ވަޒީރު ޝިޔާމް-- ފޮޓޯ: ވޮއިސް
ހަބަރު
08 Jun 2024 | 16:02
މިޔަރުގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ދަނީ މަސައްކަތްތަކެއް ކުރަމުން: ވަޒީރު ޝިޔާމް

މިޔަރުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ކަނޑުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މަސްވެރިކަން ކުރާ ފަރާތްތަކަށް މިޔަރުގެ އުނދަގޫ ފޯރާ ވާހަކައަކީ ވަރަށް ގަދަޔަށް އަޑުއިވޭ ވާހަކައެއް ކަމަށާއި، މިޔަރުގެ ސަބަބުން ބައެއްކަހަލަ ހިތާމަވެރި ހާދިސާތައް ވެސް ހިނގާފައިވާ ކަމަށެވެ.

މި މައްސަލައިގައި ފަރުވާތެރިވާން ޖެހޭ ކަންކަން ހުރިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ފަތުރުވެރިން ޝައުގުވެރިކުރުވުމަށްޓަކައި ރިސޯޓްތަކުން ފަޅުތެރެއާއި ފަޅުން ބޭރުގައި ވެސް މިޔަރަށް ކާންދޭ ކަމަށާއި، މަސް ޕްރޮސެސް ކުރާ ތަންތަނުން އުކާލެވޭ ތަކެއްޗާއި ރަށްރަށުން އުކާލެވޭ ކާބޯތަކެތި، ވަކިން ހާއްސަކޮށް މަހުގެ ބައިތައް މޫދުން ވަކި ސަރަހައްދަކަށް އުކާލާއިރު، އެ ސަރައްދަކަށް މަސް މަހާ މެހި ގިނަވެ، އޭގެ ތެރޭގައި މިޔަރު ވެސް ހިމެނޭ ކަމަށެވެ.

ވަރަށް ބޮޑަށް މަސްވެރިން އެދޭ، މަސްވެރިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެދޭ ކަމެއް އެއީ މިޔަރާއި ދޭތެރޭގައި ސަރުކާރުން ގޮތްތަކެއް ނިންމުން. އަޅުގަނޑުމެން މިދަނީ ކޮބައިތޯ މީގަ ގެނެވޭނެ ހައްލަކީ ބަލާ އެކަންތަކާއި ދޭތެރޭގައި އަޅުގަނޑުމެން މިދަނީ މަސައްކަތްތަކެއް ކުރަމުން އިނގޭތޯ،"

ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ދާދި ފަހުން އެމްއެންޑީއެފް އިން ލ. ކައްދޫގައި ކުރިއަށްގެންދިޔަ ތަމްރީނެއްގެ ތެރެއިން މިޔަރެއް ހަމަލާދިނުމާއިގުޅިގެން ލިބުނު އަނިޔާތަކުގެ ސަބަބުން، ސިފައިންގެ އޮފިސަރެއް ވަނީ ނިޔާވެފައެވެ.

ކޮމެންޓް
ދިވެހި ޒުވާނުން
މިޔަރުތައް އަހަރެމެންނާ ހަވާލު ކޮށްލާ 2 އަހަރު ދުވަހަށް އޭރުން ފަށާނީ ހަމަލަދޭ މިޔަރު ތަކުން މިޔަރުތައްނަގާ ފަތްކޮޅު އުފުރާލާނީ އަދި މިޔަރުތައް ވިއްކާ ހުސްކުރާނީ
08 Jun 2024
އިއްބެ
އަނެއްކާވެސްހެއްލުމެއް
08 Jun 2024
އިއްބެ
މަސްވެރިންނަށްދޭންވިފައިސާކޮޅުނުދެވުނީމައި ކޮޅުބަދަލުކޮށް އެހެންމަޅިއަކާއިއުކުޅެއްޖަހަނީތަ
08 Jun 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.