ކުއްލި ގޮތަކަށް ނިޔާވި ސަދާ ސައުދުﷲ-- ފޮޓޯ: ފޭސްބުކް
ހަބަރު
08 Jun 2024 | 12:48
ސަދާގެ މަރުގެ މައްސަލައިގައި ފުރަތަމަ އަޑުއެހުން މާދަމާ

2021 ވަނަ އަހަރު، ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކުއްލި ގޮތަކަށް ނިޔާވި ފަސް އަހަރުގެ ސަދާ ސައުދުﷲ ގެ ކޭސްގައި، ސިއްހީ ހިދުމަތްތެރިންގެ މައްސަލަތަކެއް ފާހަގަކުރެވި، ސަދާގެ އާއިލާއިން ފުވައްމުލަކު ހޮސްޕިޓަލުގެ މައްޗަށް ކުރާ ދައުވާ ގެ ފުރަތަމަ އަޑުއެހުން ސިވިލް ކޯޓުން މާދަމާ އަށް ތާވަލުކޮށްފިއެވެ.

ސަދާގެ ބައްޕަ، ސައުދުﷲ އަޙްމަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، ސަދާ ނިޔާވި ހާދިސާ އާއި ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލް އާއި ދެކޮޅަށް ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުން މާދަމާ 11:00 އެބައޮތް ކަމަށެވެ. މި މަސައްކަތް ފެށީ ދިވެހި ދައުލަތުގެ ހޮސްޕިޓަލް ތަކުން ފަރުވާ ކުޑަވުމުގެ ސަބަބުންނާއި ބަލިމީހުންނާއި މެދުވާ އިހުމާލު ތަކުގެ ސަބަބުން ލިބޭ އަނިޔާ ތަކަށް ހައްލެއް ލިބޭނޭ ކަމުގެ ފުރިހަމަ އުއްމީދުގައި ކަމަށް ވެސް ސަދާގެ ބައްޕަ ވިދާޅުވިއެވެ.

"ދިވެހި ދައުލަތުގެ ހޮސްޕިޓަލް ތަކުން ފަރުވާ ކުޑަވުމުގެ ސަބަބުން އަދި އިހުމާލު ތަކުން ލިބޭ އަނިޔާ ތަކަށް ހައްލެއް ލިބޭނޭ ކަމުގެ ފުރިހަމަ އުއްމީދުގައި މި މަސައްކަތް ފެށީ އަދި އުއްމީދު ކުރަނީވެސް"

ސައުދުﷲ އަޙްމަދު ބުންޏެވެ.

ސަދާގެ ބަނޑުގައި ރިއްސައި، ވަރަށް ގަދައަށް ހޮޑުލާތީ އެ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅު އެންމެ ފުރަތަމަ ގެންދިޔައީ ފުވައްމުލަކުގެ ފްލޫ ކްލިނިކަށެވެ. އެއީ ކޮވިޑްގެ އަލާމާތެއް ކަމަށް ބަލައި، ސަދާގެ ހާލަތު އިތުރަށް ގޯސްވާތީ ފްލޫ ކްލިނިކުން ސަދާ ފޮނުވާލީ ފުވައްމުލަކު ހޮސްޕިޓަލަށެވެ.

ސަދާ ނިޔާވީ 2021 އޮކްޓޯބަރު ތިން ވަނަ ދުވަހު ޑޮކްޓަރަށް ދެއްކުމުން ޖެހި، އިންޖެކްޝަނެއްގެ ސަބަބުން ކަމަށް އާއިލާ އިން ތުހުމަތުކޮށް، އެ މައްސަލަ ބަލައި ދިނުމަށް ހެލްތު މިނިސްޓްރީއަށް ހުށަހެޅިއެވެ. އާއިލާއިން ބުނެފައިވާ ގޮތުގައި ސަދާ މަރުވީ ހޮސްޕިޓަލުން އިންޖެކްޝަން ޖެހިތާ 5 މިނެޓް ތެރޭގައެވެ. އެ މައްސަލައާއި ގުޅިގެން މިނިސްޓްރީން ނެރުނު ރިޕޯޓުގައިވެސް އެކުއްޖާ އަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި ނަރުހުން އިހުމާލުވެފައިވާ ކަމަށް ވަނީ ބުނެފައެވެ. 

އެއާއިއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން މި މައްސަލަ ބެލުމަށްފަހު ސަދާ އަށް ފަރުވާދިން ދެ ޑޮކްޓަރެއްގެ ލައިސަންސް ވެސް ސަސްޕެންޑު ކުރިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.