ހައްޖުވެރިންތަކެއް-- ފޮޓޯ: ގަލްފް ޓުޑޭ
ދުނިޔެ
29 May 2024 | 15:03
12 އަހަރަށްފަހު ހައްޖުވެރިން ސީދާ ސީރިއާއިން ސައުދީއަށް ފުރައިފި

12 އަހަރުގެ މެދުކެނޑުމަކަށް ފަހު، ސީދާ ސީރިއާއިން ސައުދީ އަރަބިއާއަށް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެގައުމުގެ މީހުން ދިޔުމަށްޓަކައި ދަތުރުތައް ފަށައިފިއެވެ.

މި ހަފްތާގެ އަންގާރަ ދުވަހު ފުރަތަމަ ފްލައިޓް ހައްޖުވެރިންނާއި އެކު ސީރިއާއިން ފުރާފައިވާއިރު، ސީރިއާގެ ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލް ސުލައިމާން ޚަލީލް ވިދާޅުވީ، މި ދަތުރުތައް މިފަދައިން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ހަމައެކަނި ހައްޖު މޫސުމުގައި ކަމަށާއި، ސައުދީ އާއި ސީރިއާ އާއި ދެމެދު ދާއިމީ ކޮށް ސީދާ ފްލައިޓްތައް ދަތުރުކުރުމާއި ގުޅޭގޮތުން އިތުރަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ސައުދީ އާއި ސީރިއާއާއި ދެމެދު މީގެ 12 އަހަރު ކުރިން، 2012 ވަނަ އަހަރު، ހައްޖުވެރިންގެ ދަތުރުތައް ހުއްޓާލީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ކެނޑުމާއި ގުޅިގެންނެވެ. ނަމަވެސް ދާދި ފަހުން ދެގައުމުގެ ދެމެދުގައި އަލުން ގުޅުން ގާއިމުކޮށްފައިވާއިރު، ސައުދީ އިން ވަނީ ސީރިއާ އަށް ސަފީރަކުވެސް ކަނޑައަޅާފައެވެ.

ހަމައެއާއިއެކު، ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ވަނީ ސައުދީ އަރަބިއްޔާގައި ބޭއްވި އަރަބި ސަމިޓުގައި 13 އަހަރު ފަހުން  ބައިވެރިވެވަޑައިގެން، ސައުދީ އާއި އެކު އޮތް ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