ފަރުވާދެމުން ދަނިކޮށް ކުއްލި ގޮތަކަށް ނިޔާވި ސަދާ--
ހަބަރު
09 Jun 2024 | 15:47
ސަދާގެ މަރު؛ އިހުމާލުވިކަމަށް އިންކާރުނުކުރާ ނަމަ، ގެއްލުމުގެ ބަދަލާއި ގުޅޭގޮތުން މަޝްވަރާކުރެވިދާނެ: އާއިލާ

2021 ވަނަ އަހަރު، ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކުއްލި ގޮތަކަށް ނިޔާވި ފަސް އަހަރުގެ ސަދާ ސައުދުالله ގެ މަރުގެ މައްސަލައިގައި، ފުވައްމުލަކު ހޮސްޕިޓަލުން އިހުމާލުވިކަމަށް އިންކާރުނުކުރާ ނަމަ، ގެއްލުމުގެ ބަދަލާއި ގުޅޭގޮތުން މަޝްވަރާކުރެވިދާނެ ކަމަށް ސަދާގެ އާއިލާއިން ބުނެފިއެވެ.

މި މައްސަލައިގައި ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ނިންމާފައިވާއިރު، މިނިސްޓްރީ އޮފް ހެލްތުންވެސް ވަނީ ސަދާގެ މަރުގެ މައްސަލައިގައި ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް އިއުތިރާފްވެފައެވެ.

ސަދާގެ މަރުގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ހެނދުނު 11:00 ޖެހިއިރު، ސިވިލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، އަޑުއެހުމުގައި، މި މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމަށް ވަނީ ދެދުވަހުގެ މުއްދަތެއް ދީފައެވެ.

މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި މިނިސްޓްރީ އޮފް ހެލްތު ތަމްސީލު ކުރާ ބަންޑާރަ ނައިބުގެ އޮފީހުން ވަނީ މި ދައުވާ ހުށަހަޅާފައިވަނީ މާ ލަހުން ކަމަށާއި، ސިވިލް ކޯޓުގެ ފޯމުތަކުގެ ތެރެއިން ރަނގަޅު ފޯމަކު ނޫންކަމަށް ބުނެ، މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ބަޔާންކޮށްފައެވެ.

މިކަމާއި ގުޅިގެން ސިވިލް ކޯޓުން ބުނީ، 16 ޖޫން 2022 ގައި ވުޖޫދަށްއައި، މަދަނީ އިޖުރާއާތުގެ ކުރިން، އިހުމާލުގެ އަމަލެއްގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ހުށަހެޅުމާއި ގުޅޭ ތަގާދުމުގެ ގާނޫނެއް ނެތް ކަމަށެވެ. އެގޮތުން މި މައްސަލައިގައި ހާދިސާ ހިނގާފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުކަން އެނގެން އޮތް ކަމަށާއި، މައްސަލަ ހުށަހެޅުނު ދުވަހާއި ހަމައަށް ތިން އަހަރު ދުވަސް ފާއިތުވެފައިނުވާކަން ކޯޓުން ފާހަގަކުރިއެވެ. 

މި ދައުވާ ހުށަހަޅަން ޖެހޭނީ ޖިސްމާނީ ދައުވާ އާއި ގުޅޭ ފޯމުން ކަމަށްވީ ނަމަވެސް މައްސަލަ ހުށަހަޅާފައިވަނީ އިޚްތިލާފް އޮންނަ ބާވަތުގެ ދައުވާ ފޯމުން ކަމަށް ދައުލަތުން ފާހަގަކުރުމުން، ޝަރީއަތުން ބުނީ، މިއީ އިހުމާލުން ލިބޭ އަނިޔާގެ މައްސަލަތައް ފިޔަވައި އެހެނިހެން އިހުމާލުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލައަކަށް ވާތީ އެފަދަ ކަންކަމަށް ވަކި ފޯމެއް ހާއްސަ ކޮށްފައިނުވާއިރު، މައްސަލަ ހުށަހަޅާފައިވަނީ ރަނގަޅަށް ކަމަށެވެ.

އެހެންކަމުން މި ދައުވާ ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ދައުލަތުން ފާހަގަކުރި ނުކުތާތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމިއެވެ. އެއާއިއެކު ސިވިލް ކޯޓުން ވަނީ ޝަރީއަތުގެ އިޖުރާއަތު ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް ދައުލަތުގެ ވަކީލުންނަށް ނަސޭހަތްތެރިވެފައެވެ.

