މަރްހޫމް އަޙްމަދު ޙާފިޒް
ހަބަރު
29 May 2024 | 16:09
ހާފިޒް އަވަހާރަވުމާއި ގުޅިގެން، އެ އާއިލާއަށް ރައީސް މުޢިއްޒު ތައުޒިޔާ ފޮނުއްވައިފި

ދިވެހި ދައުލަތަށް އަދި ޕީޕީއެމް ޕީއެންސީ އަށްގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި، އަލްފާޟިލް އަޙްމަދު ޙާފިޒް އަވަހާރަވުމާ ގުޅިގެން އެ މަރްހޫމްގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ތަޢުޒިޔާ ދަންނަވައިފިއެވެ. 

ކެންސަރުބަލީގައި ގިނަ ދުވަސްތަކެއް ހޭދަ ކުރެއްވުމަށްފަހު ހާފިޒް އަވަހާރަވެފައިވަނީ އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

މަރުހޫމް ހާފިޒް އަވަހާރަ ވުމާއި ގުޅިގެން ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓެއްގައި ވަނީ ހާފިޒަކީ ޚާއްސަ ގޮތެއްގައި ރާއްޖޭގެ ކުޅިވަރަށް އަގުނުކުރެވޭފަދަ މުޙިންމު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވާފައެވެ.

އަދި އެ މަރްހޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުން އެދި ރައީސް މުޢިއްޒު ވަނީ ދުޢާ ކުރައްވާފައެވެ.

ހާފިޒަކީ ރާއްޖޭގައި މަސްވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް ވަރަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން މަސްވެރިކަމާ ބެހޭ ވުޒާރާގެ ވަރަށް ގިނަ މަގާމުތައް ފުރުއްވާފައިވެއެވެ.

މީގެ އިތުރުން، ކުޅިވަރުގެ މައިދާނުގައުވެސް ހާފިޒްގެ ޚިދުމަތްތައް ގިނަގުނައެވެ. އެގޮތުން، ބާސްކެޓަށާއި، ދިވެހި ފުޓްބޯޅަ އަށް ވެސް އޭނާ ވަނީ ގިނަ ހިދުމަތް ތަކެއް ކުރައްވާފައިވާއިރު ކުލަބް ވެލެންސިއާއަށް ކުރެއްވި ހިދުމަތް ފާހަގަކޮށްލެވެއެވެ. 

ހަމަ އެހެންމެ ހާފިޒްވަނީ، އަހްމަދިއްޔާގެ އެސިސްޓެންޓް ޕްރިންސިޕަލްގެ މަގާމު ވަރަށް ދިގު މުއްދަތަކަށް ފުރުއްވައި އެ ސުކޫލަށް ވަރަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.