ލިސްޓަރިން ގެ 'ކޫލް މިންޓް' މައުތު ވޮޝް-- ފޮޓޯ: އަލަމީ
ހަބަރު
17 Jun 2024 | 13:16
ލިސްޓަރިން ބްރޭންޑްގެ މައުތު ވޮޝް އިން ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު: ދިރާސާ

ދިވެހިންގެ ތެރޭގައި ވެސް މަގުބޫލު މައުތު ވޮޝް ބްރޭންޑެއް ކަމަށްވާ ލިސްޓަރިން ބްރޭންޑްގެ މައުތު ވޮޝް ކޮންމެ ދުވަހަކު ބޭނުންކުރާ ނަމަ، ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާ އަކުން ދައްކައިފިއެވެ.

މި ދިރާސާ އިން ދައްކާ ގޮތުގައި، ލިސްޓަރިން ބްރޭންޑްގެ 'ކޫލް މިންޓް' މައުތު ވޮޝް ކޮންމެ ދުވަހަކު ބޭނުންކުރާނަމަ، އަނގައިގައި ހުންނަ ދެވައްތަރެެއްގެ ބެކްޓީރިއާގެ އަދަދު އިތުރުވެއެވެ. މިކަމާއި ގުޅިގެން އެސޯފިޖިއަލް ކެންސަރާއި ކޮލޮރެކްޓަލް ކެންސަރަށް މަގުފަހިވާކަމަށް މީގެ ކުރިން ހަދާފައިވާ ދިރާސާ އަކުން ވަނީ ހާމަވެފައެވެ.

މި މައުތު ވޮޝްގެ ސަބަބުން އޯރަލް މައިކްރޯބަޔޮމް ހުންނަން ޖެހޭ މިންވަރަށް ހުރަސް އެޅިގެންދާ ކަަމަށް މި ދިރާސާ އިން ދައްކާއިރު، ލިސްޓަރިން މައުތު ވޮޝް ތިން މަސް ވަންދެން ކޮންމެ ދުވަހަކު ބޭނުންކޮށްފިނަމަ، އަނގައިގެ ތެރޭގައި ހިމެނޭ ދެ ބެކްޓީރިއާ ކަމަށްވާ ފިއުސޯބެކްޓީރިއަމް ނިއުކްލިއޭޓަމް އާއި ސްޓްރެޕްޓޮކޮކަސް އެންޖައިނޯސަސް އުފެދޭ މިންވަރު އިތުރުވެގެން ދެއެވެ. އަދި ލޭގެ ޕްރެޝަރު ދަށްކޮށްދިނުމަށް އެހީތެރިވާ ބެކްޓީރިއާ އެއް ކަމަށްވާ އެކްޓިނޯބެކްޓީރިއާ ގެ މިންވަރު މަދުވާ ކަމަށްވެސް ދިރާސާވެރިންނަށް ވަނީ ފާހަގަކުރެވިފައެވެ.

މި ދިރާސާ ކުރި ބެލްޖިއަމްގެ އެންޓްވަރޕްގައި ހުންނަ އިންސްޓިޓިއުޓް އޮފް ޓްރޮޕިކަލް މެޑިސިންގެ ސައިންސްވެރިން ވަނީ ދިރާސާގައި 59 ފިރިހެނަކު ބައިވެރިކޮށް، އޭގެ ތެރެއިން އެއްބަޔަކަށް 3 މަސް ދުވަސް ވަންދެން ލިސްޓަރިން ބްރޭންޑްގެ މައުތު ވޮޝް ބޭނުންކުރުމަށް އަންގާފައެވެ. މި ނަތީޖާ ސައިންސުވެރިން ނެރެފައިވަނީ ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން، މައުތު ވޮޝް ބޭނުންނުކުރާ މީހުންނާއި މައުތު ވޮޝް ބޭނުންކުރި މީހުންގެ ތަފާތު ބެލުމަށްފަހުއެވެ.

ދިރާސާ އާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެ ޔުނިވާސިޓީގެ އެސްޓީއައި ޔުނިޓްގެ ވެރިޔާ، ޕްރޮފެސަރު ކްރިސް ކެނިއޯން ވިދާޅުވީ، ކޮންމެ ދުވަހަކު މައުތު ވޮޝް ބޭނުންކުރުމަކީ ކެންސަރުގެ އިތުރުން، އެހެނިހެން އިންފެކްޝަން ތަކަށް ވެސް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ. އަދި މައުތު ވޮޝް ބޭނުންކުރުން ހުއްޓާލަން ޖެހޭ ކަމަށާއި، މައުތު ވޮޝް ބޭނުންކުރިއަސް، އަލްކަހޯލް އެކުނުލެވޭ ބްރޭންޑްތައް ބޭނުން ކުރުމަށް އޭނާ ނަސޭހަތްތެރިވިއެވެ.

މި ދިރާސާގައި ލިސްޓަރިން ބްރޭންޑްގެ މައުތު ވޮޝް ބޭނުންކޮށްފައިވާތީ، ހަމައެކަނި އޭގެން ކުރާ އަސަރުތައް ފެނުނުނަމަވެސް، މިއީ އަލްކަހޯލް އެކުލެވޭ ހުރިހާ މައުތު ވޮޝް ތަކުން ވެސް ފެންނާނެ ނަތީޖާ ކަމަށް ދިރާސާ ކުރި ޓީމުން ބުނެއެވެ.

ލިސްޓަރިން މައުތު ވޮޝްގައި 20 އިންސައްތަ އަލްކަހޯލް އެކުލެވޭއިރު، މިތަކެތި ގިނަ ދުވަހަށް ބޭނުންކުރާ ނަމަ، ސިއްހީ މާހިރުންގެ ލަފާ ހޯދުމަށް ސައިންސުވެރިން ނަސޭހަތްތެރިވެއެވެ.

ކޮމެންޓް
މައުލޫމާތު
މީ އެއްޖިއްސުން، ފިރިހެނުންނާ ފިރިހެނުންނާ ގުލުން ހިންގާ މީހުންގެ މެދުގައި ހެދިފައިވާ ދިރާސާއެއް، އާއްމު ދިރާސާއެއްނޫން، https://pubmed.ncbi.nlm.nih.gov/38833520/
17 Jun 2024
ސުން
ތިކަހަލަ ކިތެންމެ އެއްޗެއް ހުންނާނެ.ސަރުކާރުގެ ސަމާކުކަމެއްނެތަސް އަހަރުމެން އެކަމާ ދެރަވެ ހިތާމަ ކުރަން.
17 Jun 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.