ދިވެހި ހައްޖާޖީންތަކެެއް-- ފޮޓޯ:ހައްޖު ކޯޕަރޭޝަން
ހަބަރު
10 Jun 2024 | 13:29
ހައްޖަށް ދިޔަ ދިވެއްސަކަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދެނީ

މިއަހަރު ހައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ދިވެއްސަކަށް ހާޓް އެޓޭކެއް ޖެހުމާއި ގުޅިގެން ފަރުވާދެމުން އަންނަ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަހީމް މިފަދައިން ވިދާޅުވީ، މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން ވަޒީރު ވިދާޅުވީ، ދިވެހި ހައްޖުވެރިއަކަށް ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް މައުލޫމާތު ލިބުނު ކަމަށާއި، މި ވަގުތާއި ހަމައަށް އެނގިފައިވާގޮތުގައި ބަލިމީހާގެ ހާލު ރަނގަޅުކަމަށެވެ.

"މިއަދު އަޅުގަނޑުމެންނަށް ހަބަރު ލިބުނު ހައްޖުވެރިއަކު ހާޓްއެޓޭކެއް ޖެހިގެން މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް. މިވަގުތާއި ހަމައަށް ލިބިފައި އޮތް ހަބަރުތަކަށް ބަލާއިރު، ބަލި މީހާގެ ހާލު އިރާދަކުރެއްވިއްޔާ ރަނގަޅު. އަޅުގަނޑު ވާނީ އެ ބަލިމީހާގެ އާއިލާއަށް ގުޅާފަ. ރާއްޖޭގައި އެބޭފުޅާގެ ދަރިފުޅުމެންނަށް ގުޅާފައި. ހާލު އެމީހުންނަށް ފޯރުކޮށްދީފައި."

ވަޒީރު ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އާއި ސަރުކާރުގެ ހައްޖު މިޝަންގެ ފަރާތުން ވެސް ވަރަށް ގާތުން ބަލިމީހާގެ ކަންތައްތައް ބަލަމުންދާ ކަމަށެވެ. އަދި ބަލި މީހުންނަށް ފަރުވާ ދިނުމަށްޓަކައިވެސް ވަކި ހާއްސަ ޑޮކްޓަރުންގެ ޓީމެއް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އެބައޮތް ކަމަށާއި ހައްޖުވެރިންގެ ކަންތައްތައް ވަރަށް ގާތުން ބެލުމަށްޓަކައި ހައްޖު މިޝަންގައި ވެސް  ވަކި ހާއްސަ ޑޮކްޓަރަކު ހިމަނާފައިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ބޮޑެތި ބަލިތަކުގެ މީހުންނަށް ހައްޖަށް ދިޔުމުގެ ހާއްސަ ކޯޓާ ތަކެއް ކުރީގައި އޮތް ސަރުކާރުން ވެސް ހަމަޖައްސާފައި އޮތްކަމަށާއި، އެ ކޯޓާތަކުގައި ވަރަށް ބޮޑެތި ބަލިތަކުގެ މީހުން ހައްޖަށްދާކަން ފާހަގަކުރައްވަމުން ވަޒީރު ޝަހީމް ވިދާޅުވީ، މިއީ ވަރަށް ރިސްކް ބޮޑު ކަމެއް ކަމަށެވެ.

ދިވެހި ރާއްޖެ އިން ހައްޖަށް ފުރާ 150 ހައްޖުވެރިން ހިމެނޭ އެންމެ ފަހު ގްރޫޕް މިއަދު ހައްޖަށް ފުރާފައިވާއިރު، މިއަހަރު މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އެހީގައި މުޅި ޖުމުލަ 1150 ދިވެހިން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ގޮސްފައިވާކަމަށް ވަޒީރު ޝަހީމް މައުލޫމާތު ދެއްވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.