މަސްވެރިކަމާއި ބެހޭ ވަޒީރު އިހުތިޖާޖު ކުރަމުންދިޔަ މަސްވެރިންނާއި ބައްދަލު ކުރެއްވުން-- ފޮޓޯ: ވޮއިސް
ހަބަރު
13 Jun 2024 | 12:33
މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 46 މިލިއަން ރުފިޔާ މިއަދު ދޫކުރަނީ

ސަރުކާރުގެ މަސްކުުންފުނި، މިފްކޯއިން މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާގެ ތެރެއިން 46 މިލިއަން ރުފިޔާ މިއަދު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިފްކޯއިން ބުނީ، 80 މިލިއަން ރުފިޔާ އޮޑިވެރިންނަށް ނުދެއްކި ހުރި ކަމަށާއި، އޭގެ ތެރެއިން 46 މިލިއަން ރުފިޔާ މިއަދު ދޫކުރާއިރު، ބާކީ ހުރި ފައިސާ ކްލިއާ ކުރުމުގެ މަސައްކަތް ވެސް އެ ކުންފުންޏާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

މަސްކިރާ މިންވަރެއްގެ މައްޗަށް ކްރެޑިޓަށް އަރާވަރު އިތުރުވާނެ ކަން ފާހަގަކުރަމުން މިފްކޯއިން ބުނީ މި ގޮންޖެހުމުން އަރައިގަތުމަށް ސަބްސިޑީ އާއި ނުލައި ކުންފުނި ހިންގާނެ ގޮތެއް 3 އަހަރުގެ ތެރޭގައި ހޯއްދަވައި، ސަބްސިޑީ އާއި ނުލައި ކުންފުނީގެ ހިންގުން ބައްޓަން ކުރައްވާނެ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވި ކަމަށެވެ.

ހަމައެއާއިއެކު، ކަނޑުއޮށްގިރީގައި ހުރި ފެސިލިޓީ ހުޅުމާލެ އަށް ބަދަލު ކުރުމުގެ މަޝްވަރާތައް މަސްވެރިކަމާއި ބެހޭ ވުޒާރާ އާއި އެކު ކުރެވެމުންދާ ކަމަށް މިފްކޯއިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.