުނިތައް ނެގުމުގެ މަސައްކަތް އަދި ނުނިމޭކަން ފާހަގަކުރައްވަމުން މަލްޝާ ވިދާޅުވީ މިއަދުވެސް ކުނިތައް ނެގުމުގެ މަސައްކަތް ކުރިއަށްދާނޭކަމަށެވެ
09 Aug 2026
އެމެރިކާގެ ކުރީގެ ރައީސް ބައިޑެން ކެންސަރު ބަލީގެ ތަހައްމަލުކުރަން އުނދަގޫ ވޭނެއްގައި
ހަންޓާ ބައިޑެން ބުނީ "ކެންސަރު ވަނީ ފެތުރި ކަށިތަކުގެ ތެރެއަށާއި އެއަށް ވުރެ ދުރަށް ފެތުރިފައި ކަމަށެވެ.