ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު-- ފޮޓޯ: އެމްޑީޕީ
ހަބަރު
26 Jun 2024 | 16:06
މަހުގެ އަގު އޭރު ބޮޑުކުރީ ވެރިކަން ލިބުނު ނަމަ ޑިއުޓީ ކަނޑާލާގޮތަށް ބިނާކޮށްފައި: ރައީސް ޞާލިހު

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި މަސްވެރިން ކިރާ މަހުގެ އަގު ބޮޑު ކުރީ، އާ ދައުރަކަށް އިންތިހާބުވެވަޑައިގެންފިނަމަ ރާއްޖެއިން  ޔޫރަޕާއި އިނގިރޭސިވިލާތަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލާގޮތަށް ބިނާކޮށްފައިކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، ސަރުކާރުން މަސްވެރިކަމަށް އިންވެސްޓު ނުކޮށް، އެސިނާއަތް ދޫކޮށްލާފައި އޮތް ނަމަވެސް މަސްދޯނިތަކާއި މަސްވެރިން ބޭނުންކުރާ އާލާތްތައް ތަރައްގީވެގެން އައިސްފައިވާ ކަމަށެވެ.

ރައީސް ޞާލިހު ވިދާޅުވިގޮތުގައި، މަސްވެރިން ބާނާ މަހަށް ފައިސާ ނުދެވުނު މައިގަނޑު ސަބަބަކީ މަސްވެރިންނާއި މަސްދޯނިތަކުން ތަރައްގީވެފައިވާ މިންވަރަށް ސަރުކާރުން ފައިހަމަކޮށްފައި ނުވުމެވެ.

"ދޯނިތައް ބޮޑެތިވެ، އައިސް ބޭނުންކޮށްގެން ދުރަށް ގޮސް މަސްބޭނުމާއި އެކަހަލަ ކިތަންމެ ކަމެއް ކުރަމުން އައީ. އެއާ އެއްވަރަކަށް ސަރުކާރަކުންނެއް ނެތް ފައިހަމަކޮށްފައެއް. މައިގަނޑު ސަބަބަކީ އެއީ. އަޅުގަނޑުމެން ވެރިކަމަށް އައި އިރުވެސް އޮތް އެ މައްސަލަ."

ރައީސް ޞާލިހު ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް މަސައްކުރެއްވިކަން ފާހަގަކުރައްވަމުން، ރައީސް ޞާލިހު ވިދާޅުވީ، މަސްވެރިކަން އިތުރަށް ތަރައްގީކުރެވޭނެ ގޮތްތަކަށް ނިމިދިޔަ ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރި ކަމަށާއި، އޭގެ ތެރޭގައި  ފެލިވަރުގެ ފެކްޓްރީ ބޮޑުކުރުމާއި، ފެލިވަރު، އައްޑޫ، އިހަވަންދޫ ފަދަ ތަންތަނުގެ ސްޓޯރޭޖް ގާއިމްކުރުމާއި ބޮޑުކުރުމުގެ މަސައްކަތަށް ހާއްސަ ސަމާލުކަމެއް ދެއްވި ކަމަށެވެ.

ރައީސް ޞާލިހު ވިދާޅުވީ، ރާއްޖެއިން މައިގަނޑު ގޮތެއްގައި ބޭރުކުރަނީ ރޯ މަސް ކަމަށާއި، ތައިލެންޑަށް އެތަކެތި ގެންގޮސް އެގައުމުން އެ މަސް ޕްރޮސެސް ކުރުމަށްފަހު ޔޫރަޕުގެ ބާޒާރަށް ބޮޑު އަގުގައި އެކްސްޕޯޓް ކުރާ ކަމަށެވެ. ކުރީ ސަރުކާރުން މަސް ޕްރޮސެސް ކުރުމުގެ މަސައްކަތް ފެށީ، މަހަށް ހަމަ އަގެއް ހޯދައިދެވޭނީ ރާއްޖޭގައި މަސް ޕްރޮސެސިންގެ މަސައްކަތް އިތުރުކޮށްގެންކަމަށްވާތީ ކަމަށް ވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވަނީ  ޑިއުޓީ ކުޑަކުރުމުގެ މަސައްކަތް މި ސަރުކާރަށް ނުކުރެވެނީ އެކަށީގެންވާ ގޮތަކަށް ޔޫރަޕާއި އިނގިރޭސިވިލާތާއެކު މަޝްވަރާ ކުރެވެމުން ނުދާތީ ކަމަށް ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބާއި ދިމާކޮށް ރައީސް ޞާލިހު މަހުގެ އަގު 25 ރުފިޔާއަށް ބޮޑުކުރެއްވުމުގެ ސަބަބުން މިފްކޯއަށް ސަބްސިޑީގެ ގޮތުގައި ދިނުމަށް ނިމުނު އަހަރު ބަޖެޓަށް ވުރެ އިތުރަށް ގާތްގަނޑަކަށް 250 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކުރަންޖެހުނު ކަމަށް އޮޑިޓް ރިޕޯޓުން ހާމަކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް 200 އެތައް މިލިއަން ރުފިޔާއެއް ދޭން ހުރި ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއިބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމް މީގެ ކުރިން ވަނީ ވިދާޅުވިއިރު، ދާދި ފަހުން، ޕީއެންސީގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް ވަނީ މި ސަރުކާރު ވެރިކަމާއި ހަވާލުވީއްސުރެ، މިހާ ހިސާބަށް މަސްވެރިންނަށް ޖުމްލަ 933 މިލިއަން ރުފިޔާ ދޫކޮށްފައިވާނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
މޯ
އެހެން ވީމަ ހާދަ ލޯތްބެކޭ ދޯ ރައްޔިތުންދެކެ ތިޔަވަނީ.ހުރި ހަރާން ކޯރުކަން.
26 Jun 2024
ބެއްޔާ
މަހުގެޑިއުޓީ ކަނޑާލަނީ ކަލޭއަމިއްލައަށްތަ. ހަމަޖެއްސުންކުރަންކުރިކަމެއް. މިހާރުދެން މޮޅުވާހަކަދައްކާނެކަމެއްނެތް.
29 Jun 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.