މިނާގެ ފޭލިގެތައް
ހަބަރު
27 May 2024 | 07:18
ހައްޖާޖީން މިނާގައި ތިބޭއިރު މިފަހަރު ދޭނީ ދިވެހި ރަހަތައް ހިމެނޭ ކެއުން

ދިވެހި ހައްޖާޖީން މިނާގައި ތިބޭއިރު ދޭ ކެއުމުގައި ދިވެހި ރަހަތައް ހިމެނުމަށް ޙައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.

ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޙައްޖުގެ އަޅުކަމުގައި އުޅޭއިރު މިނާ ޓެންޓްގައި ހޭދަކުރާ ދުވަސްތަކަކީ ދިވެހި ޙާޖީން ކެއުމުގައި ބޮޑު ތަކުލީފުތަކެއް އުފުލަމުންދާ ދުވަސްތަކެއް ކަމަށެވެ.

އެކަމަށް ޙައްލެއް ހޯދައި ދިނުމުގެ ގޮތުން  މިނާގައި ތިބޭއިރު ދޭ ކެއުމުގައި ދިވެހި ރަހަތައް ހިމެނުމަށް ޙައްޖު ކޯޕަރޭޝަނުން ނިންމައިފިން. އުންމީދަކީ މީގެ ސަބަބުން ކުރިން ދިވެހިން އުފުލަމުންއައި ތަކްލީފަށް ލުޔެއް ލިބިގެން ދިއުން.

މުހައްމަދު ޝަކީލް 

މިނާ ފޭލިގޭގައި ކެއުން ފޯރުކޮށްދެނީ ޙައްޖުގެ މުތައްވިފް ކަމުން އެބޭފުޅުން ފޯރުކޮށްދޭ ކެއުމަކީ ދިވެހިންނާ އެންމެ ގުޅޭގޮތަށް ފޯރުކޮށްދެވޭ ކެއުމެއް ނޫނެވެ. އޭގެ ސަބަބުން ހައްޖާޖީންނަށް ބޮޑެތި ތަކުލީފް ތަކަކާއި ކުރިމަތިލާން ޖެހެއެވެ. 

މި އަހަރުގެ ޙައްޖުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން 1000 ބޭފުޅުން ޙައްޖަށް ގެންދާ ގޮތަށް ހަމަޖެހިފައުވާއިރު ކޯޓާ އިތުރުވާނެ ކަމަށް ބަލައި އެކަމަށްވެސް ހައްޖު ކޯޕަރޭޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.  

މީގެ އިތުރުން، ޙައްޖުވެރިންގެ އެންމެހާ އިންތިޡާމްތައް ހަމަޖެއްސުމަށްޓަކައި ޙައްޖު އެހީތެރިންގެ އެޑްވާންސް ޓީމްވެސް މިހާރު ތިބީ މައްކާގައެވެ. އެ ޓީމުން ދަނީ މައްކާ ހޮޓަލާއި މިނާ ފޭލިގެތައް ތައްޔާރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ކޮމެންޓް
ކައްދަ
ޕްލީޒް ޕްލީޒް ސަރ. ކިއުގަތިބިމީހުން ގެތެރެއިން فرض ހައްޖުނުވެތިބި އުމުން 65 ގެ މަތީ މީހުން އިސްކަން ދެއްވަންވީ ނޫންތޯއެވެ
27 May 2024
ގުޅޭ ލިޔުންތައް
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.