އަޟްޙާ ޢީދުގެ ޚުޠުބާ ދެނީ -- ފޮޓޯ: ވޮއިސް
ހަބަރު
16 Jun 2024 | 10:40
ޢީދުގެ އުފާ ފާޅުކުރުމުގައި އެހެން ދީންތައް ކޮޕީކުރުން ދޫކޮށްލަން ޖެހޭ: ޢީދު ޚުޡުބާ

އުފާ ފާޅުކުރުމުގައި ދީނުގައި ހަރާމްކުރައްވައިފައިވާ ކަންކަން ކުރުމާއި، އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލާން ޖެހޭ ކަމުގައި މިއަދު ޢީދު ޚުޡުބާގައި ގޮވާލައިފިއެވެ.

މިއަދު ރާޢްޖޭގައި ދިން، އަޟްހާ ޢީދުގެ ޚުޠުބާގައި ބުނެފައިވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިރުޝާދުގައިވާ ގޮތަށް، އަޅުގަނޑުމެން މުސްލިމުން އުފާ ފާޅުކުރާ އިރު، އިސްލާމްދީނުގެ އުޞޫލުތަކަށް ތަބަޢަވާން ޖެހޭކަމަށެވެ. އަދި ދީނުގައި ޙަރާމްކުރައްވައިފައިވާ ކަންކަން ކުރުމާއި، އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލަން ޖެހޭ ކަމަށެވެ.

އަދި އަހަރެމެންނަކީ މާތް ﷲ، އިސްލާމްދީނުގެ ސަބަބުން ޢިއްޒަތްތެރިކަން ދެއްވައިފައިވާ ބައެއްކަމަށް ﷲ ރުއްސުންލެއްވި ޢުމަރުގެފާނު ވިދާޅުވެފައިވާކަން ޚުޠުބާގައިވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ޚުޠުބާގައި ބުނެފައިވަނީ، އިސްލާމްދީނަކީ ޢިއްޒަތްތެރިކަންލިބިގެންވާ ދީނެއް ނަމަވެސް، މިއަދު މުސްލިމުން ވަނީ ވަރަށް ނިކަމެތިވެފައި ކަމަށެވެ. އެކަން އެންމެ ބޮޑަށް ހާމަވާ އެއް ކަމަކީ، ފަލަސްޠީނުގެ ރަފަޙާއި، ޣައްޒާއާއި، އެހެނިހެން ބިންތަކަށް ޔަހޫދީން ވެރިވެގަނެފައިވީ ހިނދުވެސް، މުސްލިމު ބޮޑު އުންމަތް، އެ ލޮބުވެތި އަޚުންނާއި އުޚުތުން ހިމާޔަތްކުރުމަށް ނުކުޅެދިފައި ވުން ކަމަށް އަޟްޙާ ޢީދުގެ ޚުޠުބާގައި ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.