މަލާވީ ގެ ނައިބު ރައީސް ސައުލޯސް ޗިލިމާ-- ފޮޓޯ: ޓައިމްސް ނައު
ދުނިޔެ
11 Jun 2024 | 16:48
ދަތުރުކުރައްވަމުން ގެންދެވި ބޯޓު ވެއްޓި މަލާވީގެ ނައިބު ރައީސް އަވަހާރަވެއްޖެ

އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ މަލާވީ ގެ ނައިބު ރައީސް ސައުލޯސް ޗިލިމާ ދަތުރުކުރައްވަމުން ގެންދެވި ބޯޓު ވެއްޓި، އަވަހާރަވެއްޖެއެވެ.

ޗިލިމާގެ އިތުރުން 9 މީހަކު ތިބި މި ބޯޓު އެގައުމުގެ ވެރިރަށް ލިލޮންގްވޭ އިން ފުރައިގެން އެގައުމުގެ އުތުރުގައި އޮންނަ އެމްޒޫޒޫ އިންޓަނޭޝަނަލް އެއާޕޯޓަށް މިސްރާބު ޖަހާފައިވަނިކޮށް، ރާޑަރުން ގެއްލުނީ ކަމަށް އެގައުމުގެ ޑިފެންސް ފޯސް އިން މީގެ ކުރިން ހާމަކޮށްފައިވާއިރު، އެގައުމުގެ ރައީސް ލަޒަރުސް ޗަކްވެރާ ވަނީ ޗިލިމާ އަވަހާރަވިކަން ކަށަވަރުކޮށްދެއްވާފައެވެ.

ޗަކްވެރާ ވިދާޅުވީ، ބޯޓު ވެއްޓިފައި އޮތް ތަން ހޯދައި، އެތަނަށް ދެވުނު އިރު، އެ ބޯޓުގައި ދަތުރުކުރި މީހުންގެ ތެރެއިން އެއްވެސް މީހަކު ސަލާމަތްވެފައި ނުވާ ކަމަށެވެ.

ޗިލިމާގެ މި ދަތުރުފުޅަކީ މީގެ ތިން ދުވަސް ކުރިން އަވަހާރަވި، އެގައުމުގެ ކުރީގެ ކެބިނެޓް މިނިސްޓަރު ރާލްފް ކަސަމްބާރާ ގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުން ގެންދެވި ދަތުރުފުޅެކެވެ.

އުމުރުފުޅުން 51 އަހަރުގެ ޗިލިމާ އަކީ 2014 އަހަރުން ފެށިގެން އެގައުމުގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.