ޕުޓިން އަށް އުތުރު ކޮރެއާގެ ރައީސް މަރުހަބާ ދަންނަވަނީ-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
19 Jun 2024 | 10:26
24 އަހަރަށްފަހު ޕުޓިން އުތުރު ކޮރެއާ އަށް

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން 24 އަހަރަށްފަހު އުތުރު ކޮރެއާ އަށް ވަޑައިގެންފިއެވެ.

މީގެ ކުރިން ޕުޓިން އުތުރު ކޮރެއާ އަށް ވަޑައިގަތީ 2000 ވަނަ އަހަރުގެ ކުރީ ކޮޅު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހުއެވެ.

ރޭގެ ވަގުތެއްގައި ޕުޓިން އުތުރު ކޮރެއާ އަށް ވަޑައިގަތުމާއި އެކު، ވަރަށް ހޫނު މަރުހަބާއެއް އެމަނިކުފާނަށް އެގައުމުން ކިޔާފައިވާއިރު، ޕުޓިން އަށް މަރުޙަބާ ދެންނެވުމަށް އެގައުމުގެ ރައީސް ކިމް ޖޮންގް އުން ވެސް ވަޑައިގެންނެވިއެވެ.

ރަޝިއާއިން ބުނީ މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކައި ޕުޓިން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ސަލާމަތީ ކަންތައްތަކާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރައްވައި، ދެބޭފުޅުން އެކުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރަޝިއާގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

ޕުޓިންގެ އަރިހުގައި، އެގައުމުގެ ޑިފެންސް މިނިސްޓަރު އަންދްރޭ ބެލޫސޯވް އާއި ފޮރިން މިނިސްޓަރު ސަރގޭ ލަވްރޯވް އާއި ބޮޑުވަޒީރުގެ ނައިބު އެލެގްޒެންޑަރ ނޮވާކް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިދަތުރުފުޅުގެ ކުރިން ޕުޓިން ވަނީ އުތުރު ކޮރެއާއިން ރަޝިއާ-ޔޫކްރެއިން ހަނގުރާމައަށް ދެމުންގެންދާ އެއްބާރުލުމަށް ތައުރީފް ވެސް ކުރައްވާފައެވެ.

ރަޝިއާއިން ޔޫކްރެއިން އަށް ހަމަލާ ދޭން ފެށިފަހުން ރަޝިއާ އާއި އުތުރު ކޮރެއާގެ ގުޅުން ކުރިއަށް ވުރެ ބަދަހިވެފައިވާއިރު، މިކަމާއި ގުޅިގެން އެމެރިކާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އުތުރު ކޮރެއާ އަށް ޕުޓިން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވިއެޓްނާމަށް ވަޑައިގެން، ދެގައުމުގެ ވިޔަފާރިއާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.