ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ކޯޗެއަރގެ ހައިސިއްޔަތުން ސިޑްސް4ގެ އިންޓެރެކްޓިވް ޑައިލޮގްގެ ރިޔާސަތު ބަލަހައްޓަވަނީ: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
29 May 2024 | 09:13
ރައީސުލްޖުމްހޫރިއްޔާ ކޯޗެއަރގެ ހައިސިއްޔަތުން ސިޑްސް4ގެ އިންޓެރެކްޓިވް ޑައިލޮގްގެ ރިޔާސަތު ބަލަހައްޓަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ އިންޓެރެކްޓިވް ޑައިލޮގް: 'ރިވިޓަލައިޒިން ސިޑްސް އިކޮނޮމީއީސް ފޯރ އެކްސިލެރޭޓެޑް އެންޑް ސަސްޓެއިނަބަލް ގުރޯތު' ގެ ކޯޗެއަރގެ ހައިސިއްޔަތުން، މި ޑައިލޮގްގެ ރިޔާސަތު ބެލެހެއްޓުމުގައި ބައިވެރިވެވަޑައިގެންފިއެވެ.

ކޯޗެއަރގެ ހައިސިއްޔަތުން އިންޓެރެކްޓިވް ޑައިލޮގް ހުޅުވުމުގެ ރަސްމިއްޔާތު އަދި ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރެއްވިއެވެ. ރިޔާސަތު ބެލެހެއްޓެވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެން ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ޔޫރަޕިއަން އެފެއަރސް އެންޑް އޯނަރޝިޕް ޝެއަރރިންގ އޮފް ދަ ރިޕަބްލިކް އޮފް ފިންލޭންޑް، އެންޑަރސް އެޑްލަކްރޮއިޓްޒް އެވެ.

މި ޑައިލޮގްގައި އެންޓީގާ އެންޑް ބާބިޔުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުންއާ، އެމެރިކާގެ ޑިޕާޓްމަންޓް އޮފް އިންޓީރިއާގެ ސެކްރެޓަރީ އޮފް ދަ އިންޓީރިއާ ބައިވެރިވެވަޑައިގެންނެވިބައި މޮޑަރޭޓް ކުރެއްވީ ޔޫ.އެން.ޑީ.ޕީގެ އިސް އޮފިޝަލެކެވެ.

މި ހަރަކާތުގައި ޔުނައިޓެޑް ނޭޝަންސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް އޮގަނައިޒޭޝަން (ޔޫ.އެން.ސީ.އޭ.ޓީ.އޭ.ޑީ)ގެ ސެކްރެޓަރީ ޖެނެރަލްއާ، ޔުނައިޓެޑް ނޭޝަންސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް އޮގަނައިޒޭޝަން (ޔޫ.އެން.އައި.ޑީ.އޯ)ގެ ޑިރެކްޓަރ ޖެނެރަލް ޕްރެޒެންޓޭޝަނެއް ހުށަހެޅުއްވިއެވެ. އަދި މީގެ އިތުރުން ސިޑްސް4ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޤައުމުތަކުގެ އިސްވެރިންނާއި ވަފުދުތަކުގެ މަންދޫބުން މި އިންޓަރެކްޓިވް ޑައިލޮގްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.

މިއީ 27 އިން 30 މެއި 2024 އަށް އެންޓީގާ އެންޑް ބާބިޔުޑާގައި ކުރިއަށްދާ ސިޑްސް4 ކޮންފަރެންސްގައި ހިމެނޭ ފަސް އިންޓަރެކްޓިވް ޑައިލޮގްގެ ތެރެއިން ފުރަތަމަ ޑައިލޮގެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.