މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް: ފޮޓޯ/ ވޮއިސް
ހަބަރު
26 May 2024 | 14:10
މަސްވެރިކަން ކުރާ ދޯނިތަކާއި މަސް ބަންދުކުރާ ކާރުހާނާތަކުގެ ޚަރަދުގެ %35 އިއާދަކުރުވަނިވި ހަކަތައަށް ބަދަލުކުރަނީ

ދިވެހިރާއްޖޭގައި މަސްވެރިކަން ކުރާ އުޅަނދު ތަކާއި، ދިވެހިރާއްޖޭގައި މަސް ޕްރޮސެސްކުރާ ކާރުޚާނާ ތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށް މަސް ދޯނިތަކާއި ކާރުޚާނާތަކުގެ ޚަރަދުގެ %35 އިއާކުރުވަނިވި ހަކަތައަށް ބަދަލުކުރުމަށް ނިންމައިފިއެވެ. 

މަސްވެރިކަމާއި ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ، ދިވެހި މަސްވެރިން ވާދަކުރަންޖެހިފައިވަނީ، ވަރަށް ޚަރަދު ކުޑަކޮށް ފައިދާ ބޮޑުކޮށް މަސްވެރިކަން ކުރަމުން އަންނަ ގައުމުތަކަކާ ކަމަށެވެ. އެގޮތުން އެ ގައުމު ތަކުން ދާ ޖަހައިގެން ނުވަތަ ލޭނު އަޅައިގެން މަސްވެރިކަން ކުރަމުންދާއިރު މަސް ބާނަން ކުރަންޖެހޭ ޚަރަދު ކުަޑަކަމަށް ވަޒީރު ވިދާޅުވިއެވެ. 

އެހެން ނަމަވެސް، ދިވެހިރާއްޖެ އަކީ ދެމެހެއްޓެނިވި މަސްވެރިކަންކުރާ ގައުމަކަށް ވުމާއިއެކު، މަސްވެރިން މަސް ބާނަން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންކަމުން، މަސްވެރިކަމުގެ މާކެޓް ތަކުގައި ބޭރުގެ ގައުމުތަކާއި ވާދަކުރާއިރު ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. 

ކަންމިހެން ހުރުމުން, ދެމެހެއްޓެނިވި މަސްވެރިކަން ކުރުމުގައި ޚަރަދުކުޑަ ގޮތްތަކެއް ރާއްޖެއިން ހޯދަންޖެހޭ ކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

އެގޮތުން އަޅުގަނޑުމެންގެ އަމާޒެއް އެއީ، ދިވެހިރާއްޖޭގައި މަސްވެރިކަން ކުރާ އުޅަނދު ތަކާއި، ދިވެހިރާއްޖޭގައި މަސް ޕްރޮސެސްކުރާ ކާރުޚާނާ ތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރެވޭނެ ގޮތަކަށް އަޅުގަނޑުމެންގެ މުޅި ސިޔާސަތު ބަދަލުކުރުން. އެގޮތުން އަޅުގަނޑުމެންގެ މިހާރުގެ އަމާޒަކީ ރާއްޖޭގައި މަސްވެރިކަންކުރާ އުޅަދުފަހަރާ، އަދި މަސް ޕްރޮސެސްކުރާ ކާރުޚާނާ ތަކުގެ، މިހާރު މި ހިނގާ ޚަރަދު ތަކުގެ 35 އިންސައްތަ އިއާދަކުރުވަނިވި ހަކަތައަށް ބަދަލުކުރުން. 

އަހުމަދު ޝިޔާމް

ޝިޔާމް ވިދާޅުވީ، މަސްދޯނިތަކާއި ފެކްޓްރީ ތަކާއި މަސްދޯނިތަކުގެ ޚަރަދު އިއާދަކުރުވަނިވި ހަކަތައަށް ބަދަލުކުރުމަކީ އިންވެސްޓްމަންޓް ބޭނުންވާނެ ކަމެއް ކަމަށެވެ. އަދި އެއިން ބައެއް ވޯލްޑް ބޭންކުގެ ޕްރޮޖެކްޓްގެ ތެރެއިން ލިބިގެންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.