ރައީސް މުޢިއްޒު ސިޑްސް ކޮންފަރެންސްގައި
ހަބަރު
29 May 2024 | 15:39
މަޝްރޫއުތަކަށް ތިމާވެއްޓާ ގުޅޭ މާލީ ފަހިކަން ހޯދުމަށް ރައީސް ކުރައްވާ މަސައްކަތް ބޭރު ދުނިޔޭގެ ސަމާލުކަމަށް

ރާއްޖޭގެ މަޝްރޫއުތަކަށް ތިމާވެއްޓާ ގުޅޭ މާލީ ފަހިކަން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ކުރައްވާ މަސައްކަތް ބޭރު ދުނިޔޭގެ ސަމާލުކަމަށް އަތުވެއްޖެއެވެ. 

ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިވަގުތު ހުންނެވީ އެންޓިގާގައެވެ.

އަދި މިކޮންފަރެންސްގެ އެއް ނައިބު ރައީސްގެ ހައިސިއްޔަތުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ހޯމަ ދުވަހު މެންދުރު ކުރިއަށްދިޔަ ޕްލެނަރީ ސެޝަންގެ ރިޔާސަތު ބަލަހައްޓަވާފައެވެ. 

ސިޑްސް ކޮންފަރެންސްގެ ތެރެއިން

"ޗާރޓިންގ ދި ކޯސް ޓުވަރޑްސް ރެޒިލިއެންޓް ޕްރޮސްޕެރިޓީ" ގެ ތީމްގެ ދަށުން ކުރިއަށްދާ މި ކޮންފަރެންސްގައި މަޢުލޫމާތު މުއްސަނދި ބަހުސްތަކާއިއެކު، ސިޑްސްއާ ގުޅޭ ބިނާކުރަނިވި ހައްލުތައް ކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

އެފަހުން އެ ކޮންފަރެންސްގެ އިންޓެރެކްޓިވް ޑައިލޮގް: 'ރިވިޓަލައިޒިން ސިޑްސް އިކޮނޮމީއީސް ފޯރ އެކްސިލެރޭޓެޑް އެންޑް ސަސްޓެއިނަބަލް ގުރޯތު' ގެ ކޯޗެއަރގެ ހައިސިއްޔަތުން، މި ޑައިލޮގްގެ ރިޔާސަތު ބެލެހެއްޓުމުގައި ވެސް އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޯޗެއަރގެ ހައިސިއްޔަތުން އިންޓެރެކްޓިވް ޑައިލޮގް ހުޅުވުމުގެ ރަސްމިއްޔާތު އަދި ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރެއްވިއެވެ.

ސިޑްސް ކޮންފަރެންސްގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ، ސިޑްސް ކޮންފަރެންސްގައި ކުރައްވަމުންދާ އެ މަސައްކަތަށް ބޭރު ދުނިޔޭގެ ސަމާލުކަން ވަނީ ލިބިފައެވެ. އެގޮތުން، ބީބީސީން ވަނީ ދިވެހި ރާއްޖޭގެ ތިމާވެށީގެ ނާޒުކު ކަމާއި އެކަމުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް އަލިއަޅުވާލައި ރިޕޯޓެއް ގެނެސްފައެވެ. 

އެ ރިޕޯޓްގައި ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން އަންނަ ގޮންޖެހުންތަކަށް މާލީ އެހީތެރިކަން ހޯދުމަކީ ދަތި ކަމެއް ނަމަވެސް، ދިވެހިރާއްޖެ މިހާރު އަންނަނީ އެމަސައްކަތުގައި ކުރިއެރުން ހޯދަމުން ކަން ފާހަގަކޮށްފައެވެ. އެގޮތުން،  އެ ރިޕޯޓްގައި ވަނީ ރައީސް މުޢިއްޒު ސިޑްސް ކޮންފަރެންސްގެ ތެރެއިން ކުރައްވަމުންދާ މަސައްކަތާއި، އެ ކޮންފަރެންސްގައި ކޯޗެއަރ ކުރައްވަމުންދާ ކަން ފާހަގަކޮށްފައެވެ. 

އަދި މީގެ އިތުރުން، އެ ރިޕޯޓްގައި ރާއްޖޭގެ ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް އަލީ ޝަރީފްގެ ބަސްދީގަތުމެއްވެސް ހިމަނާފައިވާއިރު، އެ ބަސްދީގަތުމުގައި ޝަރީފްވެސް ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް އަރައިގަތުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއު ތަކާއި، ސަރުކާރުގެ ސިޔާސަތާއި، އެ ކަންކަމަށް ފައިސާ ހޯދުމަށް ހުރި ދަތިތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

ސިޑްސް ކޮންފަރެންސްގެ ތެރެއިން

ރައީސް މުޢިއްޒު ސިޑްސްގައި ކޯ ޗެއަރ ކުރައްވައި ދެއްވި ތަގުރީރުގައި ވަނީ ދެމެހެއްޓިނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ކުދިޖަޒީރާ ޤައުމުތަކަށް އަތްފޯރާފަށުގައި މާލީއެހީތެރިކަން ލިބުމަކީ ނުވަތަ ނުލިބުމަކީ އިންސާފާ ގުޅިފައިވާ ސުވާލެއްކަމުގައި ވިދާޅުވެފައެވެ.

ެއެމަނިކުފާނުގެ ވާހަކަފުޅުގައި، ބޭރުން އަންނަ ޝޮކްތަކާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކާއި އެކަށީގެންވާ މިންވަރަށް ފައިނޭންސް ނުލިބުމާއި ދެމެހެއްޓެނިވި ނޫން ދަރަނި ފަދަ ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި މި ގޮންޖެހުންތަކާ އުނދަގޫ ތަކުގެ ތެރޭގައި ވެސް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން ވިލުންތެރިކަމާއެކު ކުރިޔަށްދާތީ އެމަނިކުފާނު އެކަމަށް ތައުރީފުކުރެއްވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މާލީ އެހީއަކީ ސިޑްސްއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަން ފާހަގަކުރައްވައި، ތަރައްޤީއަށް ޓަކައި ފަސޭހައިން މާލީއެހީތައް ލިބޭނެގޮތް ފަހިވާންޖެހޭކަމަށާއި އަދި އެގޮތަށް ކުދިޖަޒީރާ ޤައުމުތަކަށް އަތްފޯރާފަށުގައި މާލީއެހީތެރިކަން ލިބުމަކީ ނުވަތަ ނުލިބުމަކީ އިންސާފާ ގުޅިފައިވާ ކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.