ރައީސް މުއިއްޒު އާއި ސަލްމާން ރަސްގެފާނު
ހަބަރު
24 May 2024 | 16:55
ރަސްގެފާނު ސަލްމާންގެ ސިއްހީ ހާލަތާއި ގުޅިގެން ރައީސް މުޢިއްޒު ކަންބޮޑުވުންފާޅުކުރައްވައިފި

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ސިއްހީ ހާލަތު ދަށްވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުންފާޅުކުރައްވައިފިއެވެ. 

ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މާތް ވެގެންވާ ދެ ހަރަމްގެ ޚާދިމް، ސަލްމާން ރަސްގެފާނުގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި، އެމަނިކުފާނާއި ދިވެހިންވެސް އެދެނީ ރަސްގެފާނަށް އަވަސް ޝިފާއެއް ދެއްވުން ކަން ފާހަގަކުރައްވައި ރައީސް މުޢިއްޒު ވަނީ ސަލްމާން ރަސްގެފާނު ފުރިހަމަ ސިއްހަތެއް ދެއްވާތޯ ދުޢާދަންނަވާފައެވެ.

88 އަހަރުފުޅުގެ ރަސްގެފާނު ސަލްމާން ގެންދަވަނީ ފުއްޕާމޭ ދުޅަވުމުގެ ސަބަބުން ފަރުވާ ހޯއްދަވަމުންނެވެ.

އެގޮތުން މި ހަފްތާގެ އާދިއްތަ ދުވަހު އެސްޕީއޭ އިން ރިޕޯޓް ކުރި ގޮތުގައި ރަސްގެފާނު ސަލްމާން ވަނީ ހުން އައިސް ހުޅުތަކުގައި ރިއްސާތީ އެމަނިކުފާނުގެ މެޑިކަލް ޓީމުގެ އެދުމުގެ މަތިން ޓެސްޓްތަކެއް ހަދާފައެވެ.

އަދި އޭގެފަހުން އެނޫހުން ރިޕޯޓް ކުރި ގޮތުގައި ރަސްގެފާނު ސަލްމާން ދަނީ އެމަނިކުފާނުގެ ފުއްޕާމޭ ދުޅަވުމާއި ގުޅިގެން އެންޓިބަޔޮޓިކްސް ހިމެނޭ ތެރަޕީ ޕްރޮގްރާމެއް ނަންގަވަމުންނެވެ.

މިކަމާއި ގުޅިގެން ގިނަ ގައުމުތަކުގެ ވެރިން ދަނީ ރަސްގެފާނަށް ހިތްވަރުގެ މެސެޖުތައް ފޮނުއްވަމުންނެވެ.

ކޮމެންޓް
އަހުމަދު ނަޝާތު
ނުޖެހޭ ކަންބޮޑު ވާކައް އުފާ ކުރޭ
25 May 2024
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް