ކުއްލި ގޮތަކަށް ނިޔާވި ސަދާ ސައުދުﷲ--
ހަބަރު
12 Jun 2024 | 13:04
ސަދާގެ މަރު: ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން ދިން ފުރުސަތު ދައުލަތުން ދޫކޮށްލައިފި

ފުވައްމުލަކު ހޮސްޕިޓަލުގައި، 2021 ވަނަ އަހަރު، ފަރުވާދެމުން ދަނިކޮށް ކުއްލި ގޮތަކަށް ނިޔާވި ފަސް އަހަރުގެ ސަދާ ސައުދުﷲ ގެ މަރުގެ މައްސަލަ، ކޯޓުން ބޭރުގައި ހައްލުކުރުމަށް ސިވިލް ކޯޓުން ދިން ފުރުސަތު ދައުލަތުން ދޫކޮށްލައިފިއެވެ.

މި މައްސަލައިގައި ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ނިންމާފައިވާއިރު، މިނިސްޓްރީ އޮފް ހެލްތުންވެސް ވަނީ ސަދާގެ މަރުގެ މައްސަލައިގައި ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް އިއުތިރާފްވެފައެވެ.

މީގެ ކުރިން މި ހަފްތާގެ އާދިއްތަ ދުވަހު ބޭއްވުނު މި މައްސަލައިގައި އިބްތިދާއީ އަޑުއެހުމުގައި ސިވިލް ކޯޓުން ވަނީ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމަށް ދެދުވަހުގެ މުއްދަތެއް ދީފައެވެ.

އެއާއިއެކު މިނިސްޓްރީ އޮފް ހެލްތު ތަމްސީލު ކުރާ ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލުން ވަނީ އެމީހުންގެ ސުޕަވައިޒަރުންނާއި  މަޝްވަރާ ކުރުމަށް ފުރުސަތެއް ދިނުމަށް އެދިފައެވެ.

ކޯޓުން ދިން ދެދުވަހު މުއްދަތު ހަމަވުމާއިއެކު މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ޝަރީއަތުގެ މަރުހަލާއިން ގޮތެއް ނިންމަން ބޭނުންވާކަމަށާއި، އެކަމަށް ބޭނުންވާ ދިފާއުތައް ހުށަހަޅާފައިވާނެ ކަމަށްބުނެ، ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް ދިން ފުރުސަތު ދޫކޮށްލާފައެވެ.

އެހެންކަމުން، މިއަދުގެ އަޑުއެހުމުގެ މައްސަލަ ބެއްލެވި ގާޒީ ވަނީ މި މައްސަލަ އެންމެ ބޮޑެތި މައްސަލަތައް ހިމެނޭ ޓްރެކްގައި ހިމަނައި، މައްސަލައިގެ ޝަރީއަތް ކުރިއަށްދާނެ ގޮތާއި ތާވަލު ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެ، މިއަދުގެ އަޑުއެހުން ނިންމާލައްވާފައެވެ.

މި މައްސަލައާއި ގުޅިގެން ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ވަނީ މި ދައުވާ ހުށަހަޅާފައިވަނީ މާ ލަހުން ކަމަށާއި، ސިވިލް ކޯޓުގެ ފޯމުތަކުގެ ތެރެއިން ރަނގަޅު ފޯމަކު ނޫންކަމަށް ބުނެ، މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ބަޔާންކޮށްފައެވެ.

އެހެންނަމަވެސް، މި ދައުވާ ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ދައުލަތުން ފާހަގަކުރި ނުކުތާތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމިއެވެ.

މީގެ ކުރިން، ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް ފުރުސަތު ދިނުމުން ސަދާގެ އާއިލާ ތަމްސީލު ކުރައްވާ ވަކީލު ވަކީލު މަރިޔަމް ޝުނާނާ ވިދާޅުވީ، ސަދާގެ މަރަށް އިހުމާލުވިކަން ހާމަކޮށްދޭ އެޗްއާރުސީއެމުން ރިޕޯޓުގެ އިތުރުން، ހެލްތު މިނިސްޓްރީން އިއުތިރާފްވެފައިވާއިރު، އިހުމާލުވާކަމަށް އިންކާރުކުރާ ކަމަށްވާނަމަ، ކޯޓުން ބޭރުގައި ހައްލުކުރަން އާއިލާއިން ބޭނުންނުވާ ކަމަށާއި، އެފަދައިން އިންކާރު ކުރާކަމަށް ވާނަމަ ޝަރީއަތް ކުރިއަށް ގެންދަން އާއިލާއިން ބޭނުންވާކަމަށެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން ސަދާ ގެ އާއިލާ އަށް ގާނޫނީ ގޮތުން ދޭންޖެހޭ އަދަދުގެ ގޮތުގައި 28 މިލިއަން ރުފިޔާ އަރާއިރު، ޝުނާނާ ވިދާޅުވީ އާއިލާއިން ބޭނުންވަނީ ގެއްލުމުގެ ފައިސާ ނޫންކަމަށާއި، ބޭނުމަކީ ސަދާގެ މަރަށް އިހުމާލުވި ކަމަށް އެއްބަސްވުން ކަމަށެވެ.

ސަދާގެ ބަނޑުގައި ރިއްސައި، ވަރަށް ގަދައަށް ހޮޑުލާތީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅު އެންމެ ފުރަތަމަ ގެންދިޔައީ ފުވައްމުލަކުގެ ފްލޫ ކްލިނިކަށެވެ. އެއީ ކޮވިޑްގެ އަލާމާތެއް ކަމަށް ބަލައި، ސަދާގެ ހާލަތު އިތުރަށް ގޯސްވާތީ ފްލޫ ކްލިނިކުން ސަދާ ފޮނުވާލީ ފުވައްމުލަކު ހޮސްޕިޓަލަށެވެ.

ސަދާ ނިޔާވީ 2021 އޮކްޓޯބަރު ތިން ވަނަ ދުވަހު ޑޮކްޓަރަށް ދެއްކުމުން ޖެހި، އިންޖެކްޝަނެއްގެ ސަބަބުން ކަމަށް އާއިލާ އިން ތުހުމަތުކޮށް، އެ މައްސަލަ ބަލައި ދިނުމަށް ހެލްތު މިނިސްޓްރީއަށް ހުށަހެޅިއެވެ. އާއިލާއިން ބުނެފައިވާ ގޮތުގައި ސަދާ މަރުވީ ހޮސްޕިޓަލުން އިންޖެކްޝަން ޖެހިތާ 5 މިނެޓް ތެރޭގައެވެ. އެ މައްސަލައާއި ގުޅިގެން މިނިސްޓްރީން ނެރުނު ރިޕޯޓުގައިވެސް އެކުއްޖާ އަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި ނަރުހުން އިހުމާލުވެފައިވާ ކަމަށް ވަނީ ބުނެފައެވެ. 

އެއާއިއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން މި މައްސަލަ ބެލުމަށްފަހު ސަދާ އަށް ފަރުވާދިން ދެ ޑޮކްޓަރެއްގެ ލައިސަންސް ވެސް ސަސްޕެންޑު ކުރިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.