މަލާވީ ގެ ނައިބު ރައީސް ސައުލޯސް ޗިލިމާ-- ފޮޓޯ: ބީބީސީ
ދުނިޔެ
11 Jun 2024 | 12:54
މަލާވީގެ ނައިބު ރައީސް ދަތުރުކުރައްވަމުން ގެންދެވި ބޯޓު ގެއްލިއްޖެ

އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ މަލާވީ ގެ ނައިބު ރައީސް ސައުލޯސް ޗިލިމާ ދަތުރުކުރައްވަމުން ގެންދެވި މިލިޓަރީ މަތިންދާބޯޓު ގެއްލިއްޖެއެވެ.

ޗިލިމާގެ އިތުރުން 9 މީހަކު ތިބި މި ބޯޓު އެގައުމުގެ ވެރިރަށް ލިލޮންގްވޭ އިން ފުރައިގެން އެގައުމުގެ އުތުރުގައި އޮންނަ އެމްޒޫޒޫ އިންޓަނޭޝަނަލް އެއާޕޯޓަށް މިސްރާބު ޖަހާފައިވަނިކޮށް، ރާޑަރުން ގެއްލުނީ ކަމަށް އެގައުމުގެ ޑިފެންސް ފޯސް އިން ހާމަކުރެއެވެ.

ޗިލިމާގެ މި ދަތުރުފުޅަކީ މީގެ ތިން ދުވަސް ކުރިން އަވަހާރަވި، އެގައުމުގެ ކުރީގެ ކެބިނެޓް މިނިސްޓަރު ރާލްފް ކަސަމްބާރާ ގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުން ގެންދެވި ދަތުރުފުޅެކެވެ.

މިކަމާއި ގުޅިގެން އެގައުމުގެ ރައީސް ލަޒަރުސް ޗަކްވެރާ ވިދާޅުވީ، ގެއްލުނު ބޯޓުގެ މަސައްކަތް ހުއްޓާނުލާ ކުރަމުން އަންނަ ކަމަށާއި، ބޯޓު ފެންނަންދެން އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އަމުރުކޮށްފައިވާނެ ކަމަށެވެ. އަދި މިކަމާއި ގުޅިގެން އެގައުމުގެ އާއްމުންނާއި އެއްފަދައިން ޗަކްވެރާ ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، މި ބޯޓު ހޯދުމަށް ލިބެން ހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކުރާނެ ކަމަށް ވެސް އެބޭފުޅާ ވިދާޅުވިއެވެ.

މި ބޯޓާއި އޭގައި ތިބި މީހުން ހޯދުމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ހުއްޓާނުލާ ކުރަމުން އަންނަ މަސައްކަތްތަކަށް މިހާތަނަށް އެއްވެސް އަލިމަގެއް ފެނިފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.