ވަޒީރު އައިޝަތު ޝިހާމް--
ހަބަރު
18 Jun 2024 | 13:08
އުފަންވާ އާބާދީ ދަށަށް ދިޔުމާއި ގުޅޭގޮތުން ޤައުމީ ފެންވަރުގައި މަޝްވަރާ ކުރަންޖެހޭ: ވަޒީރު އައިޝަތު ޝިހާމް

ރާއްޖޭގައި އަލަށް އުފަންވާ ކުދިންގެ އާބާދީ ދަށަށް ދިޔުމާއި ގުޅޭގޮތުން ޤައުމީ ފެންވަރުގައި މަޝްވަރާ ކުރަންޖެހޭކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އައިޝަތު ޝިހާމް ވަނީ ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ޤައުމީ ފެންވަރުގައި ވަރަށް އަވަހަށް މަޝްވަރާތަކެއް ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.

މިއީ ހަމައެކަނި ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ދުނިޔޭގެ އެކި ޤައުމުތަކަށް މި މައްސަލަ ކުރިމަތިވެފައިވާކަމަށެވެ. މި މައްސަލައާއި ގުޅިގެން ދުނިޔޭގެ އެހެން ގައުމުތަކުން ފިޔަވަޅު އަޅަމުން އަންނަ ކަމަށާއި، ގައުމުތަކުން އަލަށް އުފަންވާ ކުދިންނަށް އެކި ކަހަލަ ޢިނާޔަތްތައް ދެމުންގެންދާކަމަށް އެކަމަނާ ވިދާޅުވިއެވެ.

ވަޒީރު އައިޝަތު ޝިހާމް ވިދާޅުވީ، ގައުމުތަކުގައި، ވަޒީފާއަށް ދާތަންތަނުގައި ކުދިން ބެލެހެއްޓޭނެ ނިޒާމު ހަރުދަނާ ގޮތެއްގައި ގާއިމު ކުރަމުންދާ ކަމަށާއި، ވަޒީފާއަށް ދާ މައިންބަފައިންގެ ދަރިން ބެލުމުގެ ޒިންމާއަދާކުރެވޭނެ މަގުތައް ފަހިކޮށްދޭން ޖެހޭ ކަމަށެވެ.

"ކުދިން ބެލެހެއްޓޭނެ އިންތިޒާމު ވަޒީފާއަށް ދާތަންތަނުގައި ހަރުދަނާގޮތެއްގައި ޤާއިމުކުރޭ އެބަ ޤައުމުތަކުގައި. އެގޮތުން ވަޒީފާއަށް ދާ މައިންބަފައިންގެ ކުދިން ބެލުމުގެ ޒިންމާއަދާކުރެވޭނެ މަގުތައް އެބަ ފަހިވާންޖެހޭ. ރާއްޖޭގައި ވަރަށް އަވަހަށް މިކަމާއި ގުޅިގެން ޤައުމީ ފެންވަރުގައި މަޝްވަރާތަކަކަށް އެބަޖެހޭ ދާން މިކަމުގައި ޢަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން."

ވަޒީރު ޑރ.އައިޝަތު ޝިހާމް ވިދާޅުވިއެވެ. 

އުފަންވާ ކުދިންގެ އާބާދީ ދަށަށް ދިޔުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ލިބިފައިވާ ހަނި ފުރުސަތުގެ ބޭނުން ނުހިފައިފިނަމަ އެއީ ޤައުމީ ތަރައްޤީއަށް އެޅިގެންދާނެ ހުރަހެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާކުރި ބޯހިމެނުމުގެ ނަތީޖާ ތަކުން ދައްކާގޮތުގައި 2014 ވަނަ އަހަރު ރާއްޖޭގެ އާބާދީ  338434 ގައި ހުރިއިރު، 2022 ވަނަ އަހަރު މި އަދަދު ވަނީ 382751 އަށް އިތުރުވެފައެވެ.

މި އަދަދުދަކަށް ބަލާއިރު، 8 އަހަރުގެ މުއްދަތުގެ ތެރޭގައި އެވްރެޖްކޮށް އަހަރަކު 5500 ކުދިން ގެ މަގުން ރާއްޖޭގެ އާބާދީއަށް އިތުރުވީ 44317 މީހުންނެވެ.

ކޮމެންޓް
ސަމަރު
ޒުވާން ދެމަފިރިޔާ ދަރިން ހޯދަން ޖެހިލުންވަނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ނިކަމެތިވެދާނެތީ ކުލިވެރިޔާ ކުލި ދެއްކުމުގައި ބަހައްޓާތީ! މިކަމަށް ނިމުމެއް އައި ދުވަހަކުން ތިޔަ ކަމަށް ހައްލެއް ލިބޭނެ!
18 Jun 2024
ސަރީފް
ލިބެންހުރިދަރިއަކުލުބޭނެ
18 Jun 2024
ގުޅޭ ލިޔުންތައް
04 Jun 2026
އިކޯސޮކް އަށް ރާއްޖެ އިންތިހާބުވުމަކީ ތާރިހީ ކާމިޔާބީއެއް: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ، އިކޯސޮކްގެ 2027- 2029 ދައުރުގެ ގޮނޑިއަކަށް ދިވެހިރާއްޖެ އިންތިޚާބުވުމުގެ ފަޚުރުގައި، އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ.
04 Jun 2026
އދގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލީހަށް ފުރަތަމަ ފަހަރަށް ރާއްޖެ އިންތިހާބުވެއްޖެ
04 Jun 2026
އީދު ފާހަގަކުރަން މިލަންދޫ ކައުންސިލުން 321،000ރ، މާލި ނެރެ ދަފިނަގަން ލައްކައެއް
އެހެން ކަމުން ބޮޑު އީދު ފާހަގަކުރުމަށް މިލަންދޫ ކައުންސިލުން ވަނީ 321,940 ރުފިޔާ ހަރަދުކޮށްފަ އެވެ.
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.