އެއްބަސްވުމުގައި ސޮއި ކުރުން-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
20 Jun 2024 | 13:21
އަސްކަރީ ގޮތުން އެއްބާރުލުން ދިނުމަށް ރަޝިއާއާއި އުތުރު ކޮރެއާ އާއި ދެމެދު އެއްބަސްވުމެއް ހަދައިފި

ނިއުކްލިއާ ހަތިޔާރު އުފައްދައި، ކުރިއެރުވުމަށް މަޝްހޫރު ދެ ގައުމު ކަމަށްވާ ރަޝިއާ އާއި އުތުރު ކޮރެއާ އިން، އެއްގައުމު އަނެއްގައުމަށް އަސްކަރީ ގޮތުން އެއްބާރުލުން ދިނުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއި ކޮށްފައިމިވަނީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އުތުރު ކޮރެއާ އަށް ކުރެއްވި ދަތުރުފުޅުގަައި، އެ ގައުމުގެ ރައީސް ކިމް ޖޮންގް އުން އާއި އެކުއެވެ.

އެއްބަސްވުމާއި ގުޅޭގޮތުން އުތުރު ކޮރެއާގެ ރައީސް ކިމް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމަކީ އަހަރުތަކަކަށްފަހު ރަޝިއާއިން އޭޝިއާ ގެ ގައުމަކާއި އެކު އެޅި އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށެވެ.

24 އަހަރު ފަހުން، ޕުޓިން އުތުރު ކޮރެއާ އަށް ކުރެއްވި މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ގެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށްވުރެ ވަރުގަދަވާނެ ކަމަށާއި، އުތުރު ކޮރެއާގެ އެއްބާރުލުމާއި އެކު ރަޝިއާގައި އަސްކަރީ އަދި ފަންނީ ކަންކަން އިހުނަށް ވިރެ ކުރިއެރުވޭނެ މަގު ފަހިވާނެ ކަމަށް ވިދާޅުވެފައެވެ.

ދެ ގައުމުގެ ވެރިން ގެ ދެމެދުގައި ކުރިއަށްދިޔަ މަޝްވަރާގެ ބައްދަލުވުމަށްފަހު ސޮއި ކުރެވިގެންދިޔަ މި އަސްކަރީ އެއްބަސްވުމާއި ގުޅޭ ގޮތުން ޕުޓިން ވިދާޅުވީ، އެއްބަސްވުމުގެ ދަށުން، ދެ ގައުމުން ކުރެ އެއްވެސް ގައުމަކަށް ހަނގުރާމައިގެ ހާލަތެއް ނުވަތަ ނުރައްކަލުގެ ހާލަތެއް ކުރިމަތި ވެއްޖެ ނަމަ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އުތުރު ކޮރެއާ އަށް ކުރެއްވި ދަތުރުފުޅު ނިންމާލަވެއްވުމަށްފަހު ޕުޓިން ވަނީ ރޭގެ ވަގުތެއްގައި ވިއެޓްނާމަށް ވަޑައިގެންފައެވެ. ވިއެޓްނާމަށް ވަޑައިގެން، ދެގައުމުގެ ވިޔަފާރިއާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާއިރު، ޕުޓިންގެ އަރިހުގައި، އެގައުމުގެ ޑިފެންސް މިނިސްޓަރު އަންދްރޭ ބެލޫސޯވް އާއި ފޮރިން މިނިސްޓަރު ސަރގޭ ލަވްރޯވް އާއި ބޮޑުވަޒީރުގެ ނައިބު އެލެގްޒެންޑަރ ނޮވާކް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.