އއ.ތޮއްޑޫ-- ފޮޓޯ: މޯލްޑިވްސް އޮންލައިން ޑައިރެކްޓަރީ
ހަބަރު
05 Jun 2024 | 16:06
ފާސްނުކުރާ ލޭންޑް ޔޫސް ޕްލޭނަކަށް އަމަލުކުރަން މަސައްކަތްކުރާތީ ތޮއްޑޫ ދަނޑުވެރިން މުޒާހަރާ ކުރަނީ

އއ. ތޮއްޑޫ ކައުސިލުން، ފާސްނުކުރާ ލޭންޑް ޔޫސް ޕްލޭނަކަށް އަމަލުކުރަން މަސައްކަތްކުރާތީ ތޮއްޑޫ ދަނޑުވެރިން ކައުންސިލް އިދާރާ ކައިރި މުޒާހަރާ ކުރަން ފަށައިފިއެވެ.

ތޮއްޑޫއިން "ވޮއިސް" އަށް މައުލޫމާތު ދިން މީހަކު ބުނީ ރައްޔިތުން ފާސްނުކުރާ ލޭންޑް ޔޫސް ޕްލޭނަކަށް އަމަލުކުރުމަށް ރަށުގެ ކައުންސިލުން މަސައްކަތްކުރަނީ ރައްޔިތުންގެ ބައްދަލުވުމެއްވެސް ނުބާއްވާ ކަމަށެވެ. އެކަމާއި ގުޅިގެން، ކައުންސިލްގެ ރަސްމީ ގަޑީގައި، މެންދުރު 1 ޖަހާ އެހާކަންހާއިރު ކައުންސިލުންނާއި ބައްދަލުކުރަން ދިޔުމުން، އެ އިދާރާގެ ދޮރު ބަންދުކޮށް ފުލުހުން ގެނެސްފައިވާ ކަމަށާއި، އެތެރޭގައި ކައުންސިލުން ތިބީ ދޮރުވެސް ތަޅުލައިގެން ކަމަށް އޭނާ ބުންޏެވެ.

މި ލޭންޑް ޔޫސް ޕްލޭނަކީ ތޮއްޑޫ ބެހިފައިވާ ދެ ބިން ކަމަށްވާ މައި ރަށު ބިމާއި ގޮއި ބިމުގެ ތެރެއިން، ވަރުވާއަށް ދޫކޮށްފައި އޮންނަ ގޮއި ބިމާއި ބެހޭ ލޭންޑް ޔޫސް ޕްލޭނެކެވެ. މި ނޫހަށް މައުލޫމާތު ދިން ފަރާތުން ބުނީ، ވަރުވާ އަށް އެ ބިން ދޫކުރަނީ ފަސް އަހަރަށް ކަމަށާއި، އެ މުއްދަތު މިހާރު ހަމަވެފައިވާ ކަމަށެވެ.

ކައުންސިލުން ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ބިން ދޫކުރާނެ ކަމަށް ބުނި ނަމަވެސް މުއްދަތު ހަމަވިތާ ގާތްގަނޑަކަށް ތިން މަސްވެގެން ދިޔައިރުވެސް ބިން ދޫކޮށްފައިނުވާކަމަށާއި މިއީ ރައްޔިތުންނަށް، ޚާއްސަކޮށް ދަނޑުވެރިންނަށް ލިބޭ ބޮޑު ގެއްލުމެއްކަން އޭނާ ފާހަގަކުރިއެވެ.

"އަޅުގަނޑުމެން ކުރީ ދުވަހެއްގައި ބައްދަލުކުރީމައި ރައީސް ވަނީ ލިޔުމެއް ދީފައި ރޭގައި ރައްޔިތުންގެ ބައްދަލުވުމެއް ހަދާނަމޭ. ރައްޔިތުންގެ ބައްދަލުވުމަށް ކިޔާނަމޭ ކިޔާފަ އަޅުގަނޑުމެންނަށް ލިޔުމެއް ރައީސް ސޮއިކޮށްފަ ދީފަ ދެން ފަހުން އަނެއްކާ މި ބުނަނީ އެއީ ތިމަންނަ މަޖަލަކަށް ކުރި ކަމެކޭ. ތިމަންނަ މި ފޮނުވާލަނީ ދެން ލިޔުމެކޭ. ދެން ކައުންސިލްގެ ލެޓަރ ހެޑުގައި ކައުންސިލްގެ ސްޓޭމްޕް ޖަހާފައި ސޮއިކޮށްފައި ލިޔުން ރައްޔިތުންނަށް މި ދެނީ ކުޅޭ ކުޅޭ އެއްޗަކަށް ހަދާފައި. ދެން އެހެންވީމާ ދަނޑުވެރިންވެސް މި ރުޅިގަދަވެގެން ނުކުތީ. އިއްޔެއަކު ރެޔަކު ރައްޔިތުންގެ ބައްދަލުވުމެއް ނުހަދާ." 

ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ދަނޑުވެރިންގެ ބޮޑުބަޔެއް މި މުޒާހަރާ އަށް ނުކުމެފައިވާއިރު، ކައުންސިލް ދޮރު ލައްޕާފައި ހުރުމުން މީހުން ފަހަތުން ވިއްދުމާއި ގުޅިގެން އެ އިދާރާގެ ދޮރު ވަނީ ފަޅައިގެން ގޮސްފައެވެ. ދޮރުގެ ބިއްލޫރި ގަނޑު ފަޅައިގެން ދިޔަ ވަގުތު އެތަނުގައި ހުރި ފުލުހަކަށް ވަނީ އަނިޔާވެފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ، މިއަދު މެންދުރު 13:00 އެހާކަންހާއިރު އއ. ތޮއްޑޫ ކައުންސިލް އިދާރާ ކުރިމަތީގައި މުޒާހަރާކޮށް އާންމު މަސްލަހަތު ނަގާލުމަށް މަސައްކަތްކުރަމުން ދިއުމާއި ގުޅިގެން އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، އެސަރަހައްދުގައި މުޒާހަރާ ކުރަމުންދާ މީހުންގެ ތެރެއިން ކައުންސިލް އިދާރާގެ ފުރާޅު މައްޗަށް ގައު އުކަމުންދާތީ އާއި މަސްލަހަތު ގެއްލުވާލުމަށް މަސައްކަތްކުރަމުންދާ ދާތީ އެގޮތަށް އެކަންކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްދީފައިވާ ކަމަށެވެ.

މި މުޒާހަރާގެ ތެރެއިން އަނިޔާވި ފުލުހަށް މީހާއަށް މިހާރު ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މި މުޒާހަރާގެ ބައިވެރިން އަންނަނީ ލޭންޑް ޔޫސް ޕްލޭން ރައްޔިތުންގެ ބައްދަލުވުމެއްގައި ފާސްކުރުމަށްފަހު، އެއަށް އަމަލު ކުރުމަށް ގޮވާލަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.