މި އަޑުއެހުމާއި ގުޅޭގޮތުން "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ސަދާގެ އާއިލާ ތަމްސީލްކުރައްވާ ވަކީލު މަރިޔަމް ޝުނާނާ ވިދާޅުވީ، ސަދާގެ މަރުގެ މައްސަލައިގައި ދައުލަތުން ސިޓީއެއް ހުށަހެޅުމުން އެޗްއާރުސީއެމްގެ ނިންމުމާއި އެކު ހެލްތު މިނިސްޓްރީން ވެސް އިއުތިރާފްވެފައިވާތީ، އެކަމަށް އިންކާރު ނުކުރާކަމަށް ވާނަމަ ގެއްލުމުގެ ބަދަލާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިދާނެ ކަމަށާއި، ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރެވިދާނެ ކަމަށް ޖަވާބުދިން ކަމަށެވެ. އެހެންނަމަވެސް، ބަދަލު ދޭން ނުޖެހޭނެ ކަމަށް ބުނެ މީގެ ކުރިން ދައުލަތުން ހުށަހެޅިކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝުނާނާ ވިދާޅުވީ ހެލްތު މިނިސްޓްރީން އިއުތިރާފްވެފައިވާއިރު، އިހުމާލުވާކަމަށް އިންކާރުކުރާ ކަމަށްވާނަމަ، ކޯޓުން ބޭރުގައި ހައްލުކުރަން އާއިލާއިން ބޭނުންނުވާ ކަމަށާއި، އެފަދައިން އިންކާރު ކުރާކަމަށް ވާނަމަ ޝަރީއަތް ކުރިއަށް ގެންދަން އާއިލާއިން ބޭނުންވާކަމަށެވެ.

"އިހުމާލަށް އިންކާރުކުރާކަމަށް ވާނަމަ ޝަރީއަތް ކުރިއަށްގެންދަން ބޭނުންވަނީ. އަސްލު ގެއްލުމުގެ ފައިސާއެއްނޫން ބޭނުންވަނީ އާއިލާއިން. ބޭނުންވަނީ އިހުމާލުވި ކަމަށް އެއްބަސްވާން. ގެއްލުމުގެ ބަދަލަށް ގާތްގަނޑަކަށް ގާނޫނީ ގޮތުން ހިސާބުކޮށްފައި އަންނަނީ ގާނޫނީ ގޮތުން ދޭން ޖެހޭނެ ވެލިއު އަކަށް އަންނަނީ 28 މިލިއަން"

ޝުނާނާ ވިދާޅުވިއެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބޭ ފައިސާ އަށް ވުރެ ބޮޑަށް އާއިލާއިން ބޭނުންވަނީ ސަދާގެ މަރުގެ މައްސަލައިގައި އިހުމާލުވިކަމަށް ދައުލަތުގެ އިދާރާތަކުން އެއްބަސްވުން ކަމަށާއި، އެފަދައިން އިންކާރުނުކުރާ ނަމަ، ގެއްލުމުގެ އަދަދު ކުޑަކޮށްގެން ވެސް މައްސަލަ ހައްލު ކުރެވޭނެ ކަމަށް ޝުނާނާ ވިދާޅުވިއެވެ.

މިއާއިއެކު، ޝުނާނާ ވަނީ ސިއްހީ ފަރުވާ ދިނުމުގައި ރާއްޖޭގައި ފަރުވާކުޑަވުމުގެ ސަބަބުން ވަރަށް ބައިވަރު ކޭސްތައް އަންނަކަން ފާހަގަކުރައްވާ، މިފަދަ މައްސަލަތައް ޝަރީއަތާއި ހިސާބަށް ގޮސް ނިންމުމަށްވުރެ، މެޑިކަލް ކައުންސިލުން މައްސަލަ ނިންމައިގެން ގެއްލުމުގެ ބަދަލު އާއިލާތަކަށް ދިނުމަކީ އިންސާފަކަށް ވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ސަދާގެ ބަނޑުގައި ރިއްސައި، ވަރަށް ގަދައަށް ހޮޑުލާތީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅު އެންމެ ފުރަތަމަ ގެންދިޔައީ ފުވައްމުލަކުގެ ފްލޫ ކްލިނިކަށެވެ. އެއީ ކޮވިޑްގެ އަލާމާތެއް ކަމަށް ބަލައި، ސަދާގެ ހާލަތު އިތުރަށް ގޯސްވާތީ ފްލޫ ކްލިނިކުން ސަދާ ފޮނުވާލީ ފުވައްމުލަކު ހޮސްޕިޓަލަށެވެ.

ސަދާ ނިޔާވީ 2021 އޮކްޓޯބަރު ތިން ވަނަ ދުވަހު ޑޮކްޓަރަށް ދެއްކުމުން ޖެހި، އިންޖެކްޝަނެއްގެ ސަބަބުން ކަމަށް އާއިލާ އިން ތުހުމަތުކޮށް، އެ މައްސަލަ ބަލައި ދިނުމަށް ހެލްތު މިނިސްޓްރީއަށް ހުށަހެޅިއެވެ. އާއިލާއިން ބުނެފައިވާ ގޮތުގައި ސަދާ މަރުވީ ހޮސްޕިޓަލުން އިންޖެކްޝަން ޖެހިތާ 5 މިނެޓް ތެރޭގައެވެ. އެ މައްސަލައާއި ގުޅިގެން މިނިސްޓްރީން ނެރުނު ރިޕޯޓުގައިވެސް އެކުއްޖާ އަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި ނަރުހުން އިހުމާލުވެފައިވާ ކަމަށް ވަނީ ބުނެފައެވެ. 

އެއާއިއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން މި މައްސަލަ ބެލުމަށްފަހު ސަދާ އަށް ފަރުވާދިން ދެ ޑޮކްޓަރެއްގެ ލައިސަންސް ވެސް ސަސްޕެންޑު ކުރިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Jul 2026
އެމެރިކާއިން ވޯލްޑް ކަޕް ކާމިޔާބުކޮށްފިނަމަ ހަނދަށް ފުޓުބޯޅައެއް ފޮނުވާނަން
2026 ވަނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން، ނާސާއިން މިހާރުވެސް ވަނީ ބައިނަލްއަޤްވާމީ ފަޒާގެ މަރުކަޒަށް ފީފާ ބޯޅައެއް ފޮނުވާފައެވެ. ނަމަވެސް، އެމެރިކާއިން މުބާރާތް ކާމިޔާބުކޮށްފިނަމަ، މީގެ ކުރިން ފުޓުބޯޅައެއް ނުފޮނުވާހާ ދުރަށް، އެބޯޅަ ހަނދަށް ފޮނުވާލާނެ ކަމަށް އައިސެކްމަން ވިދާޅުވިއެވެ.
01 Jul 2026
ފިލިޕްސް އޭސީ ޚާއްޞަ ޑިސްކައުންޓުގައި އެސްޓީއޯއިން
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވުމާއެކު ފިލިޕްސް ބްރޭންޑުގެ ސްޕްލިޓް އޭސީތައް ޚާއްޞަ ޕްރޮމޯޝަނާއެކު ވިއްކަން ފަށައިފައިވާއިރު ހަތަރު ސައިޒެއް ޑިސްކައުންޓް އަގުގައި ލިބެން ހުންނާނެއެވެ.
01 Jul 2026
މިނިވަން 60 ފާހަގަކުރަން 4.1 މިލިއަން ރުފިޔާ ޚަރަދުކުރި: ހީނާ
މިނިވަން 60 ފާހަގަކުރުމަށް ޘަޤާފަތާބެހޭ ވުޒާރާއިން 4.1 މިލިއަން ޚަރަދުކޮށްފައިވާ ކަމަށެވެ.
01 Jul 2026
އާރަށް މައްސަލަ؛ އައު ހެކިތައް ބަލައިނުގަނެވޭނެ: ސްޕްރީމް ކޯޓު
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްވެފައިވާ ކަމަށް ތުހުމަތުކޮށް ހުށަހެޅިފައިވާ މައްސަލާގައި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކި ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.
01 Jul 2026
ވޯލްޑްކަޕްގެ ޚަބަރުތައް ގެނެސްދިނުމުގައި އަޚްލާޤީ މިންގަނޑުތަކަށް ސަމާލުވުމަށް
ފީފާ ވޯލްޑްކަޕްގެ ފޯރި ގަދަވަމުން އަންނަ މި ދަނޑިވަޅުގައި، މެޗުތައް ބްރޯޑްކާސްޓްކުރުމާއި ޚަބަރު ފެތުރުމުގައި އަޚްލާޤީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު އިލްތިމާސްކޮށްފިއެވެ.
01 Jul 2026
ސައުދީއަށް ޖީ20 ތެރެއިން ރައްކާތެރިކަން އެއްވަނަ
ސަޢޫދީ ޖެނެރަލް އޮތޯރިޓީ ފޯ ސްޓެޓިސްޓިކްސް އިން އާންމުކުރި ތަފާސް ހިސާބުތައް ބިނާވެފައިވަނީ އދ.ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ އިންޑިކޭޓާ ޑޭޓާބޭހުގެ މައްޗަށެވެ. ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ޤައުމުގެ އާބާދީގެ 97.7 އިންސައްތަ މީހުން ރޭގަނޑު އެކަނި އެ މީހުންގެ އަވައްޓެރި ސަރަހައްދުތަކުގައި ހިނގާފައި އުޅެން ރައްކާތެރި ކަމަށް ދެކެއެވެ.
01 Jul 2026
އެމްބާޕޭގެ މޮޅު ކުޅުމާއެކު ފްރާންސް ގަދަ 16 ޓީމްގެ ތެރެއަ
01 Jul 2026
އައިވަރީ ކޯސްޓް ބަލިކޮށް ނޯވޭ ގަދަ 16 އަށް
މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ނޯވޭ ހޯދާފައި ވަނީ އައިވަރީ ކޯސްޓާ ދެކޮޅަށް ކުޅުނުމެޗް 2-1 ގެނަތީޖާއިން ކާމިޔާބުކޮށްގެންނެވެ