ރައީސް ޑރ.މުޢިއްޒު-- ފޮޓޯ: ވޮއިސް
ހަބަރު
13 Jun 2024 | 14:13
މާލޭގައި އީދު ވެދުމާއި ދިޔުން ރައީސް ޑރ.މުޢިއްޒުގެ އަރިހަށް!

ކުރިއަށް އޮތް އަޟްހާ އީދުގައި މާލޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހަށް ޢީދު ވެދުމާއި ދިޔުން އޮންނާނެ ކަމަށް ނޭޝަނަލް ސެންޓަރ ފޯ އާޓްސް (އެންސީއޭ) އިން ހާމަކޮށްފިއެވެ.

އެންސީއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ސެންޓަރުން ބުނީ، މިއަހަރު އަޟްހާ އީދު ރާއްޖޭގެ ރަށްރަށުގައި ވެސް ފާހަގަކުރާ ފަދައިން މާލޭގައި ވެސް ފާހަގަކުރުމަށްޓަކައި ޔޫތު މިނިސްޓްރީ އާއި ގުޅިގެން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިގޮތުން އެންސީއޭ އިން ބުނީ އެންމެ ފުރަތަމަ ބޮޑު އީދާއި ގުޅިގެން އެންމެ ފުރަތަމަ ބާއްވާ "އީދު ވެދުމާއި ދިޔުން" މި މަހުގެ 15 ވަނަ ދުވަހުގެ ރޭ އޮންނާނެ ކަމަށެވެ.

އީދު ވެދުމާއި ދިޔުމަކީ  އިހުގެ ކާބަފައިން އެ އިރެއްގައި އެ ރަށެއްގެ ވެރިއަކަށް ހުންނަ ބޭފުޅެއްގެ އަރިހަށް އީދުގެ ކުޅިވަރުތައް ކުރިއަށްގެންދިއުމުގެ ހުއްދައަށް އެދި ދެންނެވުމަށް ދާދިޔުމަށް ކިޔާ ނަމަކަށް ވާއިރު، އެފަދައިން މާލޭގައި، ރައީސް ޑރ.މުޢިއްޒުގެ އަރިހަށް އީދު ވެދުމާއި ދިޔުމަށް ހަމަޖެހިފައިވާކަމަށް އެންސީއޭ އިން ހާމަކުރެއެވެ.

ޔޫތު މިނިސްޓްރީ އާއި އެންސީއޭ ގުޅިގެން މި ހަރަކާތުގެ ފަރިތަކުރުންތައް ކުރަމުން އަންނައިރު، މި ހަރަކާތް ފެށިގެން ދާނީ ރައީސް ޑރ.މުޢިއްޒު ހުންނަވާ ސަރަހައްދުގެ 50 ނުވަަތަ 100 ފޫޓު ދުރުން ކަމަށާއި، މި ހަރަކާތުގައި ލޮންސި އާއި އައްޑަނަ އާއި ހަތްކޮޅު ފަދަ އާލާތްތައް ބޭނުންކުރަން ހަމަޖެހިފައިވާ ކަމަށް ވެސް އެންސީއޭ އިން ބުނެއެވެ.

"ވެދުމާއި ދިޔުމުގެ ހަރަކާތް މި އިންނަނީ އެންމެ ކާބަފައިން ޒަމާނުއްސުރެ.. އެންމެ އެވޭލާ ޒަމާނުއްސުރެ އޭރުގެ ވެރިއަކަށް ހުންނަ ބޭފުޅެއްގެ އަރިހަށް އީދު ހުއްދައަކަށް މިދަނީ. ދެން އަޅުގަނޑުމެން ވެސް މިފަހަރު ވިސްނާފަމީނީ އަޅުގަނޑުމެންގެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހަށް ވެދުމާއި ދާން. އެންސީއޭ ގެ ފަރާތުން ޓީމެއް އެކުލަވާލައިގެން މިހާރު ޕްރެކްޓިސްތައް ކުރަމުން މިދަނީ ވެދުމާއި ދިޔުމުގެ،"

އެންސީއޭ އިން ބުންޏެވެ.

މި ފަހަރުގެ ބޮޑު އީދުގައި މާލޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެހެން ހަރަކާތްތަކުގެ ތެރޭގައި، އީދު ނަމާދަށް ފަހު ޢީދު ސައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ކޯނޑި ކެނޑުމާއި ބޮޑު މަސް ދުއްވުމުގެ ހަރަކާތްތަކާއި އެކު، ތަފާތު އެކި ހަރަކާތްތައް ކުރިއަށްދާނެ ކަމަށް އެންސީއޭ އިން ހާމަ ކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.