ޒުވާން ޚަތީބެއް-- ފޮޓޯ: މިނިސްޓްރީ
ހަބަރު
11 Jun 2024 | 15:27
ގްރޭޑް 6 އިން މަތީގެ ދަރިވަރުންނަށް އިމާމުވެ ހުކުރާއި ކޭތަނަމާދު ކުރެވޭ ގޮތަށް އުސޫލަށް ބަދަލުގެނެސްފި

ގްރޭޑް 6 އިން މަތީގެ ދަރިވަރުންނަށް އިމާމުވެ ހުކުރާއި ކޭތަނަމާދު ކުރުމަށް ވަގުތީ ހުއްދަ ދޫކުރެވޭ ގޮތަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިން އުސޫލަށް ބަދަލުގެނެސްފިއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އާއްމުކުރި އުސޫލުގައިވާ ގޮތުން ގްރޭޑު 6 އިން މަތީގެ ކުދިންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް  ވަކި ހާއްސަ ހާލަތްތަކެއްގައި ހުކުރު ނަމާދާއި ކޭތަ ނަމާދުކުރުމަށް ހުއްދަ ދޫކުރެވޭނެއެވެ.

މިއީ ހަ މަސް ނުވަތަ އެއް މަސް ދުވަހުގެ މުއްދަތަކަށް ދެވޭ ހުއްދައަކަށް ވާއިރު، މި ހުއްދަ ދޫކުރެވޭނެ ހާލަތްތައް އެ ވުޒާރާއިން ބަނީ ބަޔާންކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ، އިމާމުވެ ހުކުރު ނަމާދާއި ކޭތަ ނަމާދުކުރާނެ އެއްވެސް މީހަކު ނެތް ނަމަ ގާބިލް މީހަކަށް ހުއްދަ ހޯދުމަށް އެދި ކަމާގުޅޭ އިދާރާއަކުން ހުށަހެޅުމުން އެ މީހަކަށް ހަ މަސް ދުވަހަށް ވުރެ އިތުރު ނުވާނެ ހުއްދައެއް ދިނުމާއި އެ ނަމާދުތައް ކުރަން ހުއްދަ އޮތް މީހަކު ބަލިވެއްޖެ ނަމަ އެހެން މީހަކަށް އެއް މަސް ދުވަހުގެ މުއްދަތަށް ހުއްދައެއް ދިނުމެވެ.

ހަމައެއާއިއެކު، 65 އަހަރުން މަތީގެ މީހުންނަށް މި ހާލަތްތަކުގައި ވަގުތީ ހުއްދަ ދޫކުރާނީ އެ މީހަކަށް ސިއްހީ ގޮތުން ޒިންމާ އަދާކުރެވޭވަރުގެ ގާބިލްކަން ހުރި ނަމަ ކަމަށާއި، ހަމަ އެ އުސޫލުން ގްރޭޑު 6 އިން ފެށިގެން މަތީ ގްރޭޑްތަކުގެ ދަރިވަރުންގެ ތެރެއިން ރީތިކޮށް ގުރުއާން ކިޔަވައި އަދި ނަމާދުގެ ހުކުމްތައް އެނގޭ ކުދިންނަށް ތަމްރީނު ދިނުމުގެ ބޭނުމުގައި ވަގުތީ ހުއްދަ ދޫކުރެވޭނެ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން، ގްރޭޑު 10-12 އާ ހަމައަށް ކިޔަވާ ކުއްޖެއް ނަމަ ނުވަތަ ސްކޫލު ނިންމާފައިވާ ކުދިންގެ ތެރެއިން 18 އަހަރު ނުފުރޭ ކުއްޖަކަށް އަނގަބަހުން ދޭ އިމްތިހާނަކުން މަދުވެގެން 75 ޕަސެންޓް މާކްސް ލިބިއްޖެ ނަމަ، ނުވަތަ ހަތީބުކަމުގެ ތަމްރީން ފުރިހަމަކޮށް، އެ ތަމްރީނަށް ކަނޑައަޅާ 10 ޕަސެންޓް މާކްސް ލިބިފައިވާނަމަ މި ހުއްދަ ދޫކުރާނެއެވެ.

އިމާމުކަމުގެ ސާނަވީ އަދި މަތީ ސާނަވީއާ އެއް ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވާ ނަމަ 10 ޕަސެންޓް ލިބޭއިރު، އިސްލާމީ މަރުކަޒާއި ކިންގް ސަލްމާން މިސްކިތުގައި އިމާމުގެ ހުކުރު ނަމާދާއި ކޭތަ ނަމާދުކުރުމުގެ ހުއްދަ ދޭނީ ދީނީ ދާއިރާއަކުން މަދުވެގެން ޑިގްރީ ސެޓްފިކެޓް ހާސިލް ކޮށްފައިވާ ނަމައެވެ.

މިކަމަށްޓަކައި މާލޭގައި އުޅޭ މީހުން މީހުން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ޓެސްޓް ކުރުމަށް ހަމަޖެހިފައިވާއިރު،  ރަށްރަށުގައި ދިރިއުޅޭ ފަރާތްތައް  ރަށެއްގެ ކައުންސިލަށް ހާޒިރުވެގެން އޮންލައިންކޮށް ނުވަތަ ވުޒާރާއިން ކަނޑައަޅާ ގޮތަކަށް ޓެސްޓް ކުރެވޭނެ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.

މިނިސްޓްރީން އަދި ރަށްރަށުގައި ކައުންސިލްތަކުން މި ނަމާދުތައް ކުރާ ފަރާތްތަކުގެ ޕޫލެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.