ވަޒީރު ޝިޔާމް-- ފޮޓޯ: މިނިސްޓްރީ
ހަބަރު
18 Jun 2024 | 14:35
ވަޢުދުތައް ހަނދާންކޮށްދޭ ފުޅަނދުތައް ދެކެނީ ބިނާކުރުވަނިވި ފާޑުކިޔުތަކެއްގެ ގޮތުގައި: ވަޒީރު ޝިޔާމް

ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ހަނދާންކޮށްދޭ ފުޅަނދުތައް ދެކިލައްވަނީ ބިނާކުރުވަނިވި ފާޑުކިޔުތަކެއްގެ ގޮތުގައިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޝިޔާމް މިފަދައިން ވިދާޅުވީ، އަޟްހާ އީދުގެ ކުޅިވަރުތަކުގެ ތެރެއިން އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ ހދ.ކުޅުދުއްފުށީގެ މަށިމާލި ޕެރޭޑް އާއި ގުޅޭގޮތުން ލިޔެފައިވާ ހަބަރެއް އެކްސް ގައި ހިއްސާ ކުރައްވަމުންނެވެ.

މިގޮތުން ވަޒީރު ޝިޔާމް ވިދާޅުވީ، ކުޅުދުއްފުށީ މަށިމާލި ޕެރޭޑަކީ ޢީދުގެ އުފާވެރި ޖައްވުން އަބަދުވެސް ގިނަބައެއްގެ ސަމާލުކަންހުއްޓޭ ހަރަކާތެއް ކަމަށާއި، މި ހަރަކާތުގެ ތެރެއިން ސަރުކާރުތަކުގެ ބައެއް ސިޔާސަތަަށް ފާޑުކިޔުމާއި ވަޢުދުތައް ހަނދާންކޮށްދޭ ފުޅަނދުތައް ދެކިލައްވަނީ ބިނާކުރުވަނިވި ފާޑުކިޔުން އަދި މެސެޖުތަކެއްގެ ގޮތުގައި ކަމަށެވެ.

"ކުޅުދުއްފުށީ މަށިމާލި ޕެރޭޑަކީ ޢީދުގެ އުފާވެރި ޖައްވުން އަބަދުވެސް ގިނަބައެއްގެ ސަމާލުކަން ހުއްޓޭ ހަރަކާތެއް. ސަރުކާރުތަކުގެ ބައެއް ސިޔާސަތަައް ފާޑުކިޔުމާއި ވަޢުދުތައް ހަނދާންކޮށްދޭ ފުޅަނދުތައް އަޅުގަނޑު ދެކެނީ ބިނާކުރުވަނިވި ފާޑުކިޔުން އަދި މެސެޖުތަކެއްގެ ގޮތުގައި."

ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ކުޅުދުއްފުށި މަށިމާލި ޕެރޭޑް ގެ ތެރެއިން-- ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް

ކުޅުދުއްފުށި މަށިމާލި ޕެރޭޑަކީ އެދުވަސްވަރެއްގައި ރާއްޖޭގައި ހިނގާ ފާހަގަކޮށްލެވޭ ކަންކަމާއި ސިޔާސީ މަޝްރަހުގައި އެއިރެއްގައި ކުރިއަށްދާ ކަންކަން ހިމެނޭ ގޮތަށް ކުރިއަށް ދާ ހިނގާލުމެކެވެ.

ރާއްޖޭގެ ގިނަ ބައެއްގެ ތަރުހީބު ކޮންމެ އަހަރަކުވެސް މި ހަރަކާތަށް ލިބިގެންދާއިރު، މިފަހަރުގެ މަށިމާލި ޕެރޭޑްގައި ވެސް ކުޅުދުއްފުށި ރައްޔިތުން ވަނީ މިފަދަ ކަންކަމަށް އަލިއަޅުވާލާފައެވެ.

އޭގެ ތެރޭގައި މިޔަރުގެ ހަމަލާތައް އިތުރުވުމާއި، ކަރަންޓު ބިލު އިންތިހާއަށް ބޮޑު ވުން ހިމެނެއެވެ.

ކުޅުދުއްފުށި މަށިމާލި ޕެރޭޑް ގެ ތެރެއިން-- ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް

މީގެ އިތުރުންވެސް، ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް ސަރުކާރާއި ސިޔާސީ ބައެއް ބޭފުޅުންނާއި ގުޅޭ ގޮތުން މި ޕެރޭޑްގައި ޝުއޫރުތައް ފާޅުކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ، ކުދި ރެނދުތައް ލި
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.