ޝެއިޚް އަހުމަދު ސަމީރު: ފޮޓޯ/ ދާރިސް ޓީވީ
ހަބަރު
31 May 2024 | 12:25
އަނިޔާވެރިކަން ނިމުމަކަށް ގެންނަން ކުރެވެން ހުރި އެއްވެސް ކަމެއް، ނުކުރާ ކޮންމެ މީހަކު ފާފަވެރިވާނެ: ޝެއިޚް ސަމީރު

ފަލަސްޠީނުގެ ބިމަށް ގަދަކަމުން ވެރިވެގެންފައިވާ ޒަޔަނިސްޓް ޔަހޫދީން، ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ޤަތުލު ޢާއްމާއި އެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ކުރެވެން ހުރި އެއްވެސް ކަމެއް، ނުކޮށް ހުންނަ ކޮންމެ މީހަކު ފާފަވެރި ވާނެ ކަމަށް ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ އައްޝެއިޚް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޝެއިޚް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަލަސްޠީނުގައި ހިނގާ ހަނގުރާމައަކީ ދެ ޤައުމެއްގެ އިމުގެ ހަނގުރާމައެއް ނޫން ކަމަށެވެ. އެހެނެއްކަމަކު އެއީ މުޅި އިސްލާމީ އުންމަތުގެ ޢަޤީދާއާއި، މުޤައްދަސާތުތަކާއި ތާރީޚާ ގުޅުންހުރި ، މުޅި އުންމަތާ ދެކޮޅަށް އުންމަތުގެ އެންމެ ބޮޑު ދުޝްމަނުން ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައެއް ކަމަށެވެ. 

އަދި އެއީ ހަމައެކަނި ދެ ޤައުމެއްގެ މައްސަލައަކަށް ފަލަަސްޠީނުގެ މައްސަލަ ހަނިކުރުމީ ޒަޔަނިސްޓުން މުސްލިމުންނަށް ލައިދެމުން ދާ ރިވާޔަތެއް ކަމަށްވެސް ޝެއިޚް ވަނީ ވުދާޅުވެފައެވެ. 

މި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ކުރެވެން ހުރި އެއްވެސް ކަމެއް، ނުކޮށް ހުންނަ ކޮންމެ މީހަކު ފާފަވެރި ވާނެއެވެ. حسبنا الله ونعم الوكيل

އައްޝެއިޚް އަހުމަދު ސަމީރު

ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުން އިޒްރޭލަށް މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހު ދިން ކުއްލި ހަމަލާތަކަށްފަހު އިޒްރޭލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފަ އެވެ.

އެއާއެކު އިސްރާއީލުން އަންނަނީ ކެނޑިނޭޅި ފަލަސްތީނަށް ބޮން އަޅައި ގަތުލު ޢާއްމު ހިންގަމުންނެވެ. އެގޮތުން ދާދިފަހުން ވަނީ ޣައްޒާގެ ދެކުނުން އޮންނަ ރަފާހުގެ ހުޅަނގުގައި ގެދޮރުގެއްލިފައިވާ މީހުން ބޯހިޔާވަހިކަން ހޯދަމުން ދިޔަ ޓަލް އައްސުލްތާނުގައި ހުންނަ ބްރިކްސް ކޭމްޕަށް ހަމަލާދީފައެވެ. އެގޮތުން ހަމަލާ ދީފައިވަނީ 8 ނުވަތަ 10 ވަރަކަށް ގޮވާ ޒާތުގެ ތަކެތި ބޭނުން ކޮށްގެންނެވެ. 

މި ހަމަލާ ދިނުމާއެކު އެތަނުގައި އަލިފާން ރޯވެ، އަލިފާންގަނޑު ފެތުރުނެވެ. އަދި އެތަނުގައި ނިދާފައި ތިބި އެތައް ބައެއްގެ ގައިގައި ރޯވިއިރު، ދިރިތިއްބާ ވަނީ ދުނިޔެ ދޫކޮށްފައެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ރަފަހުގައި ގެދޮރު ގެއްލިފައިވާ މީހުންނަށް އިސްރާއީލުން ދިން ހަމަލާގައި މިހާތަނަށް 45 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަަމަށެވެ.

މީގެ އިތުރުން ޔަހޫދީން ފަށާފައިވާ ގަތުލު އާއްމުގައި މިހާތަނަށް 40،000 އަށްވުރެ ގިނަ މުސްލިމުން ޝަހީދުވެފައިވާއިރު އޭގެ ތެރެއިން ބޮޑު އިންސައްތަ އަކީ ކުޑަ ކުދިންނާއި އަންހެނުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.