ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް-- ފޮޓޯ: އީޕީއޭ
ދުނިޔެ
26 Jun 2024 | 13:25
ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް މިނިވަންވެއްޖެ

އެމެރިކާގެ އަސްކަރިއްޔާގެ ސިއްރު މައުލޫމާތުތަކެއް ލީކް ކޮށްލި މަޝްހޫރު ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް މިނިވަންވެއްޖެއެވެ.

އުމުރުން 52 އަހަރުގެ އަސާންޖްގެ މައްޗަށް އެމެރިކާގެ ޖާސޫސީ ޤާނޫނާއި ޚިލާފުވިކަން ސާބިތުވެ، އިނގިރޭސިވިލާތުގެ ބެލްމާރޝް ޖަލުގައި ހުރުމަށްފަހު މިނިވަންވެފައިވަނީ ޕެސިފިކްގައި އޮންނަ ރަށެއް ކަމަށްވާ ނޮދަން މެރިއާނާ އައިލެންޑްސްގެ ކޯޓަށް ހާޒިރުވެ އެމެރިކާ ސަރުކާރާއިއެކު ހެދި އިއުތިރާފުގެ އެއްބަސްވުން ގަބޫލުކުރުމާއި ގުޅިގެންނެވެ.

މިއާއިއެކު އަސާންޖް ވަނީ އޭނާގެ އުފަން ގައުމު ކަމަށްވާ އޮސްޓްރޭލިއާ އަށް ދިއުމަށް ދަތުރު ފަށާފައެވެ.

2006 ވަނަ އަހަރު އަސާންޖް އުފެއްދި ވިކިލީކްސް މެދުވެރިކޮށް އޭނާ ވަނީ އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުގެ ކޮމްޕިއުޓަރ ޕާސްވޯޑް ލީކްކޮށްލުމުގެ އިތުރުން، އެމެރިކާގެ އަސްކަރިއްޔާއިން އިރާގާއި އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިންނަށް ޖާސޫސުކޮށްދޭ މީހުންގެ ނަންތައް ވެސް ހާމަކޮށްފައެވެ.

ހަމައެއާއިއެކު، 2007 ވަނަ އަހަރު ބަޣްދާދުގައި އެމެރިކާ ސިފައިން ދިން ހެލިކޮޕްޓަރުގެ ހަމަލާއެއްގައި ރޮއިޓާސްގެ ދެ ނޫސްވެރިން ހިމެނޭ ގޮތަށް 11 މީހުން މަރުވި ހާދިސާ ގެ ވީޑިއޯ ވެސް އަސާންޖް ލީކް ކޮށްލިއެވެ.

މި މައްސަލައާއި ގުޅިގެން އެމެރިކާ ސަރުކާރުން ކުރިމަތި ކުރުވި ހުރަސްތަކުގެ ސަބަބުން 7 އަހަރު ވަންދެން ލަންޑަނުގައި ހުންނަ އިކުއެޑޯ އެމްބަސީގެ ހިމާޔަތް ހޯދިއިރު، ހައްޔަރުކޮށް މިނިވަންވުމާއި ހަމައަށް އަސާންޖް 5 އަހަރަށް ވުރެ ގިނަ ދުވަސް ބެލްމާރޝް ޖަލުގައި ހޭދަކުރިއެވެ.

އަސާންޖް މިނިވަންވުމާއި ގުޅިގެން ވިކިލީކްސް އިން އެކްސްގައި ނެރުނު ބަޔާނެއްގައި ބުނީ، ކުޑަ ކުޑަ ޖަލު ގޮޅިއެއްގައި 1901 ދުވަސް ހޭދަކުރުމަށްފަހު އަސާންޖް މިނިވަންވެފައިވާ ކަމަށާއި، ވަރަށް އަވަހަށް އޭނާގެ އަންހެނުން ސްޓެލާ އަސަންޖް، އަދި އެމީހުންގެ ދަރިންނާއި ބައްދަލުވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
އިނގުރައިދޫ ސްކޫލުގެ ދަރިވަރުންނަށް ކަރަންޓު ވައިރުކުރަން ދަސްކޮށްދީފި
ރ. އިނގުރައިދޫ ސްކޫލުގެ ޕީޓީއޭ އިން ހިންގާ "ހުނަރު ޕޮރޮގުރާމު" ގެ ތެރެއިން ފެނަކައިގެ ޓެކްނީޝަނުން މެދުވެރިކޮށް ދަރިވަރުންނަށް ކަރަންޓު ވައިރުކުރުމުގެ ޢަމަލީ ތަމްރީނު ދީފިއެވެ.
24 Jul 2026
ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހުޅުވައިލަނީ
މާލޭ ބޮޑުތަކުރުފާނު މަގުގައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކުރި ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވައިލާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
24 Jul 2026
މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލާންޖެހޭނެ
މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމުގެ މައްޗަށް އަލިއަޅުވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވާ ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ދެމެހެއްޓުމަކީ ދީނީ އަދި ޤައުމީ ވާޖިބެކެވެ. ޤައުމުގެ އެކުވެރިކަމަށް ބުރޫއަރާފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.
24 Jul 2026
ކަނޑުމަގުން އެތެރެކުރި 5.6 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މާލެ ކޮމާޝަލް ހާބަރު މެދުވެރިކޮށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 3110 ގްރާމްގެ މަސްތުވާތަކެތި އިއްޔެ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
24 Jul 2026
ސްޓޭޓް ފާމާގެ ބޭހުގެ މަޢުލޫމާތު ބެލޭ ޕޯޓަލެއް ސެޕްޓެމްބަރުގައި ލޯންޗުކުރަނީ
ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުރި ބޭހާއި އަގުގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނާނެ ޕޯޓަލެއް އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
24 Jul 2026
މިއީ ކުދިން ސްކްރީނާ ދުރުކޮށް، ޢާއިލީ ގުޅުން ބަދަހިކުރަންވީ ވަގުތު
24 Jul 2026
ހީވެސް ނުކުރާ ކަހަލަ ކަންކަމުން ވައިފައި ސިގްނަލަށް ހުރަސްއެޅޭ
ގޭތެރޭގައި ހުންނަ މައިކްރޯވޭވް އަވަނާއި މަސް ޓޭންކާއި ލޯގަނޑު ފަދަ އާންމު ތަކެތިން ވައިފައި ސިގުނަލަށް ބޮޑެތި ހުރަސްތައް އެޅޭކަން ވައިފައި ދާއިރާގެ ތަޖުރިބާކާރު އެލެކްސް ހިލްސް ހާމަކުރައްވައިފިއެވެ.
24 Jul 2026
ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަން ނިންމާލައިފި
ޖުލައި މަހު ރާއްޖެއިން ޢުމްރާއަށް ދިޔަ 5,565 އަށްވުރެ ގިނަ މީހުން ފުރުވާލުމަށް އެމްއޭސީއެލްގެ ތިން ޑިޕާޓްމެންޓް ގުޅިގެން ވީއައިއޭގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައި، ދަތިކަމެއް ނެތި ޚިދުމަތް ފޯރުކޮށްދީފި.