ނަމިރާ މިސްކިތްކައިރި މަގުތަކުގެ ހުދު ކޯޓު ލަނީ-- ފޮޓޯ: އެސްޕީއޭ
ދުނިޔެ
06 Jun 2024 | 13:06
ހައްޖު މޫސުމުގައި ހޫނުމިން މަތިވާނެ ކަމަށް ލަފާކޮށް، ހޫނުމިން ދަށްކުރަން ސައުދީން ފިޔަވަޅުތަކެއް އަޅަނީ

މިއަހަރުގެ ހައްޖު މޫސުމުގައި ސައުދީ އަރަބިއްޔާގެ ފިނި ހޫނުމިން އާއްމު މިންގަނޑަށްވުރެ މަތިވާނެ ކަމަށް ލަފާކޮށް، ހޫނު މިން ދަށް ކުރުމަށްޓަކައި ފިޔަވަޅު ތަކެއް އަޅަން ނިންމައިފިއެވެ.

އެގޮތުން ސައުދީ އަރަބިއްޔާގެ ރޯޑްސް ޖެނެރަލް އޮތޯރިޓީއިން ވަނީ ނަމިރާ މިސްކިތް ވަށައިގެން އޮންނަ މަގުތަކުގައި ހުދު ކުލައިގެ ކޯޓިން އެއް އަޅަންފަށާފައެވެ.

ސައުދީ ޕްރެސް އިން ރިޕޯޓް ކުރާ ގޮތުގައި މިއީ ހޫނުމިން 20 ޑިގްރީ އަށް ދަށްކޮށްދޭނެ ކޯޓިންއެކެވެ. މި މަސައްކަތުގެ ތެރެއިން ނަމިރާ މިސްކިތުގެ ވަށައިގެންވާ 25,000 ސްކުއެއާ މީޓަރު ގައި ވަނީ މިހާރު މި ކޯޓިން ލައި ފުރިހަމަ ކޮށްފައެވެ.

ސައުދީ ސަރުކާރުން މިދިޔަ އަހަރުވެސް ހައްޖު މޫސުމާއި ދިމާކޮށް، ހައްޖުވެރިން ހަރަކާތްތެރިވާ މަގުތަކުގައި ވަނީ މިފަދަ ކޯޓިންއެއް ލައިފައެވެ. އެކަމުގެ ސަބަބުން އެ މަގުތަކުގެ ފިނިހޫނުމިން 15 ސެލްސިއަސް އަށް ދަށްކޮށްދިން ކަމަށް ނޫސްތަކުން ރިޕޯޓް ކުރެއެވެ.

ހޫނު ގަދަވުމާއި ގުޅިގެން މިދިޔަ އަހަރުވެސް ހީޓް ސްޓްރެސް ގެ ކޭސްތަކެއް ފެންމަތިވިއިރު، ސައުދީ ސަރުކާރުން ވަނީ މިއަހަރުގެ ހައްޖު މޫސުމުގައި ހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދާނެ ކަމަށް ލަފާކޮށްފައެވެ. އަދި ވައިގެ ތެތްފިނިކަން ހުންނާނީ 25 އިންސައްތަ އަށް ކަމަށާއި، ވާރޭ ނުވެހޭނެ ކަމަށް ވެސް ސައުދީ ސަރުކާރުން ލަފާކުރެއެވެ.

މި އަހަރުގެ ހައްޖު މޫސުން ފެށޭނީ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.