އައިފޯނުތަކެއް-- ފޮޓޯ: ގެޓީ އިމޭޖަސް
ލައިފްސްޓައިލް
18 Jun 2024 | 11:27
އައިފޯނުގެ އެންމެ ފަހުގެ އަޕްޑޭޓާއިއެކު ޑިލިޓްކޮށްފައި ހުރި ފޮޓޯތައް ގެލެރީން ފެންނަ މައްސަލައެއް

އައިފޯނުގެ އެންމެ ފަހުގެ އަޕްޑޭޓާއިއެކު މީގެ ކުރިން ފޯނުން ޑިލިޓްކޮށްފައި ހުރި ފޮޓޯތައް އަލުން އަނެއްކާވެސް ގެލެރީން ފެންނަ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އައިއޯއެސް 17.5 ގެ އަޕްޑޭޓާއި އެކު ވަރަށް ކުރީގެ ފޮޓޯތައް ވެސް ގެލެރީ އަށް އެނބުރި އަންނައިރު، އައިފޯނުން ޑިލިޓް ކުރާ ފޮޓޯތައް 30 ދުވަހުގެ ތެރޭގައި ފޮހެވެން ޖެހޭނެއެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަ ދެއްކި މީހަކު ބުނީ، 2016 ވަނަ އަހަރު ނެގި ފޮޓޯތަކެއް ވެސް ފަހުން ނެގި ފޮޓޯތަކުގެ ތެރޭގައި ހުރި ކަމަށާއި، އޭގެ ކުރިންވެސް ނެގި ފޮޓޯތަކެއް ގެލެރީ އިން ފެނިފައިވާ ކަމަށެވެ.

ހަމައެއާއިއެކު، އެހެން މީހަކު ބުނީ، ފޯނު އަޕްޑޭޓް ކޮށްލުމުގެ ކުރިން އިނީ އެންމެ ވޮއިސް މެއިލް އެއް ކަމަށާއި، އަޕްޑޭޓް ކުރުމަށްފަހު ފޯނު ހުޅުވާލުމުން އެ އަދަދު 26 އަށް ބަދަލުވެފައިވާ ކަމަށާއި، އައިސްފައިވަނީ ކުރީގެ ވޮއިސް މެއިލް ތަކެއް ކަމަށެވެ.

މިކަމާއި ގުޅިގެން އައިފޯނު އުފައްދާ އެޕަލް ކުންފުނިން ބުނީ އެއީ ސޮފްޓްވެއާގެ ބަގެއްގެ ސަބަބުންނާއި ޑާޓާބޭސް އަޕްޑޭޓް ކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިމަތި މައްސަލައެއް ކަމަށެވެ.

އެއާއިއެކު، މި މައްސަލަ ހައްލު ކުރުމަށްޓަކައި އެޕަލްއިން މިހާރު ވަނީ އައިއޯއެސް 17.5.1 ނަމުގައި އާ އަޕްޑޭޓެއް ކަސްޓަމަރުންނަށް ފޯރުކޮށްދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.