ޔަހޫދީ ސިފައިންތަކެއް-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
25 Jun 2024 | 17:56
ޣައްޒާގެ ގަތުލުއާއްމަށްފަހު ޔަހޫދީންގެ ކަޅި ލުބުނާނަށް!

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުނެ ފެށިގެން، ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމު މަޑު ޖެހުމަކާއި ކައިރިވެފައިވާ ކަމަށާއި، ލުބުނާނުގެ ހިޒްބުﷲ ޖަމާއަތަށް ހަމަލާދިނުމަށް ޔަހޫދީ ފައުޖު ލުބުނާނުގެ އުތުރަށް ފޮނުވުމަށް މަގުފަހި ކުރަމުންދާ ކަމަށް އިސްރާއީލުގެ އަނިޔާވެރިކަން ހައްދުފަހަނަ އަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ނަތަންޔާހޫ ލުބުނާނަށް އަރައިގަތުމަށް ތައްޔާރީތައް ވަމުންދާ ކަމަށް ބުނެފައިވަނީ އިސްރާއީލުން ލުބުނާނަށް އަމާޒުކޮށް ހަމަލާދީފިނަމަ، އިސްރާއީލު ސުންނާފަތިވާވަރަށް ހަމަލާދޭނެ ކަމަށް ހިޒްބުﷲ ގެ އިސްވެރިޔާ ހަސަން ނަސްރުﷲ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އަނިޔާވެރި ނަތަންޔާހޫ ލުބުނާނަށް އަމާޒުކޮށް ހަމަލާދޭން ނިންމި ނަމަވެސް، ޣައްޒާގެ މުސްލިމުންނަށް އަމާޒުކޮށް ޔަހޫދީން ދެމުންދާ ލާއިންސާނީ ހަމަލާތައް ނުހުއްޓާނެ ކަމަށް ވަނީ ބުނެފައެވެ.

ނަތަންޔާހޫ މިފަދައިން އިންޒާރުދީފައިވާއިރު، ދުނިޔޭގެ ގިނަ ގައުމުތަކުން އަންނަނީ ޣައްޒާގެ ގަތުލުއާއްމުގެ އިތުރުން ލުބުނާނުގައި ޔަހޫދީން ކުރިއަށް ގެންދާ އުދުވާންތައް ހުއްޓާލުމަށް ގޮވާލަމުންނެވެ.

ހަމައެއާއިއެކު، އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވެސް ވަނީ ލުބުނާނަކީ ދެވަނަ ޣައްޒާއަކަށް ހެދުމުގެ ފުރުސަތު ދެވިގެންނުވާނެ ކަމަށާއި، އެންމެ ގޯސް ފިޔަވަޅެއްގެ ސަބަބުން ހިޔާލަށް ވެސް ނުގެނެވޭ ވަރުގެ ހަނގުރާމައެއް ފެށިދާނެ ކަމަށް ވިދާޅުވެފައެވެ.

ހިޒްބުﷲ އާއި ދެކޮޅަށް ހަނގުރާމަކުރަން ހުރިހާ ގޮތަކުން ވެސް ތައްޔާރަށް އޮތް ކަމަށް ނަތަންޔާހޫގެ ސަރުކާރުން ބުނުމާއި ގުޅިގެން މީގެ ކުރިން ހިޒްބުﷲ ގެ އިސްވެރިޔާ ހަސަން ނަސްރުﷲ ވަނީ  ލުބުނާނުގައި ހަނގުރާމަ ފަށާނެ ކަމަށް އިންޒާރުދީ، ވާހަކަދެއްކުމުން ބިރު ނުގަންނަކަމަށާއި، ހަނގުރާމައެއް ފަށާނަމަ ހަގީގަތުގައި ބިރުގަންނަންވީ އިސްރާއީލު ކަމަށް ވިދާޅުވެފައެވެ.

ޔަހޫދީ ފައުޖުން ޣައްޒާގައި ގަތުލުއާއްމު ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހިޒްބުﷲ އިން އިސްރާއީލަށް އަމާޒުކޮށް ހަމަލާތައް ދޭން ފަށާފައިވާއިރު، ފާއިތުވި ދުވަސްތަކުގައި ހިޒްބުﷲ އިން ވަނީ އިސްރާއީލަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ފޮނުވާލާފައެވެ.

ޣައްޒާގައި ޔަހޫދީ ފައުޖުން ކުރިއަށްގެންދާ ގަތުލުއާއްމު ހުއްޓާލަންދެން އިސްރާއީލަށް ހަމަލާދޭނެ ކަމަށް ހިޒްބުﷲ އިން ބުނެފައިވާއިރު، އެ ޖަމާއަތުން ދާދި ފަހުން ވަނީ އެމީހުންގެ ހަތިޔާރު ތަކުގެ ތެރެއަށް ޒަމާނީ ޓެކްނޮލޮޖީ އެކުލެވޭ ޑްރޯން ތަކެއް ވެސް އިތުރުކޮށްފައެވެ. މާބޮޑު އިންޒާރަކާއި ނުލައި ހަމަލާދޭ މި ޑްރޯންތަކުން ސަލާމަތްވުމަކީ އުނދަގޫ ކަމަކަށް ވާއިރު، މިފަދަ ހަމަލާ އަކުން މި ހަފްތާގެ އާދިއްތަ ދުވަހު ޔަހޫދީ ސިފައިންގެ މީހަކު ވެސް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.