ޖޫން 7 އަދި 10 ގައި ހައްޖަށްދާ ފަރާތްތަކާއި ބައްދަލުކުރެއްވުން-- ފޮޓޯ: ވަޒީރު
ހަބަރު
06 Jun 2024 | 16:02
ސަރުކާރުގެ ޚަރަދުގައި ހައްޖަށް ގެންދެވޭ މީހުން މާދަމާ ފުރާނެ

ސަރުކާރުގެ ޚަރަދުގައި މިއަހަރު ހައްޖަށް ގެންދެވޭ 50 މީހުން މާދަމާ ފުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ހާމަކުރައްވައިފިއެވެ.

ވަޒީރު ޝަހީމް މިފަދައިން ހާމަކޮށްފައިވަނީ އެބޭފުޅާ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިގޮތުން ވަޒީރު ޝަހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެ ވައުދުފުޅުގެ ދަށުން ސަރުކާރުގެ ޚަރަދުގައި ހައްޖަށް ގެންދެވޭ މީހުންގެ ފުރަތަމަ ބެޗްގައި ހިމެނޭ 50 މީހުން މި މަހުގެ 7 ވަނަ ދުވަހު ފުރާނެ ކަމަށެވެ.

"ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ ވައުދުގެ ދަށުން ސަރުކާރުގެ ޚަރަދުގައި ހައްޖަށް ގެންދެވޭ މީހުންގެ ފުރަތަމަ ބެޗްގައި ހިމެނޭ 50 މީހުން މާތް ﷲ އިރާދަކުރެއްވިއްޔާ 7 ޖޫން ގައި ފުރާނެ. އަލްހަމްދު ﷲ ."

ވަޒީރު ޝަހީމް ވިދާޅުވިއެވެ.

މީގެ ކުރިން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ޝަހީމް ވަނީ ފަގީރުން ހައްޖަށް ފޮނުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މި އަހަރު 50 ފަގީރުން ހައްޖަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށާއި އެ 50 މީހުންނާ މުއާމަލާތު ކުރެވި އެމީހުން ދަތުރަށް ތައްޔާރު ކުރުމުގެ ކަންކަން ކުރެވެމުންދާކަމަށް ވިދާޅުވެފައެވެ.

ވަޒީރު ޝަހީމް ވިދާޅުވީ، އެމީހުން ހޮވާފައިވަނީ ފަގީރުންގެ ދަފްތަރުން ގުރުއަތު ލައިގެން، އެއްވެސް ނުފޫޒެއް ނެތި ކަމަށްވާތީ ބޭނުންނުވާ މީހަކު ވެސް ހޮވިފައި އޮވެދާނެ ކަމަށެވެ. 

ސަރުކާރުން ކުރިއަށް ގެންދާ މި މަސައްކަތުގައި ކޮންމެ އަހަރަކު މިއަށްވުރެ އިތުރަށް މީހުން ގެންދެވުނު ނަމަވެސް މިއީ ކޯޓާ އާއި ގުޅިފައިވާ ކަމަކަށްވާތީ މިފަހަރު 50 މީހުން ހޮވާފައިވަނީ ލިބިފައިވާ ކޯޓާ ގެ މައްޗަށް ބިނާކޮށްކަމަށް ވަޒީރު ވިދާޅުވިއެވެ.

ފަސް އަހަރުގެ ދުވަހުގެ ތެރޭގައި 1000 ފަގީރުން ހައްޖަށް ފޮނުވުމަކީ ރައީސް ޑރ.މުޢިއްޒުގެ އަމާޒެއްކަން ފާހަގަކުރައްވަމުން ވަޒީރު ޝަހީމް ވަނީ މިއީ އިސްލާމީ ދައުލަތެއްގެ ތެރޭގައި ބިނާ ކުރެވޭ ރަނގަޅު އަސާސެއް ކަން ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.